ފުވައްމުލަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމުގައި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. އީދު ނަމާދު ފެށޭނީ ހެދުނު 7 ޖަހާއިރުއެވެ. އީދު ނަމާދަށް ވަޑައިގަންނަވާއިރު ގެއިން ވުޟޫކުރައްވައިގެން ވަޑައިގަތުމަށް ސިޓީ ކައުންސިލުން އިލްތިމާސްކުރައްވައެވެ. އަދި ފެންފުޅިއާއި މުސައްލަ ހިއްޕަވައިގެން ވަޑައިގަތުމަށްވެސް އެދިލައްވައެވެ.
މާދަމާގެ އީދު ނަމާދަށްފަހު އީދު ނަމާދަށްދާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިްސް އިސްލާމިކް ބޭންކުގެ އީދު ސައި އީދު ނަމާދަށްފަހު އޮންނާނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ އީދު ހަދިޔާ ދިނުންވެސް އީދު ނަމާދަށްފަހު އޮންނާނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ކޮންމެ އީދެއްގައި ވެސް ރާއްޖޭޣެ އެކިކަންކަޅުތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން މިހާރު އޮވެ އެވެ.



ޚިޔާލުތައް