ފުވައްމުލަކު ސިޓީގައި ތަރައްގީ ކުރާ ޤުރުއާން މަރުކަޒުގެ ޢަމަލީ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. ފުވައްމުލަކު އަބުލުފަންނުގައި ތަރައްގީކުރާ މިމަރުކަޒުގެ މިހާރު ކުރިއަށް ދަނީ ފިނިޝިންގ މަސައްކަތްކަމަށްވެސް އިސްލާމިކް މިނިސްޓްރީންވަނީ ބުނެފައެވެ.

މިއިމާރާތުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވުނު ނަމަވެސް އަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރު އެޕްރީލް މަހު 23 ވަނަ ދުވަހުއެވެ. ފުވައްމުލަކުގައި ތަރައްގީކުރާ ގުރުއާނާއި ބެހޭ މަރުކަޒު އިމާރާތަކީ ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތެކެވެ. އެއިމާރާތް ނިންމުމަށް އޭރު މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުން ނިންމުމަށް ރައިސާ ޕްރައިވެޓް ލިމިޓެޑާއިއެވެ.
+1
+1



ޚިޔާލުތައް