ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ޖިމްގެ ޚިދުމަތްތައް އާއްއްމުންނަށް ހުޅުވާލުމަށް ތައްޔާރުވާން ފަށައިފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެޅުނު ރައްކާތރެިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރެވިފައިވާ މި ޖިމް ހުޅުވާނެ ވަކި ދުވަހެއް އަދި ކަނދައޅާފައެއް ނުވެއެވެ. ނަމަވެސް ޖިމްގެ ޚިދުމަތް ހޯދައްވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަނެއް ފުރިހަމަ ކުރައްވަން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ ޖޫން މަހު 1 ގައި އިއުލާންކޮށްފައެވެ.
ޖިމް ބޭނުންކުރާނެ ގޮތުގެ އުސޫލެއް ވެސް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކަނޑައަަޅުއްވާފައެވެ.
އެގޮތުން މިދުވަސްވަރު ޖިމް އެއްފަހަރާ ބޭނުންކުުރެއްވެނީ ގިނަވެގެން 8 މީހުންނަށް 1 ގަޑިއިރަށެވެ.
ޖިމް ބޭނުންކުރައްވާ ފަރާތްތަކުން 2 ފޫޓު ވަރުގެ ކުޑަ ތުވާއްޔަކާއި ޖިމްގައި ބޭނުންކުރަން ޚާއްސަ ބޫޓަކާއި އަންގި ގެނައުމަށާއި ކަސްރަތަށް އެކަށީގެންވާ ހެދުމެއްގައި އައުމަށް ވެއެވެ.
ކަސްރަތަށް ގުރޫޕް ހައްދަވާއިރު ގައިދުރުކަން ބެހެއްޓުމާއި ސާފުތައިހުކަމަށް ސަމާލުކަން ދިނުމަށް ވެއެވެ. ބަލިވެ އުޅޭނަމަ، ނުވަތަ ބައްޔެއްގެ އެއްވެސް އަލާމާތެއް ހުރިނަމަ ޖިމް އަށް ވަޑައިނުގަތުމަށާއި ޖިމްގެ ކޮންމެ އިކުއިޕްމެންޓެއް ވެސް އެއްފަހަރާ ބޭނުން ކުރައްވާނީ އެކަކު ކަމަށް އުސޫލުގައި ވެއެވެ.
މިގެ އިތުރުން އެއްފަހަރާ ބޭނުކުރާ ޕްލާސްޓިކް ޖިމްއަށް ނުވެއްދުމަށާއި ޖިމް ބަލަހައްޓާ ފަރާތްތަކުގެ އެންގުންތަކާއި އެއްގޮތަށް އަމަލުކުރުމަށްް ވެއެވެ.
ފުވައްމުލަކު ކުރީގެ ޒުވާނުންގެ މަރުކަޒުގައި މިހާރުގެ ގޮތުންނަމަ އިޖުމާއީ މަރުކަޒުގައި ހުންނަ ޖިމަކީ ގިނަބަޔަކު ބޭނުންކުރަމުން އައި ޖިމްއެއްކަަމަށް މިކަލް ނޫހަށް ކުރިން މައުމާތު ލިބިފައިވެއެވެ. އެގޮތުން ދުވާލާއި ރޭގަނޑުގެ ގަޑިތައް ފުލްކޮށް ބޭނުންކުރަމުން ދިޔަކަމަށް ވެއެވެ. ފައިތުވި އަހަރުވެސް ދުވާލެއްގެ މައްޗަށް 100 އެއްހާ މީހުން އެޖިމް ބޭނުން ކުރަމުން ދިޔަކަމަށް އެއިރު އިޖުތިމާއީ މަރުކަޒާއި ހަވާލުވެގެން ހުރި މުހައްމަދު ފައިޝަމު ހާމަކޮށްފައި ވެއެވެ. އަދި އެމަރުކަޒުގައި އެންމެ ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވޭ ހަރަކާތަކީ ޖިމް ކަމަށް ވެސް އެނާ ބުނެފައިވެއެވެ.
މިއީ ފުވައްމުލައް ސިޓީގައި އާއްމުން ބޭނުންކުރުމަށް ހުރި ހަމައެކަނި ޖިމެވެ.
ޚިޔާލުތައް