ފުވައްމުލައް ސިޓީގައި ކީރިތި ގުރުއާން ހިތުދަސްކުރާ މީހުން އިމްތިހާނު ކުރުމަށް ހިފުޒު ކޮމެޓީއެއް އެކުލަވާލައިފިއެވެ. މިކޮމެޓީ އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.
ކީރިތި ޤުރުއާން ހިތުދަސް ގިނަ ޢަދަދެއްގެ ހާފިޒުން ފުވައްމުލައް ސިޓީގައި ތިބެއެވެ. އަދި އެސިޓީއިން ކީރިތި ގުރުއާން ހިތުދަސްކުރާ މީހުން އިމްތިހާނު ކުރުމުގެ ޚިދުމަތް ލިބޭގޮތަށް ހަމަޖެހުމުން ހާފިޒުކަމުގެ ސަނަދު ހޯދަން މާލެއަށް ނުގޮސް ފުވައްމުލައް ސިޓީއިން ވެސް އެސަނަދު ހާސިލުކުރެވެނެ ގޮތް ވީއެވެ. އެއާއެކު މިހާރުވެސް ފުވައްމުލައް ސިޓީގައި ގްރުއާން ހިތުދަސްކޮށް އިމްތިހާނު ހެދުމަށް ތައްޔާރުވެފައިވާ 6 ދަރިވަރުން އިމްތިހާނު އަމިއްލަ ރަށުގައި ތިބެގެން އިމްތިހާނު ހެދުމުގެ ފުރުސަތު ހުޅުވިގެން ދިޔައީއެވެ. އަދި އަންނަ އަހަރު ކުރީކޮޅު ފުވައްމުލައް ސިޓީގައި ދަރިވަރުން ކޮޅެއް ގުރުއާން ހިތުދަސްކޮށް ނިންމޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން ވެސް ކޮންމެ އަހަރަކު ގުރުއާން ހިތުދަކޮށް އިމްތިހާނު ހަދާ ހިސާބަށް އަންނާނެނކަމަުގެ އުއްމީދު ބޮޑުކަމަށް ޤުރުއާނާ ބެހޭ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ގުރުއާން މުދައްރިސް ހާފިޒު އަލްގާރީ އަބްދުﷲ މުފީދުގެ ވީޑިއޯ އިންޓާވިއުގައި ހާމަކޮށްފައި ވެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒު ފުވައްމުލައް ސިޓީ ގޮފީގެ ގުރުއާން ހިތުދަސްކުމުގެ ކްލާސް
އަދި އެހެން ރަށްރަށުން ވެސް މިއިމްތިހަނު ހެދުމަށް މާލެ ދިއުމުގެ ބަދަލުގައި ފުވައްމުލައް ސިޓީއަށް ގޮސް އެކަން ކުރުމުގެ މަގު ފަހިވެގެން ދިޔައީއެވެ.
މިހާރު އޮންނަ ގޮތުން ކީރިތި ގުރުއާން ހިތުދަސްކުރާ މީހުންއިމްތިހާނު ކުރެވަނީ މާލެއަށް ގޮސްގެންނެވެ. އެގޮތުން މާލެ ގޮސް 2 މަހެއްހާ ދުވަހު ތިބެން ޖެހުމުން އުޅެން ޖެހޭ ދަތިހާލައި ބޮޑުހޭދަތަކެއް ކުރަން ޖެހުން ވެފައިވަނީ އެފަދަ ފަރާތްތަކަށް ކުދިމަތިވެފައި އޮތް ދަތި އުނދަގޫ ކަމަކަށެވެ.
“ހިފުޒު ކޮމެޓީގެ މަސައްކަތްތަކާއެކު ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ވެސް ހާފިޒުކަމުގެ ސަނަދު ފަސޭހައިން ހޯދޭނެ ފުރުސަތު މި ލިބުނީ. މި ސަރުކާރުން ދީނީ ކަންކަމަށް ވަރަށްބޮޑު އިސްކަމެއްދޭ. މި ސިޓީގައި ޤުރުއާނާ ބެހޭ މަރުކަޒެއް ތަރައްގީ ވެގެންދާއިރު، އޭގެ ފަސޭހަކަން މުޅި މި ސަރަޙައްދަށް ލިބިގެންދާނެ” ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
ރައްޔިތުން އެކިއެކި ޚިދުމަތްތައް ހޯދުމަށް ހަމައެކަނި މާލެ ސަރަޙައްދަށް ބަރޯސާވުމުގެ ބަދަލުގައި، އަތޮޅުތަކުން އެޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ފުވައްމުލަކު ސިޓީގެ ހިފުޒު ކޮމެޓީ އިފްތިތާޙުކުރުމަށް ފާއިތުވި ބުދަދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޚިދުމަތްތައް އަތޮޅުތަކަށް ދޫކޮށްލުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ގުރުއާނާއި ބެހޭ މަރުކަޒު ފުވައްމުލައް ސިޓީ ގޮފީގެ ހިފުޒު ކްލާހުގެ މުދައްރިސް އާފިޒު އަދި ގާރީ މުފީދު
މީގެކުރިން ހާފިޒުކަމުގެ ސަނަދު ދޫކުރުމުގެ ކަންކަން ކުރަމުންދިޔައީ ހަމައެކަނި މާލެ ސިޓީގައެވެ. އެގޮތުން ޤުރުއާނާބެހޭ މަރުކަޒުން އެކަމަށް ޚާއްސަކޮށްފައިވާ ކޮމެޓީއަށް ކަނޑައެޅޭ ވަކި ތާވަލެއްގެ މަތިން ކިޔައިދޭން ޖެހެއެވެ. އެކަމަށް ގިނަ ދުވަސްތަކަކާއި ބޮޑު ހޭދައެއް ކުރަންޖެހުމުން އެކަމުގެ އުނދަގޫ ގުރުއާން ހިތުދަސްކުރާ މީހުން ކުރެއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވަނީ އަތޮޅުތަކުގައި ކައުންސިލްތަކާ ގުޅިގެން އުފައްދާ މިފަދަ ހިފްޒު ކޮމެޓީތައް ޤާއިމުވެގެންދިއުމުން އެހެން އަތޮޅުތަކުން ފަސޭހަކަމާއެކު މިޚިދުމަތް ލިބިގެންދާނެ ކަމަށެވެ. ފުވައްމުލައް ސިޓީގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް މިފަދަ ހިފުޒު ކޮމެޓީތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒު ފުވައްމުލައް ސިޓީ ގޮފީގެ ދަސްވެނިވުން 2021
ފުވައްމުލައް ސިޓީގައި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގައިގެ ގޮތްޕެއް ފުރަތަމަ ހުޅުވުނީ 2011 ވަނަ އަހަރުއެވެ. މިމަރުކަޒު ހިނގަމުން ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލާއި ގުރުއާނާއި ބެހޭ މަރުކަޒުން ޚަރަދުކޮށްގެންނެވެ.
5
4
3
2
1
- ޖާމާއަތްތެރިކަމުގެ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދިނުން ބާއްވައިފި
- ޤުރުއާނާއި ބެހޭ މަރުކަޒުގެ އާ އިމާރާތް އެޅުމަށް ބިން ހަވާލުކޮށްފި
- ޤުރުއާނާއި ބެހޭ މަރުކަޒު އަޅަން އަނެއްކާވެސް ސޮއިކޮށްފި
- ގިރާއަތު ކޯސް ފުވައްމުލަކުގައި ފަށަނީ
- ފުވައްމުލަކުގައި އިމާރާތްކުރާ ގުރުއާނާބެހޭ މަރުކަޒުގެ މަސައްކަތް ކުރިއަށްދާގޮތް ވަޒީރު ބައްލަވައިލައްވައިފި