ފުވައްމުލަކުގައި އިމާރާތްކުރާ ގުރުއާނާބެހޭ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު ބައްލަވައިލައްވައިފި

Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ ގައި އިމާރާތް ކުރަމުންދާ މިސްކިތްތަކާއި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒްގެ މަސައްކަތް ކުރިޔަށްދާގޮތް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްލަވާލައްވައިފިއެވެ. މިނިސްޓަރު ފުވައްމުލަކަށް ކުރެއްވި މިދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ކުރިއަށްދާ އިމާމުންނާއި ޚަތީބުން ތަމްރީނުކުރުމުގަ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ އިތުރުން އިއްޔެގެ ހުކުރު ނަމާދުގައި އިމާމުވެ ހުކުރުވެސް ކުރެއްވިއެވެ.

ފުވައްމުލަކުގައި އިމާރާތްކުރާ ގުރުއާނާ ބެހޭ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އެޕްރީލް މަހު 23 ވަނަ ދުވަހުއެވެ. އެދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އަމަލީ މަސައްކަތް ފެއްޓުމުގެ ގޮތުން އިމަރާތުގެ ފައުންޑޭޝަން ބުޑަށް ކޮންކްރިޓް އަޅާ ދެެއްވީ ނާއިބުރައީސް ފައިސަލް ނަސީމު އާއި އިސްލާމިކް މިނިސްޓާ ޑރ. އަހުމަދު ޒާހިރުގެ ޔޫތު އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް މިނިސްޓާ އަހުމަދު މަޚުލޫފު އާއި އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަ މުހައްމަދު މިހާދު އެވެ.

ފުވައްމުލަކުގައި އިމާރާތްކުރާ ގުރުއާނާ ބެހޭ މަރުކަޒު އިމާރާތްކުރުމަށް ފުރަތަމަ ނިންމީ ކުރީގެ ފައުންޑޭޝަން ސްކޫލްހުރި ބިމުގައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާއި ގުޅިގެން އެތަން ފަހުން ވަނީ ހޯދަޑު އަބުލު ފަންނުގެ އިރަށް ކުރިން އަބޫބަކުރު ސްކޫލް ހިންގި ބިމަށް ބަދަލުކޮށްފައެވެ. 2019 ވަނަ އަހަރުން ފެށިގެން މިއިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެކި ކޮންޓްރެކްޓަރުންނާއި ހަވާލުކުރެވުނު ނަމަވެސް މަސަކަތް ކުރިޔަށް ކުރިޔަށް ނުދާތީ އެފަރާތުން މަސަކަތް ނެގުމަށްފަހު އިތުރު ފަރާތްތަކާއި ވެސް މަސައްކަތް ހަވާލުކުރެވުނު ކަމަށާއި ނަމަވެސް އެންމެ ފަހުން ހަވާލު މިކުރެވުނު ކޮންޓްރެކްޓރަކާއި އެކު މަސައްކަތް ނިންމާލެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ފުވައްމުލަކުގައި ގާއިމުކުރެވޭ މިމަރުކަޒު ވެގެންދާނީ މިސަރަހައްދުގެ އެނެމް އިސް މަރުކަޒުކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވިއެވެ.

ފުވައްމުލަކުގެ ގުރުއާނާއި ބެހޭ މަރުކަޒު އިމާރާތް ކުރަނީ ރައިސާ ޕްރައިވެޓް ލިމިޓަޑުންނެވެ. ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިޢިމާރާތުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހެވެ.

4.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments