A wide advertisement which will be shown on all devices. (700 x 100)

މިރޭ ފްލައިޓުން އަންނަ މީހުން ކަރަންޓީން ކުރަނީ އައްޑޫ އިކްއެޓާ ވިލެޖްގައި

26 މެއި 2020 ފްލައިޓުން ކަރަންޓީނަށް ދިޔަ ބައެއް މީހުން - ހުޅުލޭ އެއަރޕޯރޓުގައި

ކޮވިޑް-19 އާއި ގުޅިގެން މިރޭގެ ފްލައިޓުން އަންނަ މީހުން ކަރަންޓީނު ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ ގަމު އިކުއެޓޯރިއަލް ވިލެޖްގައި ކަން މިކަލް ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

މިރޭގެ ފްލައިޓުން ވެސް މާލޭގައި ތާށިވެފައިވާ ފުވައްމުލަކުގެ ބައެއް މީހުން އައުމަށް ވަނީ ހަމަޖެހިފައެވެ. މިރޭ މޯލްދިވިއަން ފްލައިޓަގައި ފުވައްމުލަކުގެ 46 މީހުން އަންނަކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ.

މީގެ ކުރިން މި މޭއި މަހު 24 އަދި 25 ގައި ވެސް ވަނީ އިތުރު މީހުން ކަރަންޓީނަށް ގެންގޮސްފައެވެ. އަދި މިމަހު 5 ގައި ގެނދިޔަ މީހުންގެ ތެރެއިން 44 މީހުން ވަނީ މިހާރު ކަރަންޓީނަށް ނިންމާފައި ރަށަށް އައިސްފައެވެ. ކަރަންޓީންގެ މުއްދަތު ހަމަކޮށްފައިވާ ބައެއް މީހުން ކޮވިޑް-19 ޓެސްތްގެ ނަތީޖާ ލިބެންދެން އަދިވެސް މަޑުކޮށްގެން ކެނަރީފްގައި ތިބިކަމަށްވެއެވެ. އެމީހުން ކަރަންޓީނު ކޮށްފައިވަނީ ކުރީގެ ހެރެތެރެ ރިޒޯޓުގައެވެ. މިހާރު އެރަށުގެ ނަމްވަނީ ކެނަރީފް ރިޒޯޓުގެ ނަމަށް ބަދަލުކޮށްފައެވެ.

މިދުވަސްކޮޅު ކެނަރީފުގައި ތިބީ ވަރަށް މަދު ސްޓާފުންކަމަށާއި ކަރަންޓީނަށް ގެންދާ މީހުންގެ ޚިދުމަތްތައް ވެސް ލވާކަމަށް އެތަނުގައި ކަރަންޓީނު ވެފައިވާ ފަރާތުން މައުލޫމާތު ލިބެއެވެ. އެރަށުގައި ކަރަންޓީނު ކުރަނީ 130 ވަރަކަށް މީހުން ކަމަށް ވެއެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރަށަށް ނާދެވި މާލޭގައި ތާށިވެފައިވާ ފަރާތްތަކުގެ ޝަކުވާ ބޮޑެެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ހާމަކުރާ ގޮތުގައި ކަރަންޓީނަށް ދާން ޖާގަ ލިބެނީ ހަމަހަމަ އުސޫލަކުން ނޫނެވެ. މިކަމުގެ ފާޑުކިޔުން ސިޓީ ކައުންސިލަށް ވެސް އަމާޒުވެއެވެ.

ރޭ، 25 މެއި 2020 މޯލްޑިވިއަން ފްލައިޓަށް މީހުން އަރުވަނީ – ހުޅުލޭ އެއަރޕޯރޓުގައި

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !