ދޫނޑިގަމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ދޫނޑިގަމު ފުޓްބޯޅަ ދަނޑުގައި ޓާރފް އެލުމުގެ މަސައްކަތުގެ އެއްބަސްވުމުގަ
Share on facebook
Share on twitter
Share on google

ދޫނޑިގަމު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތު އެއްބަސްވުމުގައި މިއަދު ފުވައްމުލައް ސިޓީކައުނސިލާއި ޓްރިޕްލް އެޗް ކުންފުންޏާއެކު ސޮއިކޮށްފިއެވެ.

މިއަދު ފުވައްމުލައް ސިޓީ ކައުންސލުގައި ބެއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެެއްވި މޭޔަރު އަސްމާއީލް ރަފީގު އެވެ. މިކުޑަ ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރާއި ސިޓީ ކައުންސިލްގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މިއަދު ސޮއި ކުރެވުނު ޓާފް އެޅުމުގެ މަސައްކަތު އެއްބަސްވުމުގެ މަސައްކަތް ނިންމަންޖެހޭ މުއްދަތަކީ 60 ދުވަހެވެ. އަދި ޓާފްއެޅުމުގެ މަސައްކަތުގެ އަގު އަގަކީ3.9 މިލިޔަން (3,921,576) ރުފިޔާއެވެ.

ދޫނޑިގަމު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމައްޓަކައި ބިން އެއްވަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.

ދޫނޑިގަމު ޓާފު ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް – ސަބް-ބޭސް ލޭޔާ

ފީފާގެ މިންގަނޑަށް ފެތޭ ގޮތަށް ހަދާ މިދަޑުގައި ޓާރފް އަޅާނީ ދަނޑުގެ ދިގުމުނުގައި 105 މީޓަރ އަދި ފުޅާ މިނުގައި 60 މީޓަރަށް ކަމަށް ވެއެވެ. ފީފާގެ މިންގަނޑުން ދަނޑުގެ ދެކޮޅު ރޮނގާއި ހަމަޔަށް ހުންނަ މިންތަކަކީ:

ދިގުމިން: 90-120 މީޓަރު (100-130 ޔާޑު)

ފުޅާ މިން: 45-90 މީޓަރު (50-100 ޔާޑު) އެވެ.

މީގެ އިތުރުން އަރިަމތީ ރޮނގުތައް ވަށައިގެން 2.5 މީޓަރުގެ ގްރީން ޒޯނުގައި ވެސް ޓާފް އަޅާނެއެވެ. އަދި އެބަޔާއި ޖެހިގެން ދަނޑުގެ ފެންހިންދާ ނިޒާމުގެ ކާނުތައް ވެސް ގާއިމުކުރެވިގެންދާނެއެވެ.

ޓާފްއަޅާ އެއްކޮށް ނިމޭއިރު ދެކޮޅު ގޯލް ހަރުކުރެވި ބެންޗުވެސް ބެހެއްޓިގެން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ދަދި ފަހުން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހޯދަޑު ޓާފް ދަނޑާއި ދޫނޑިގަމު ޓާފް ދަނޑުގެ ވަށައިގެން ފެންސް ޖެހުމުގެ މަސައްކަތުގެ ބީލަން ހުޅުވާލާފައެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments