ޤުރުއާނާއި ބެހޭ މަރުކަޒު އަޅަން އަނެއްކާވެސް ސޮއިކޮށްފި

Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ރައިސާ ޕްރައިވެޓް ލިމިޓަޑާއެކު މިނިސްޓްރީ އިން މިދިޔަ ހޯމަ ދުވަހު ސޮއިކޮށްފިއެވެ. ރައިސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ އެޗް.އާރް މެނޭޖަރ މުސްޠަފާ މުޙައްމަދުފުޅެވެ. އަދި އިސްލާމިކް މިނިސްޓްރީއިން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

365 ދުވަސްތެރޭގައި ދެ ފަންގިފިލާއަށް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މަރުކަޒަކީ ދިވެހި ދައުލަތުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ ޢިމާރާތެކެވެ. މިޢިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި، ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާނެއެވެ. ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، ފުވައްމުލައް ސިޓީގައި  ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފި، ފޮޓޯ:ފައިލް

މިދިޔަ ހޯމަ ދުވަހު ފުވައްމުލަކު ސިޓީގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތެއް އަޅަން ސޮއިކޮށްފައިވާއިރު ފާއިތުވީ 2020 ވަނަ އަހަރުގެ ފެބުރުއަރީ 5 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއިން ވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ މާރިޝް ކޮމްޕެނީ ޕްރައިވެޓާއި އެކު ވެސް ޤުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތެއް އެޅުމަށް ސޮއިކޮށްފައެވެ.  300 ދުވަހުގެ ތެރޭގައި ނިންމުމަށް އޭރު ހަވާލުކުރެވުނު މަސައްކަތުގެ އަގަކީ 7.2 މިލިއަން ރުފިޔާއެވެ.

އަލަށް އިމާރާތް ކުރާ ފުވައްމުލައް ސިޓީ ގުރުއާނާއި ބެހޭ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރުން 5 ފެބްރުއަރީ 2020، ފޮޓޯ ފައިލް

ކީރިތި ޤުރުއާނާއި ބެހޭ އާ މި އިމާރާތް އެޅުމަށް ހަމަޖެހިފައި ވަނީ ކުރީގެ ފައުންޑޭޝަން ސްކޫލް ހުރި ބިމުގައެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments