A wide advertisement which will be shown on all devices. (700 x 100)

ހިފުޒު ކްލާސްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މޭޔަ އިސްމާޢީލް ރަފީގު ބައްދަލު ކުރައްވައިފި

ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފީން ހިންގާ ހިުޒު ކްލާހުގެ ދަރިވަރުންނާއި މޭޔަރު ބައްދަލު ކުރެއްވުން.

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފީގައި ހިންގަމުން އަންނަ ހިފުޒު ކްލާސްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި އެކު ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ބައްދަލު ކުރައްވައިފިއެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފީން ހިންގާ ހިުޒު ކްލާހުގެ ދަރިވަރުންނާއި މޭޔަރު ބައްދަލު ކުރެއްވުން.

މި ބައްދަލު ވުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަށް މޭޔަރު އޮޅުން ފިލުވާ އެކަމަށް ހައްލު ހޯދައި ދިނުމާއި ގުޅޭ ގޮތުންނާ ވާހަކަ ދައްކަވާފައި ވެއެވެ. ހާފިޒުންގެ ގޮތުގައި ކުރިޔަށް ދިއުމަށް ހިތްވަރު ދިނުމަށް ހިންގޭނެ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން ބެލެނިވެރިނާއި މަޝްވަރާކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ގުރުއާން ހިތު ދަސްކުރުމުގެ ކްލާހުގައި ބޮޑެތި މިހުންގެ 30 މީހުންނާއި ކުޑަކުދިންގެ 60 ކުދިން އެބަތިބި ކަމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިސަރު މިކަލް ނޫހަނަށް މައުލޫމާތު ދެއްވިއެވެ. މިކްލާހުގައި 7 މުދައްރިސުންގެ މަސައްކަތް ކުރައްވަމުން އާދެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފީން ހިންގާ ހިުޒު ކްލާހުގެ ދަރިވަރުންނާއި މޭޔަރު ބައްދަލު ކުރެއްވުން.

މިހާރު ކުރިޔަށްދާ ކްލާސްތަކުގައި ލެވެލް 2 އާއި ލެވެލް 4 ގައި ދަސްކުރުން ކުރިޔަށް ދާކަމަށް މައުލޫމާތު ލިބެއެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފިން ކުރިޔަށް ގެންދާ މި ކްލާހުން 4 ދަރިވަރަކު ވަނީ މުޅި ގުރުއާން ހިތުދަސްކޮށް 1 ވަނަ ދަރަޖާގައި ފާސްވެފައި ވެއެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި 18 އހަރުން މަތީގެ މީހުންވެސް ހިމެނެއެއެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ވެސް ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ދަރިވަރުން ވަނަތައް ހާސިލުކޮށްފައި ވެއެވެ. އަދި ގުރުއާން ހިތު ދަސްކޮށްގެން ފުވައްމުލައް ސިޓީގެ ކަނބަލެއް ކަމަށްވާ ހޯދަޑު އަވަށު އެންދެރިމާގެ ފާތިމަތު އަލި ދީދީ ވަނީ ހާފިޒު ކަމުގެ ސަނަދު ހާސިލުކޮށްފައެވެ.

ކީރިތި ގުރޫ އާން ހިތު ދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހޯދީ ފާތިމަތު އަލި ދީދީ

ހާފިޒުކަމުގެ ސަނަދު ހާސިލްކުރެއްވީ: ފާތިމަތު އަލި ދީދީ، އެންދެރިމާގެ، ހޯދަޑު

ކީރިތި ގުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުން ވަނަ ވަނަ ހޯދި ފުވައްމުލައް ސިޓީގެ ފާރަތްތައް

– ކީސްޓޭޖްސްޓޭޖް 1 ނުބަލައި ކިޔެވުމުގެ ގޮފި 2 ވަނަ، މިޝްޔާ މުސްތަފާ/ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް
– ނުބަލައި ކިޔެވުމުގެ ގޮފިން ކީސްޓޭޖް 3 އިން 3 ވަނަ އަރީކް ހާދީ މުހައްމަދު/ ޏ. އޭއީސީ
– ބަލައިގެން ކިޔެވުމުގެ ގޮފިން ކީސްޓޭޖް 3 އިން 2 ވަނަ ފާތިމަތި މީޝާ އަނީސް / ހާފިޒު އަހްމަދު ސްކޫލް

35 ވަނަ ގައުމީ ގުރުއާން މުބާރާތުން ވަނަ ހޯދި ފުވައްމުލައް ސިޓީގެ ދަރިވަރުން، ރައީސް ސޯޅިހު އާއި އެކު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !