މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދިވެހި ސާފިން ލީގުގެ ފުރަތަމަ މުބާރާތްކަމަށްވާ ޑީއެސްއެލް އެލޭއި ސާފިން މުބާރާތް ފުވައްމުލަކު ސިޓީގައި މިމަހު 17-20 އޮންނާނެއެވެ. ތްރެޝާ ކެފޭ އެންޑް ބިސްތުރޯ އާއި އަރިފިޔާޅޮ އިން ކޯ-ސްޕޮންސާކޮށްފައިވާ މިމުބާރާތަކީ ފުވައްމުލަކުގައި ބޭއްވާ ގައުމީ ލީގުގެ ފުރަތަމަ މުބާރާތެވެ. ފުވައްމުލަކު ޒުވާން ރާޅާއެޅުންތެރިން އުއްމީދު ކުރަމުންދާ މިމުބާރާތް އަންނަ ބުދަ ދުވަހު ފެށޭނެއެވެ. މިމުބާރާތުގައި ބައިވެރިވާ ހުރިހާ އެތުލީޓުންނަށް 17 ޖޫން އިން 20 ޖޫންއަށް ހިލޭ ހެދުނުގެ ސަޔާއި މެންދުރާއި ރޭގަނޑުގެ ކެއުން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ހާމަކުރައްވައެވެ.

މިއަހަރުގެ ދިވެހި ސާފިން ލީގުގައި ހިމެނެނީ ހަތަރު އިވެންޓެކެވެ. އެއީ ފުވައްމުލަކުގައި މިމަހު 17-20 އަށް ބާއްަވާ އެލޭއި ސާފިން އިވެންޓާއި، ޖުލައި 29 އިން އޮގަސްޓް 1 އަށް މީމު އަތޮޅު މުލީގައި ބާއްވާ މުލީކޮޅު ރާޅުގަނޑު އިވެންޓާއި ލާމު އަތޮޅު މާބާއިދޫ ގައިއޮގަސްޓް 26-29 އަށް ބާއްވާ ކެރަނޑޫ އިވެންޓާއި މާލެސިޓީގައި ނޮވެންބަރު 2-8 އަށް ބާއްވާ ރަންނަމާރި ޗެލެންޖެވެ.



ޚިޔާލުތައް