A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބަރާތް 2022

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022 ގެ ފެށުމުގެ ރަސްމިއްޔާތަކާއެކު ރޭ ބާއްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވީ މުބާރާތުގެ ކިޔެވުން ވެސް ކުރިޔަށްގެންދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

މި މުބާރާތުގެ މަގުސަދަކީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި ގުރުއާނުގެ އިލްމު ފަތުރައި އެ އިލްމު ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ގުރުއާނާއި މެދުގައި ފުވައްމުލަކުގެ ރައްޔިތުންނާއި ފުވައްމުލަކުގެ ކުޑަކުދިންގެ ހިތްތަކުގައި ލޯބި އިތުރުކޮށް އެކުދިން ރަނގަޅަށް، ރީތިކޮށް ގުރުއާން ކިޔެވުމަށް ދަސްކޮށްދިނުން ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022

މުޅި މުބާރާތުން އެއްވަނަަށް އަންނަ ދަރިވަރަކަށް އަސްކޮއި ހައްޖު އެންޑް އުމުރާ ޓްއާސް ޕލޑގެ ފަރާތުން އިނާމެއްގެ ގޮތުގައި އުމުރާ ދަތުރެއް ހަމަޖައްސާދީފައިވާ ކަމަށް ރޭގެ ރަސްމީޔައްތުގައި އިއުލާން ވެގެން ދިޔައެވެ.

ކޮވިޑް-19 އާއި ގުޅިގެން ފާއިތުވި 3 އަހަރު ސިޓީ ކައުންސިލްގެ ގުރުއާން މުބާރާތް ބާއްވާފައެއް ނުވެއެވެ. މިއީ ކޮވިޑް-19 އަށް ފަހު ސިޓީ ކައުންސިލްން ބާއްވާ ފުރަތަމަ ގުރުއާން މުބާރާތެވެ.

މިމުބާރާތުގެ ފުވައްމުލައް ސިޓީގެ 7 ސްކޫލުންނާއި 2 ގްރުއާން ކްލާހަކުން ޖުމުލަ 142 ދަރިވަރުން ވާދަކުރެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 93 ދަރިވަރުންނާއި ހިތުން ކިޔުމުގެ ބައި 49 ދަރިވަރުންނެވެ.

މުބާރާތް ފެށުމުގެ ގޮތުން ރޭ ފުރަތަމަ ކިޔަވާފައިވަނީ ހާފިޒް އަހުމަދު ސްކޫލްގެ ދަރިވަރެކެވެ. ދެވަނައަށް ކިޔަވާފައި ވަނި ފުވައްމުލަކު ސްކޫލްގެ ދަރިވަރެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022، ރޭގައި ކިޔެވި ބައެއް ދަރިވަރުން

މިމުބާރާތް 8 އުމުރު ފުރައަކަށް ގިންތި ކުރެވިފައިވާ އިރު ކިޔެވުން ކުރިޔަށް ގެންދަނީ 4 ދަންފަޅިއަކަށެވެ. މިމުބާރާތުގައި ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށާއި މުބާރާތުގެ ފެންވަރު ހިފެހެއްޓެމުގެ ގޮތުން ސްކޫލްތަކާއި ދާއިރާގައި މަސައްކަތް ކުރައްވާ ފާރާތްތަކާއެކު ސިޓީ ކައުންސިލުން މަޝްވަރާކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރޭގެ ޖަލްސާގައި ހާމަކޮށްފައި ވެއެވެ.

މުބާރާތުގެ ފަނޑިޔާރުންނަކީ:

އިސް ފަނޑިޔާރު އަލްހާފިޒް އަހުމްދު ފައިސަލް – އިސްލާމިކް މިނިސްޓްރީ އިން ހަމަޖެއްސި

އަލްހާފިޒް އިބްރާހިމް ޝިހާބު – އިސްލާމިކް މިނިސްޓްރީ އިން ހަމަޖެއްސި

ގުރުއާން މުދައްރިސް އަލީ ސަފުއާން އިބްރާހިމް

ގުރުއާން މުދައްރިސް އަޒުލީނާ އިބްރާހިމް އެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022ގެ އިސް ފަނޑިޔާރު އަލް ހާފިޒު އަހުމަދު ފައިސަލް

މުބާރާތުގައި ކިޔެވުމަށް ހަމަޖެހިފައި ވަނީ ސޮފްޓްވެއާ އެއް މެދުވެރިކޮށް ދަރިވަރުން ގުރުއަތުން ނަގާ އާޔަތްތަކެއް ކިޔަވާ ގޮތަށެވެ. އެގޮތުން އެއްވެސް ސުވާލެއް ތަކުރާރުނުވާނެ ކަމަށާއި ކިޔަވާ ސުވާލު ދަރިވަރުގެ ފުރަގަހުގައި ހުންނަށް ސްކްރީނުން  އޯޑިއެންސަށް ފެންނަ ހުންނާނެ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދައްކަވަމުން މުބާރާތުގެ އިސް ފަނޑިޔާރު ފައިސަލް ވިދާޅުވީ:

ހިތުން ކިޔުން – ކޮންމެ ދަރިވަރުކަށް ވެސް 2 ސުވާލު ހަވާލުކުރެވޭނެ ކަމަށެވެ. ކޮންމެ ކުއްޖަކު ވެސް ކިޔަވާނީ 5 ފޮޅުވަތް ކަމަށާއި، ކިޔަވާ އާޔަތުގެ ގޮތުން 5 ފޮޅުވައްތަށް ވުރެ ދިގުވެސް ވެދާނެކަމަށެވެ. ނަމަވެސް ފަނޑިޔާރުން މާކްސް ދިނުމުގައި ބަލާނީ ފުރަތަމަ 5 ފޮޅުވަތް ކަމަށެވެ.

ބަލައިގެން – ކޮންމެ ސުވާލަކަށް ވެސް ދަރިވަރުކު ކިޔަވާނީ 10 ފޮޅުވަތް ކަމަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022

ބައެއް ކުދިން ކިޔަވާ ރާގު އަދި އަޑުގެ ރީތިކަމުން އެއި އެންމެ މޮޅު ކުއްޖާކަމަށް ބައެއް ފަހަރު އަޑުއަހާ މީހުންނަށް ހީވިޔަސް އެއީ އަދި އެކަން މުޅިން އޮތް ގޮތް ކަމަށް ނުވެދާނެ ކަމަށް މުބާރާތުގެ އިސް ފަނޑިޔާރު ފައިސަލް ވިދާޅުވިއެވެ. ރީތި ރާގާއި ރީތި އަޑަކީ ވެސް އެއްބައި ކަމަށާއި އަނކުރުގެ މަޚުރަޖައިން ކިޔަން ޖެހޭ ރަނގަޅު ގޮތަށް ކިޔައިގެން އަޑު އަދި މާރީތި ނުވިޔަސް މާކްސް މަތިން ލިބިދާނެ ކަމަށެވެ. މުބާރާތް ނިމިގެންދާއިރު ބައިވެރިވާ ހުރިހާ ކުދިން 1 ވަނަ އަދި 2 ވަނައަށް ވެސް ނުދާނެ ކަމަށާއި، ވަނަ ލބިގެންދާނީ މަދު ކުދިން ތަކަކަށް ކަމަށާއި، ވަނަ ނުލިބޭ ކުދިން ވެސް ކިޔެވުން ދޫކޮށްނުލައި ދެން އަންނަ މުބާރާތަކުން ވަނަ ހޯދުމަށް މަސައްކަތް ކުރުމަށް އެދޭކަމަށް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް ގުރުއާން މުބާރާތް 2022

ފުވައްމުލަކަކީ ރާއްޖޭގެ އެއް ރަށްކަށް އެންމެގިނަ ހާފިޒުން ތިބި ރަށަކަމަށް ވުމާއެކު އެކަން އެގޮތުގައި ދެމެހެއްޓުމަށް ފުވައްމުލައް ސިޓީ ކައުންސިލުން މެދުކެންޑުމެއްނެތި މަސައަކަތްތަކެއް ކުރަމުން އަންނަ ކަމަށް ރޭގައި ބޭއްވި ގުރުއާން މުބާރާތުގެ ތައާރަފުގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްގެ މުވައްޒަފު އާމިނަތު ޝެހެނާޒު ވިދާޅުވިއެވެ. މިމުބާރާތަކީ ވެސް އެގޮތުން ކުރެވޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !