A wide advertisement which will be shown on all devices. (700 x 100)

ގިނަ އިނާމުތަކައް ދިނުމާއެކު ރޭ އަތޮޅު އިހުޔާ ޕްރޮގްރާމް ނިންމާލައިފި

އަތޮޅު އިހުޔާ ފޯރަމް 1444ގެ ނިމުން - ފުވައްމުލައް ސިޓީ އިން

ގިނަ އިނާމުތަކައް ދިނުމާއެކު ރޭ އަތޮޅު އިހުޔާ ފޯރަމް 1444ފުވައްމުލައް ސިޓީއިން ނިންމާލައިފިއެވެ. މިފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ބައވެރިވެ ވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފުވައްމުލަކަށް ވަޑައިގެންފައެވެ.

އަތޮޅު އިހުޔާ ފޯރަމް 1444ގެ ނިމުން – ފުވައްމުލައް ސިޓީ. ޑރ. އަހުމަދު ޒާހިރު، އިސްލާމިކް މިނިސްޓަރުއިސްލާމިކް މިނިސްޓްރީ އިން އަތޮޅު ތަކުގައި ކުރިޔަށްގެންދިޔަ އިހުޔާ ފޯރަމްގެ އެންމެ ފަހު ޕްރޮގްރާމު ރޭ ފުވައްމުލައް ސިޓީ ގައި ކުރިޔަށް ގެންދިއުމާއެކު މިއަހަރުގެ އިހުޔާ ފޯރަމް ނިންމާލައިފިއެވެ. ރޭގެ އިހުޔާ ޕްރޮގްރާމުއޮތީ މުހައްމަދު ޖަމާލުއްދީން ސްކޫލް ހޯލް ގައި ރޭގަނޑު 9:30ގައެވެ.

ރޭގެ ފަހު ޕްރޮގްރާމަށް ފުވައްމުލައް ސިޓީއިން ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވއެވެ. އެގޮތުން 900 އަށް ވުރެ ގިނަ މީހުން މިޕްރޮގްރާމް އަޑުއަހަން ހާޒިރުވެފައިވެއެވެ. ފޯރަމް ކުރިޔަށް ގެންދިޔަ އެމްޖޭއެސްގެ ހޯލު ފުރިގެން ބޭރުގައި ގިނަ އަދަދަކަށް ގޮންޑި ޖަހައިގެން ވެސް ފޯރަމްގެ އަޑު އަހަމުން މީހުން ދިޔައެވެ.

އަތޮޅު އިހުޔާ ފޯރަމް 1444ގެ ނިމުން – ފުވައްމުލައް ސިޓީ އިން

މި އަހަރުގެ އިހުޔާ ޕްރޮގްރާމް ނިންމާލަމުން މިޕްރޮގްރާމުގެ ބޮޑު އިނާމުތައް ވެސް ވަނީ ގުރުއަތުން ހޮވާ ފައެވެ. އެގޮތުން އަތޮޅުތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީ ހިމެނޭ 7 ރަށުގައި މިއަހަރު މިފޯރަމް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެއީ؛

އައްޑޫ ސިޓީ ހިތަދޫ

ހއ. ހޯރަފުށި

ކުޅުދުއްފުށި ސިޓީ

ރ. ދުވާފަރު

ޅ. ނައިފަރު

ގދ. ތިނަދޫ

ފުވައްމުލައް ސިޓީ

މި ފޯރަމްގެ ބޮޑު 3 އިނާމުގެ ތެރެއިން 2 ވަނަ އަދި 3 ވަނަ އިނާމު ލިބުނީ ފުވައްމުލައް ސިޓީގެ ބައިވެރިންނަށެވެ. އަދި 1 ވަނަ އިނާމު ލިބުނީ ހއ. ހޯރަފުށީގެ މީހަކަށެވެ.

އަތޮޅު އިހުޔާ ފޯރަމް 1444ގެ ނިމުން – ފުވައްމުލައް ސިޓީ- އިނާމު ގުރުނެގުން

އުމުރާ ދަތުރެއް، ހަައްޖު ކޯޕަރޭޝަަނުން

އެއްވަނަ އިނާމުގެ ކޫޕަން ނަމްބަރު: އޭ އައި އެފް-އެޗް އޯ އޭ 282

ސްމާޓްް ފޯނެއް – އުރީދޫއިން

ދެވަނަ އިނާމުގެ ކޫޕަން ނަމްބަރު: އޭ އައި އެފް -އެފް އެމް ވީ 363

ސޯފާ ސެޓެއް – ރެއިންބޯއިން

ތިންވަނަ އިނާމުގެ ކޫޕަން ނަމްބަރު: އޭ އައި އެފް -އެފް އެމް ވީ 768

މީގެ އިތުރުން ވެސް ރޭގެ ޕްރޮގްރާމަށް ވެސް ހާޒިރުވި އަންހެނުންނާއި ފިރިހެނުންގެ ވަކިން ގުރުއަތުން ކޮންމެ ބަޔަކަށް ވެސް 5 އިނާމެއް ދީފަައިވެއެވެ.

އަތޮޅު އިހުޔާ ފޯރަމް 1444ގެ ނިމުން – ފުވައްމުލައް ސިޓީ. ފޯރަމް ހުށަހަޅުއްވާ ދެއްވަނީ 15 އޭޕްރީލް 2023

ރޭގެ ދަރުހުގެ މަޒުއަކީ “ﷲ ގެ ނިޔާއަށް ރުހުން”އެވެ. މި މައުޒޫއަށް ފޯރަމް ހުށަހަޅުއްވާ ދެއްވީ އަލްއުސްތާޒު މުހައްމަދު އަނީލް އާއި އައްޝައިޚު ނަސްރުއްﷲ އަލީ އެވެ.

ރޭގެ ޕްރޮގްރާމު ވެސް މުންނާރު ޓީވީ އިންނާއި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބު ޗެނެލް އިން ވަގުތުން ދައްކާފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !