A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީ ކައުންސިލުން ސާފިން މުބާރާތެއް ބާއްވަނީ

ސީސްޕޯރޓްސް ގުންބުއްރާސް ޗެލެންޖު 2019 ގެ ބައިއިވެރިއަކު ފުވައްމުލައް ސިޓީ ތުނޑިގައި

ފުވައްމުލަކު ރައްޔިތުންނަށް އަމާޒުކޮށްގެން އަންނަ ސެޕްޓެންބަރު މަހު 8 ވަނަ ދުވަހު ސާފިން މުބާރާތެއް ފުވައްމުލަކުގައި ބާއްވަން ފުވައްމުލަކު ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ފުވައްމުލަކު ކައުންސިލުން ހުޅުވާލާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ސެޕުޓެންބަރު މަހު 4 ވަނަ ދުވަހުގެ ކުރިން ފުރިހަމަކުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އެދިލައްވައެވެ.

ސާފިންގެ ޚާއްސަކޮށް ބޯޑީ ބޯޑިންގެ ޖޫނިއާ ކެޓަރީއިން ފުވައްމުލަކު ސާފަރުން ދަނީ ގިނަ ގުނަ ކާމިޔާބީތައް ހާސިލުކުރަމުންނެވެ. އެގޮތުން، އެންމެފަހުން މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުނު ބައިނަލްއަގްވާމީ ރާޅާއެޅުމުގެ މުބާރާތް ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ބްރޯންޒް މެޑަލް ފުވައްމުލަކު ޒުވާން ދެ ބޮޑީ ބޯޑަރުންކަމަށްވާ ޝިމާލް ޝަމީމް (ޝިމައްލެ) އާއި ޖަރީޝް ޖިހާދު ވަނީ ހޯދާފައެވެ. މީގެ އިތުރުން ބޯޑީ ބޯޑިން ގެ ޖޫނިއާ ކެޓަގަރީގެ އެންމެ ފަހުގެ ގައުމީ ޗެމްޕިއަނަކީ ފުވައްމުލަކު ޒުވާން ބޮޑީ ބޯޑަރު ޝިމާލް ޝަމީމް (ޝިމައްލެ) އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !