މި ރޯދަމަހު ގެ ރެގަނދު ކުރިޔަށް ގެންދިޔަ އިމްސާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދަޑިމަގު ރަނިން’ ޓީމުން ހޯދައިފިއެވެ.
ދަޑިމަގު ރަނިން ޓީމުން މުބާރާތުގެ ޗެމްޕއިންކަން ހޯދީ ފައިނަލުގައި މިސްކިތްމަގު މިފިޔަ ޓީމާއި ވާދަކޮށް 3-0 ސެޓުން މޮޅުވެގެންނެވެ. ރޭ ކުޅެވުނު ފައިނަލް މެޗުގެ ސެޓްތައް ދަޑިމަގު ރަނިން ޓީމުން ކާމިޔާބު ކޮށްފައިވަނީ:
25-23
25-06
25-18

އިމްސާ ވޮޅީބޯޅަ މުބާރާތު 1444 ގެ ރަނަރަޕް ޓީމު މިސްކިތްމަގު މިފިޔަ ތީމު
ނަމަވެސް މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި މިފިޔަ’ ޓީމުން ވަނީ ސީދާ 3-0 ސެޓުން ދަޑިމަގު ރަނިން’ ބަލިކޮށްފައެވެ.
ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ރަނިން ގެ ޖޯޒީ ނަމްބަރު 2 ފާތިމަތު ރިޝާ އެވެ.
މުބާރާތުގެ ވަަނަތައް
ޗެމްޕިއަން ޓީމު: ދަޑިމަގު ރަނިން ޓީމުން
ރަނަރަޕް ޓީމު؛ މިސްކިތްމަގު މިފިޔަ ޓީމު
ފެއާޕްލޭ ޓީމު: ހޯދަޑު ޝާކް ޓީމް

އިމްސާ ވޮޅީބޯޅަ މުބާރާތު 1444 ގެ ފެއާޕްލޭ ޓީމު ހޯދަޑު ޝާކް
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ؛
ފާތިމަތު މާޔާ، ޖ.10- ‘މިފިޔަ’ ޓީމު
އެންމެ މޮޅު ލިބެރޯ ކުޅުންތެރިއަކީ:
މަރިޔަމް ފަޒީލާ ހުސައިން –
އެންމެ މޮޅު ކޯޗަކީ:
އަލީ ނިޒާރު – ދަޑިމަގު ރަނިން

އިމްސާ ވޮޅީބޯޅަ މުބާރާތު 1444 ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން
21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ:
އާމިނަތު ރަފާ އިބްރާހިމް – ދަޑިމަގު ރަނިން
މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ:
އާއިޝަތު ޝުހާ އަލީ ޖ.13- މިފިޔަ
ފާތިމަތު މާޔާ ޖ.10- މިފިޔަ
އާމިނަތު މައިސު އަހުމަދު، ޖ.4 – މިފިޔަ
ފާތިމަތު ރިޝާ – ޖ.2- ދަޑިމަގު ރަނިން
އާމިނަތު ސިހާނާ އަލީ ޖ.8- ދަޑިމަގު ރަނިން
އާމިނަތު ރަފީ އިބްރާހިމް ޖ.11- ދަޑިމަގު ރަނިން

އިމްސާ ވޮޅީބޯޅަ މުބާރާތު 1444 ގެ އެނެމް މޮޅު 6 ކުޅުންތެރިން
ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ވޯލީ ކޯޓުގައި ކުރިޔަށްދިޔަ މި މުބާރާތުގައި 8 ޓީމަކުން ވާދަކޮށްފައި ވެއެވެ. މިމުބާރާތަކީ ފުވައްމުލައް ސިޓީގައި އަންހެން ވޮލީބޯޅަ ކުރިއެރުވުމުގެ ގޮތުން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. އަންނަ އަހަރު ވެސް މިމުބާރާތް ކުރިޔަށް ގެންދާނެކަމަށް އިންތިޒާމުކުރާ ފަރާތުން ރޭގެ ރަސްމިއްޔާތުގައި އިއުލާންކޮށްފައި ވެއެވެ.

އިމްސާ ވޮޅީބޯޅަ މުބާރާތު 1444 ގެ ފައިނަލް މެޗު
5
4
3
2
1
- ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެމްޖޭއެސް އިން ހޯދައިފި
- ގްރޫޕް ސްޓޭޖުން އެއްވަ ހޯދައިގެން އެމްޖޭއެސް ޓީމު ފައިނަލަށް
- ފައިނަލުގައި ޑްރީމް ކިލަރސް އާއި އެމްޖޭއެސް
- މުބާރާތުގެ ސީދާ ފައިނަލުގެ ޖާގައަށް ޑްރީމް ކިލަރސް އާއި އެމްޖޭއެސް ވާދަކުރަނީ
- ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު އެމްޖޭއެސް އަށް