A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ތިން ގޮނޑި އަނެއްކާވެސް ސަރުކާރަށް

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަނެއްކާވެސް ފުވައްމުލަކު ގޮޑިތައް ވެރިކަންކުރާ ޕާޓީއިން ކާމިޔާބުކޮށްފިއެވެ. ފާއިތިވީ ދެދައުރާއި އެއްގޮތަށް މިފަހަރުވެސް ފުވައްމުލަކު ސިޓީގެ ހުރިހާ ގޮޑިތަކެއް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް އިންނެވެ. އިއްޔެ ކުރިއަށްދިޔަ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ގިނަ ބަޔަކު ގަބޫލުކުރި ގޮތަށް ފުވައްމުލަކު ދެކުނު ދާއިރާއިންނެވެ. އެދާއިރާގެ ޕީއެންސީ ކެންޑިޑޭޓު އިބްރާހިމް ހުސައިން އެ ގޮޑި ކާމިޔާބުކުރި އިރު ވާދަވެރި އެމްޑީޕީގެ ނަޒުރާ ނަސީމުވަނީ ރަގަޅު ވާދައެއްކޮށްފައެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް ހަމަދު އަބްދުﷲ ހޮވިފައިވަނީ ރައީސް ޔާމީނުގެ ޕީއެންއެފުން ތާއީދުކުރި ޝަރަފުއްދީނާއި ވާދަކޮށްގެނެވެ. މެދު ދާއިރާއަށް ހޮވިފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެމްބަރު ކަން ކުރެއްވި އަލީ ފަޒާދެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި އަދި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.

ފާއިތުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ފުވައްމުލަކު ތިން ގޮޑި ކާމިޔާބުކޮށްފައިވަނީ އޭރު ވެރިކަން ކުރަމުންދިޔަ އެމްޑީޕީއިންނެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ ތިން ގޮޑި ކާމިޔާބުކޮށްފައިވަނީ އެފަހަރު ވެރިކަން ކުރަމުންދިޔަ ޕީޕީއެމްއިންނެވެ. ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެ ދާއިރާއަށްވެސް އަދި އެދާއިރާއެއްގެ ރައްޔިތުންނަށްވެސް އެންމެ ފައިދާބޮޑީ އެވަގުތަކު ވެރިކަންކުރާ ޕާޓީގެ މެންބަރުން ހޮވުމުންނެވެ. އެގަބޫލުކުރުން ފާއިތުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި މިފަހަރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުން ސާފުކޮށް ފެނިގެންދިޔައެވެ.

އިއްޔެ ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސްޕާމެޖޯރިޓީ ވެރިކަން ކުރަމުންއަންނަ ޕީއެންސީއަށް ލިބިދާނެކަމަށް މިހާރުވަނީ ގަބޫލުކުރެވިފައެވެ. މިހާތަނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވެނީ ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ.  މަޖިލީހުގައި ގިނަ ދައުރުތަކެއްގައި މެމްބަރުކަން ކުރައްވާފައިވާ ބޭބޭފުޅުންގެ މައްޗަށް ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފަ އެވެ. އެގޮތުން 19ވަނަ މަޖިލީހުގެ ސުޕަ މެޖޯރަޓީ އޮތް އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުންގެ ގޮނޑިތައް ވެސް ވަނީ ގެއްލިފަ އެވެ.

 

+1
3
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !