A wide advertisement which will be shown on all devices. (700 x 100)

އަފުން އެވަރަހަ އަނގަ ތަޅަނީ ކިހިނައްވެ؟

ސަޤާފަތަކީ “އަނގަ ތެޅުމުގެ” ޒަރިއްޔާ އެން ދަތެރެ ކޯ އަދި ވަރޮގަދަ ވޭ އެއްތެއް.

އަލީ ހުޒާމް ޙަސަން

އަފުންގެ ރަށި މީހުންނަކީ ވަރަހަ ގިނަ ވަގުތު އަނގަ ތެޅަންނަ ހޭދަ ކެރާ ބައެކެން ކަމަހަ ފާހަނގަވޭ. މީ ހަމަ އެކަނީ ރަށި މީހުންގައި ހިށި ސިފައެއް ނުން، ދިވެއްސުންނަކީ އެހެން ގައުމުތެކެއި މީހުންނާ އެޑޮއާ ބަލާކަލް ވަރަހަ ގިނައެން އަނގަ ތަޅާ ބައެކޭ އަ. ދުވާލި މަސައްކަތި ވޭނޑިމުން، އަވިދައް ވެގޭ ފަހޭ އަސް ކޮންމިއަސް ގެއަކަހަ ގޮހޮ ނުވަތަ ކޮންމިއަސް ތަނަކަހަ ކޮފީއަކަހަ އަރާ ކޮންމިއަސް އަނގައައް ތަޅާ ލުމަކީ ދިވެއްސުންގެ އެތެރެ ވަރަހަ ބޮނޑަހަ އާންމު ވެފޭ ވޭ އާދައެއް. އަދި މަސައްކަތް ނިންމާލާސް ހަމަ ގިނަ ވަގުތު ހޭދަވެންނޭ ހަމަ އެކަހަލަ ގޮތަކަހަ.

އަފުންގެ އެތެރެއި ޒަމާނުއްސުރެ އޮތް އާދަކާދަ ތެކަހަ ބަލާލާކަލަސް މި އާދަތެއް ފެނެންނަ އެބަ ހީށި. ކުރިއެން ކޮންމި ގޭކި ލިކަހަ މެދޮއައްތެ ޖޯލިއެއް ހިންނާހިން، ނިވައްދަށި އިނދޯލައްކާ ގޭނޑިއާ ތިބެންނެން، ބަދިގެ ފަރާތިއަސް އަނގަ ތަޅަންނަ ހަމަ ޖެހީލަންނެން ތަނެއް ހަދާފޭ ހިންނާހިން، އަދި ގޭ ބިއްދަރި ފަރާތިއަސް ހަމަ ޖެހީގެން އަނގަ ތަޅާލަންނަ ޖޯލިފައްތައް ފަހެނާސް ހިންނާހިން. މިހުށިހައި ތަނައް ހަމަ އެކަނި އަނގަ ތަޅަންނަ ޚާއްސަ ކޮހޮ ހަދަންނޭ ގާއިން އަނގަ ތެޅުމުގެ ކޮންމިއަސް މުހިންމު ކަމަކިސް އޮތުންމާ ކަން ޔަގީން.

އާންމުކޮހޮ ސަޤާފަތްތެކެއި އެތެރެ މިގޮތަހަ ހަރޮލާފޭ ތިބޭ އާދަ ތެކަކަކީ އިޖްތިމާޢީ ނުވަތަ ސަޤާފީ ނިޒާމި އެތެރެ ކޮންމިއަސް ދައުރައް އަދާ ކެރާ އާދަތެކައްކަން ދިރާސާ ތެކެން ދައްކާ. އަފުންގެ ރަށި ސައްޤާފަތްތާ ބެހޭ ގޮތެން މާގިނަ ދިރާސާތެކައް ހެދީފޭ ނެތް ކަމަހަ ވިއަސް، އެހެން ދިރާސާ ތެކަހަ ރިއާޔަތް ކޯލާކަލް އަފުންގެ އެތެރެ މިއޮތް އަނގަތެޅުމުގެ އާދާޔާ ބެހޭ ގޮތެން ކޮންމިއަސް މިންވަރެއް ސާފުވޭ. “އަނަގަ ތެޅުން” ކަހަލަ މުވާސަލާތަކީ ހަގީގަތި ދައްކާ ވާހަކައި މާ މުހިންމު ކަމައް އޮންނާ ވާހަކަތެކެއް ނުން، އެކަހަލަ ވާހަކަތެކެން ލިބޭ މައޮލޫމާތު ތެކަކީ މާބޮނޑޮ ބޭނުމައް ހިފެންނެން މައޮލޫމާތުތެކެކިސް ނުން. އެހެން ފަހެނާސް އޭގެ މުހިންމު ކަމަކީ އެކަކު އެނަކަކުއާ ދެމެދިއި އޮންނާ ގުޅުން ވަރޮގަދޮވެ ސަގާފަތް ވަރޮގަދަވުން. ސަގާފަތަކީ ހަގީގަތި ބައެކެންގެ އެތެރެ އޮންނާ އާދަކާދަ ތެއްކާ އެބައެކެން ދުނިޔެ ދެކޭ ގޮއްތާ، ދުނިއެއާ ކުރިމަތިލާ ގޮއް، މުޖުތަމަޢެކި ވޭނާ މީހިންގެ މިކަންތެތި އެއްގޮއް ވީންމާ ސަގާފަތަކަހަ ވެނީ. ސަޤާފަތަކީ “އަނގަ ތެޅުމުގެ” ޒަރިއްޔާ އެން ދަތެރެ ކޯ އަދި ވަރޮގަދަ ވޭ އެއްތެއް. ސަޤާފަތެކި ނާރެހަކަހަ ވެނީ މުވާސަލާތު ކެރުން، މިބެނާ އަނގަ ތެޅުން.

މި އަނގަ ތެޅުމުގެ ސަބަބެން މީހުންގެ ގުޅުން ބަދަހިވެ، އިޖްތިމާޢީ ރޫހު އާލާވެ، އަޚުވަންތަ ކަމިގެ ގުޅުން ބަދަހިވޭ. މިފަހަކަހަ އާހޮ އަފުންގެ އެތެރެން ވަރަހަ ގިނަ މީހުން ދައްކާ ވާހަކާކީ އަނގަތަޅަންނަ ހޭދަ ކެރާ ވަގުތަކީ ބޭކާރޮވޭ ވަގުތައެ، ތަރައްގީ ވެފޭ ތިބޭ ބައެކެން ތިވަރަހަ ކެރާ ކަމައް ނުނައެ، ތިހާ ފާއިދައައް އޮތް ކަމައް ކެރަންނަކޭ. ތެދެއް، ތަރައްގީވެފޭ ތިބި ވަރަހަ ގިނަ ގައުމުތަކެއި މިކަހަލަ އާދައެއް ނިއޮވޭ. އެކަމެކި އެމީހުންގެ މުޖުތަމަޢަށަ ނަޒަރޮ ހިނގުއާލާކަލް ފެނެންނޭނީ އަޚުވަންތަ ކަމިގެ ރޫހު ކުދުކަން، އަވަށްޓެރި ކަމިގެ ގުޅުން ކުދުކަން އަދި އެންމެ ދެރަމިނެން އާއިލީ ގުޅުމަސް ކުދުކަން. ދާރަކު ރެއިގަނޑި ކެއުމަކުން މައުން ބަފައުންނާ އަހަރެކި އެއްދުވަހި ބައްދަލް ކޯލިއަސް އެމީހުންނަ ފުދޭ. ސޯޝިއޯލޮގިސްޓުން މިވައްތަރި މުޖުތަމަޢަތެކަހަ ކޭނި “އިންޑިވިޖުއަލިސްޓިކް” މުޖުތަމަޢަތެކައެ. އެކަމެކީ އޭ އަފުން ދެންނާ ގޮތެއް ނުން. އަފުންނަކީ މީ އާއިލާޔާސް، ތިމާގެ މީހުންނާސް، އަވަށްޓޭރުންނާސް، އަވަށި މީހުންނާސް، އަދި ރަށި މީހުންނާސް ގާތް ގުޅުން ބާގެން ވޭންނާ ބައެކެން މާ. އަފުންނަކީ މީ ބޮނޑޮ މާސިންގާހި އާއިލާއްހެން ވޭންނާ ބައެކެންމާ.

ނިންމާލަމުން މަ ބެނެލަންނަ އޯތީ ހަމަ އެއްކިމި އެއްތެއް. އޭ، ވަގުތު ވީ ވަރަކުން ހަމަ ގިނަ ގިނައެން އަނގަ ތަޅަންނަކޭ. ދެންނާ އެންމެންނާސް އަނގަ ތަޅަންނަކޭ، އޭ ވަރަހަ މުހިންމު ކަމަކަހަ ވެންނަ ހެދީ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !