އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ-ފުވައްމުލައް އިން ހޯދައިފި

އޮފީސް ފުޓްސަލް މުބާރާތް 2019 ގެ ޗެމްޕިއަން ޓީމު ފެނަކަ ރިކްރިއޭޝަން
Share on facebook
Share on twitter
Share on google

އިއްޔެ ހަވީރު ކުޅެވުނު ފުވައްމުލަކު އޮފީސް ފުޓްސަލް ކަޕްގެ ފައިނަލް މެޗު 3-2 ން ކާމިޔާބުކޮށް ފެނަކަ ރިކްރިއޭޝަން ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފައިނަލުގައި ފެނަކަ ޓީމުން ވާދަކުރީ އެއަރޕޯރޓް ރިކްރިއޭޝަނެވެ.

ފައިނަލަށް ފެނަކަ ޓީމު ދަތުރުކުރީ ސެމީފައިނަލުގައި ސަދާރން ލިންކ އާއި ކުޅުނު މެޗު 2-2 ން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 5-3 ނަމ މޮޅުވެގެންނެވެ. އެއަރޕޯރޓް ރިކްރިއޭޝަން ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ފުވައްމުލައް ސިޓީ ޕޮލިސް ޓީމު 2-1 ން ބަލިކޯސް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން %100 މޮޅުވުމުގެ ރިކޯޑަކާއެކު އެވެ.

އޮފީސް ފުޓްސަލް މުބާރާތް 2019 ގެ ޗެމްޕިއަންކަން ފެނަކަ ރިކްރިއޭޝަން އިން ހޯދީ ފައިނަލުގައި ފވމ އެއަރޕޯރޓް ރ. 5-3 ން ބަލިކޮށްގެން

އިއްޔެ ހަވީރު ކުޅެވުނު ފައިންލ މެޗަށްފަހު މުބާރާތުގެ ވަނަތައްކަށް އިނާމާއި މެޑެލް އަދި ޓްރޮފީ ދިނުން ބާއްވާފައި ވެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމު ފެނަކަ ރިކްރިއޭޝަން ކްލަބު

މުބާރާތުގެ ރަނަރަޕް ޓީމު ފވމ އެއަރޕޯރޓް ރިކްރިއޭޝަން

މުބާރާތުގެ އެނެމް ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: އަހުމަދު މުއާޒް ޖ.11 ސަދާރން ލިންކް

މުބާރާތުެގ އެނެމް ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަހުމަދު މުއާޒު ސަދާން ލިންކް

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވައި ހަނދާނީ ލިޔުމާއި ޓްރޮފީދީފައި ވެއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން

އިނާން އަހުމަދު ޖ.11 ފެނަކަ ރިކްރިއޭޝަން

އަހުމަދު މުއާޒް ޖ.11 ސަދާރން ލިންކް

އަހުމަދު ސިނާހް ޖ.20 ފވމ އެއަރޕޯރޓް ރިކްރިއޭޝަން

އަޝްރަފް އަބްދުﷲ ޖ.1 ފެނަކަ ރިކްރިއޭޝަން

އިސްމާއީލް އަލީފް ޖ.10 ފވމ އެއަރޕޯރޓް ރިކްރިއޭޝަން

މުބާރާތުގެ އެންމެ މޮޅު ކޯޗު ފެނަކަ ރިކްރިއޭޝަންގެ  ކޯޗު ހުސޭން ޝާފީ އިބްރަހިމް

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނާއި އެންމެ މޮޅު ކޯޗު. މުއާޒު-ސަދަރން ލިންކް، އިނާނު- ފެނަކަ، އަޝްރަފް -ފެނަކަ، އަދި ކޯޗު: ޝާފީ-ފެނަކަ

މިއީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލައް ސިޓީގެ ދައުލަތާއި އަމިއްލަ މުއައްސަސާތަކަށް އަމާޒުކޮށްގެންް އިންތިޒާމުކުރި މުބަރާތަކެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments