ޚާއްސަ އިނާމުތަކަކާއެކު އަތޮޅު އިހުޔާ ފޯރަމް 1444 މާދަމާ ރޭ ފުވައްމުލައް ސިޓީގައި

އަތޮޅު އިހުޔާ ފޯރަމް ބޮޑެތި އިނާމުތަކާއެކު - ފުވައްމުލައް ސިޓީގައި ހުކުރު ދުވަހުގެ ރޭ 2023
Share on facebook
Share on twitter
Share on google

ޚާއްސަ އިނާމުތަކަކާއެކު އަތޮޅު އިހުޔާ ފޯރަމް 1444 މާދަމާ ރޭ ފުވައްމުލައް ސިޓީގައި ބައްވާނެއެވެ.

އިސްލާމިކް މިނިސްޓްރީ އިން އަތޮޅު ތަކުގައި ކުރިޔަށްގެންދާ އިހުޔާ ޕްރޮގްރާމުގެ ތެރެއިން ފުވައްމުލައް ސިޓީގައި ބާއްވާ އިހުޔާ ޕްރޮގްރާމު އޮންނާނީ މާދަމާ، 14 އެޕްރީލް 2023 ވާ ހުކުރު ދުވަހުގެ ރޭ 9:30 ގައި މުހައްމަދު ޖަމާލުއްދީން ސްކޫލް ހޯލް ގައެވެ.

އަތޮޅު އިހުޔާ ފޯރަމް ބޮޑެތި އިނާމުތަކާއެކު – ފުވައްމުލައް ސިޓީގައި ހުކުރު ދުވަހުގެ ރޭ 2023

މި ދަރުހަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 3 މީހަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

1 ވަނަ އިނާމު – އުމުރާ ދަތުރެއް، ޖަހއްޖު ކޯޕަރޭޝަަނުން

2 ވަނަ އިނާމު – ސްމާޓްް ފޯނެއް – އުރީދޫއިން

3 ވަނަ އިނާމު – ސޯފާ ސެޓެއް – ރެއިންބޯއިން

މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން އެ މިނިސްޓްރީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މިދަރުހަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށް އެންމެނަށް ދައުވަތު ދީފައެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ދަރުހެކެވެ. މި ދަރުހުގެ  މަޒުއަކީ “ﷲ ގެ ނިޔާއަށް ރުހުން”އެވެ. މި މައުޒޫއަށް ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ  އަލްއުސްތާޒު މުހައްމަދު އަނީލް އާއި އައްޝައިޚު ނަސްރުއްﷲ އަލީ އެވެ.

މިޕްރޮގްރާމު މުންނާރު ޓީވީ އިންނާއި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބު ޗެނެލް އިން ވަގުތުން ދެއްކުމަށް ހަމަޖެހިފައި ވެއެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments