ފުވައްމުލަކީ މިރާއްދޭގެ ތިންވަނަ ސިޓީ. އަދި ތިންވަނާށަ އެންމެ މީހުން ގިނަ ރަށޮ. ތިންވަނާށަ އެންމެ ބިން ބޮނޑޮ ރަށޮ. ލޮލެކެޑަހަ ފެނޭ ހިސާބިއަސް ރަަށައް ފެނެންނަ ނެތް ރަށެއް. މިކަންތެތި މިގޮތަހަ ހީށިއަސް މިރަށަހަ އެކަށީގެންވޭ މިންވަރޮ ލިބޭ ކަންމާއި މެދެ ގިނަ ރައްޔިތުންތެކެއް ކަންބޮޑޮވޭ. މަގޮތެއް ނިހެދީ ގިނަ ދުވަހަ ވެފޭ ހަމައެކަނި ވަށާގެންވޭ ރިންގު ރޯޑު އެކަނި ހަދާދިނުމަކީ ރައްޔިތުންގެ ހިއުހަމަ ޖެހުން ލިބެންނެއް މިންވަރެއްނުން. އަފުން ބޭނުން ވެނީ ރަށި އެތެރެއި މުހިންމު މަގޮތެއް ހެދެއްނަ. އެކަމިގެ އުފާވެރި ކަބަރޮ ލިބުނަސް ސިއްހީ ނިޒާމެން ފުވައްމުލައް ފަހަތަހަ ސަރޮކާރެން ޖައްސާ ކަމިގެ ޝަކޮވާ ބޮނޑޮ. އައްޑޫ ހިތަދޫ ހޮސްޕިޓައްލާ، ތެނަދޫ ހޮސްޕިޓައްލާ، ކުޅުއްފުށި ހޮސްޕިޓައްލާ، އުގޫފާރޮ ހޮސްޕިޓަލް ތަރައްގީ ވެގެން އޭކަލް ތިންވަނަ ސިޓީއެ ހޮސްޕިޓަލް އެފެންވަރަހަ ނިގެއުމަކީ އަފުންނަށް ހައްގުވޭ މިންވަރެއްނުން.
ތައުލީމީ ނިޒާމަހަ ބަލާކަލް ފުވައްމުލަކި ޓާޝަރީ އެޑިއުކޭޝަން ކުރިހާ ގޮހޮފޭ އޮތަސް ގައުމީ ޔުނިވާސިޓީއެން ފުވައްމުލައް ބަލަމުންއެނީ ތިންވަނަ ދަރައިގެ ރަށެއްގެ ގޮތެއި. އެކަމެކިއަސް އަމިއްލަ ކޮލެޖުތެއް އެނީ ކާމިޔާބު ކަންމާއިއެއްކޮހޮ ފުވައްމުލަކެން ރަގަޅަ މަންފާ ނަރިމުން. ސަރޮކާރެން ފުވައްމުލައް އައިޓީ ހަބަކަހަ ހެދުމުގެ ވައޮދިވެފޭ ހީށަސް އެކަމިގެ މާބޮޑު ކުރިއެރުންތެކެއް ނިފެނޭ. ކޮބާ އައިޓީ ޕާކު؟ ކޮބާ އައިޓީ ފެކަލްޓީ؟ ކޮބާ އައިޓީ ޕާކުއާ ގުޅީގެން ގިނަންނަޖެހޭ މުހިންމު ބަދަލްތައް ގިނެންނެން ގޮތެއި ޕްލޭން. މިކަންތެތި ނިވޭ ފަހެނާ އަފުން ބެނަންނޭ އަފުންނަ ހައްގު މިންވަރޮ ނިލިބޭއައެ.
ފުވައްމުލަކި ދަޑޮވެރިކަމިގެ ވާހަކަ އަކީ އަސް އެވާހަކަ ނިދައްކާ ދޫނިވެންނެން ވާހަކައެއް. އަލަ އެޅަހަ ދިމާވެފޭވޭ މައްސަލަ ހައްލުކެރަންނަ ސަރޮކާރެން ކެރަނީ ކޮންކަމެކެ. ސިޓީ ކައުންސިލެން ކެރަނީ ކޮންކަމެކެ. މީ ޖަވާބު ދެންނަ ޖެހޭ ސުވާލުތެކެއް. މިކަންތެތި ނިވޭ ފަހެނާ އަފުން ބެނަންނޭ އަފުންނަ ހައްގު މިންވަރޮ ނިލިބޭއައެ.
ދެންއޯތީ ސަރޮކާރި ފުވައްމުލަކި ހިއްސާގެ ވާހަކަ. އެމްޑީޕީގެ ސޮލެޓެކި ހީށި މިނިސްޓަރެކިސް ނެތް. މިނިސްޓަރަކު ހީށީ މައްސަލަ ބޮނޑޮ ޖޭޕީގެ މިނިސްޓަރެއް. ދެން އެފެންވަރިގެ މީހަކުއަސް ހީށީ އަދާލަތު ޕާޓީގެ ފަރާތެން. ރަށި އެމްޑީޕީއެ އެފެންވަރިގެ މީހަކު ނޭތީއެ؟ އެމްޕީނާ މިނިސްޓަރުން ނަގާލާ ދެން އެންމެ ނުފޫޒުގަދަ ބައެކެނީ ސަރޮކާރި ބޮޑޮ ކުންފުނިތެކެއި ސީއީއޯއިން. މިވެރިކަމި އަދި ފުވައްމުލަކިގެ ސީއީއޯއެއް ނިފެނޭ. ޗެއާމަންއެއް ނިފެނޭ. އެގްޒެކްޓިވް ޑިރެކްޓަރެއް ނިފެނޭ. ފުވައްމުލަކި އެފެންވަރި މީހުން މަދީތައެ ސުވާލަކީ. އެހެނަށްނުން އަފުންނަ އެކަމަހަ އެކަށީގެންވޭ ވަރަހަ ޕްރެޝަރޮ ނިވެނީ.
މީ އަފުންނަ ހައްގު މިންވަރެއްނުން. އަފުން ބޭނުންވެނީ ހަމައެކަނި މަގެއްނުން. ހުށިހައި ދާއިރާއަކުންނަަސް ފުވައްމުލަކަހަ ހައްގު މިންވަރޮ ލިބެންނަ
ޚިޔާލުތައް