A wide advertisement which will be shown on all devices. (700 x 100)

ބޮޑީ ބޯޑިން ޗެމްޕިއަންކަން ޖިވާއު ހޯދައިފި

މިއަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެމްޓް “އެލޭއިސް” ގެ  ބޮޑީބޯޑިން އޯޕަން ޑިވިޜަނުގެ ޗެމްޕިއަންކަން ފުވައްމުލަކު ސިޓީގެ ހޯދަޑު ވެލިރަންގެ އަހުމަދު ޖިވާއު ޖިހާދު ހޯދައިފިއެވެ. އުމުރުން އެންމެ 15 އަހަރުގެ ޖިވާއު ޗެމްޕިއަން ހޯދީ ފައިނަލް ހީޓުގައި ތަޖުރިބާކާރު ސާފަރު އަލީ ޖާވިދު (ޖާއްޓެ) އާ ވާދަކޮށް ޖުމްލަ 0.1 ޕޮއިންޓްގެ ތަފާތަކުންނެވެ. ފައިނަލް ހީޓުގައި ޖިވާއު އެންމެ މަތިން ސްކޯ ކޮށްފައިވާ ދެ ރާޅަށް 7.17 ޕޮއިންޓަކާއި ހަ ޕޮއިންޓު ލިބުނު ނަމަވެސް  އިންޓަފިއަރެންސެއްގެ ސަބަބުން އޭނާގެ ދެވަނައަށް އެންމެ ރަނގަޅު ސްކޯގެ 50 ޕަސެންޓް އުނިކުރިއެވެ. މިއުނިކުރުމާއިއެކު ޖުމްލަ 10.17 ޕޮއިންޓް ޖިވާއު އަށް ލިބުނު އިރު ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ ޖާއްޓެ އަށް ލިބުނީ 4.50 ޕޮއިންޓާއި 5.57 ޕޮއިންޓާ އެކު ޖުމްލަ 10.07 ޕޮއިންޓެވެ. ޖިވާއު ވަނީ ސެމީ ފައިނަލްގައި، މިދިޔަ އަހަރުގެ ބޮޑީބޯޑިން ލީގު ކާމިޔާބު ކުރި އާމިން އުމަރު މޫސާ ފަހަތަށް ޖައްސާލައިފަ އެވެ. މި މުބާރާތުގެ ބޮޑީބޯޑިން އޯޕަން ބައިގައި ޖުމްލަ 19 ބޮޑީބޯޑަރުން ވާދަ ކޮށްފައިވެ އެވެ.

އޯޕަން ބައިގެ އިތުރުން ޖޫނިއާ ޑިވިޜަނުގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ޖިވާއުއެވެ. ޖޫނިއާ އިވެންޓުގައި ވަނީ ޖުމްލަ 20 އެތުލީޓުން ވާދަ ކޮށްފަ އެވެ. ޝޯޓްބޯޑް ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަން ކަންވެސް ހޯދާފައިވަނީ ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ނޫޙު މުޙައްމަދު ދުނެއިމް އިރުޝާދެވެ. ބޮޑީ ބޯޑިންގައި ފުވައްމުލަކު ޒުވާން ރާޅާ އެޅުންތެރިން މީގެ ކުރިންވެސް ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !