A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2024: ފުވައްމުލަކު ސިޓީގެ ނަތީޖާ

މިދިޔަ އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ 20 ވަނަ މަޖިލީހުގެ އިންތިޚާބުގެ ފުވައްމުލަކު ސިޓީގެ ތިން ގޮޑިވެސް ވެރިކަން ކުރަމުން އަންނަ ޕީއެންސީ އިން ކާމިޔާބުކޮށްފިއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ އިންތިޚާބަށް ބަލާއިރު ދެކެންޑިޑޭޓުން ވާދަކުރި މިދާއިރާގެ އިންތިޚާބު ފަސޭހަކަމާއިއެކު އެކު ޕީއެންސީގެ ކެންޑިޑޭޓް ހަމަދު އަބްދުﷲ ކާމިޔާބުކޮށްފައިވަނީ ވޯޓުލީ މީހުންގެ 61 އިންސައްތަ ވޯޓު ހޯދައިގެންނެވެ. މިދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވި މުހައްމަދު ޝަރަފުއްދީނަށް އަމިއްލަ ގޮތުން ވާދަކޮށް ލިބުނީ 1098 ވޯޓެވެ.

ފުވައްމުލަކުގެ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި ފުވައްމުލަކު މެދު ދާއިރާގެ އިންތިޚާބުވެސް ފަސޭހަކަމާއިއެކު ޕީއެންސީގެ ކެންޑިޑޭޓް އަލީ ފަޒާދު ކާމިޔާބުކޮށްފައިވަނީ ވޯޓުލީ މީހުންގެ 44.9 އިންސައްތަ ހޯދައިގެނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރި އަލީ ފަޒާދާއި އެންމެ ގާތުން ވާދަކޮށްފައިވަނީ މިހިގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.

ވާދަވެރިކަން ފެނިގެން ދިޔަ ފުވައްމުލަކު ދެކުނު ދާއިރާގެ އިންތިޚާބު ކުޑަ ތަފާތަކުން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހުސައިނެވެ. ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ ނަޒުރާ ނަސީމާއި ވާދަކޮށް އިބްރާހިމް ހުސައިން މި އިންތިޚާބު ކާމިޔާބުކރީ 1142 ވޯޓާއިއެކު ވޯޓުލީ މީހުންގެ 50.3 އިންސައްތައިންނެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !