A wide advertisement which will be shown on all devices. (700 x 100)

އަތޮޅު އިހުޔާ ޕްރޮގްރާމު ފުވައްމުލައް ސިޓީގައި އަންނަ ހުކުރު ދުވަހު

އަތޮޅު އިހުޔާ ޕްރޮގްރާމުގެ ފުަވއްމުލައް ސިޓީގައި- 14 އޭޕްރިލް ޥާ ހުކުރު ދުވަހުގެ ރޭ އެމްޖޭއެސް ގައި

އިސްލާމިކް މިނިސްޓްރީ އިން އަތޮޅު ތަކުގައި ކުރިޔަށްގެންދާ އިހުޔާ ޕްރޮގްރާމުގެ ތެރެއިން ފުވައްމުލައް ސިޓީގައި ބާއްވާ އިހުޔާ ޕްރޮގްރާމު އަންނަ ހުކުރު ދުވަުގެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައި ވެއެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން އެމިނިސްޓްރީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އާއްމުކޮށް އެންމެނަށް މިދަރުހަށް ދައުވަތު ދީފައެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ދަރުހެކެވެ.

“ﷲ ގެ ނިޔާއަށް ރުހުން” މި މައުޒޫއަށް ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަނީ 14 އެޕްރީލް 2023 ވާ ހުކުރު ދުވަހުގެ ރޭ 9:30 ގައި މުހައްމަދު ޖަމާލުއްދީން ސްކޫލް ހޯލް ގައެވެ. މިޕްރޮގްރާމު ހުށަހަޅުއްވާ ދެއްވާނީ އަލްއުސްތާޒު މުހައްމަދު އަނީލް އާއި އައްޝައިޚު ނަސްރުއްﷲ އަލީ އެވެ.

ޑަބްލިޔު ޑިސީއިން ބޭއްވި އިހުޔާ ޕްރޮގްރާމް – ޑރ. އަނާރާ ނައީމު

މިޕްރޮގްރާމު މުންނާރު ޓީވީ އިންނާއި އިސްލާމިކް މިނިސްޓްރީގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބު ޗެނެލް އިން ވަގުތުން ދެއްކުމަށް ހަމަޖެހިފައި ވެއެވެ.

މިއިހުޔާ ޕްރޮގްރާމުގެ އިތުރުން މިރޯދަ މަހު (6 އޭޕްރީލް) ގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔު ޑީސީ)ން  ވެސް ވަނީ އިހުޔާ ފޯރަމެއް ބާއްވާފައެވެ.

ޑަބްލިޔު ޑިސީއިން ބޭއްވި އިހުޔާ ޕްރޮގްރާމް – ޑރ. އަނާރާ ނައީމު

“ދުޅަހެޔޮ ނަފުސަކަށް” މި މައުޒޫއަށް އެ ޕްރޮގްރާމު ހުށަހަޅުއްވާ ދެއްވީ އަންހެން ބޭކަނބަލެއް ކަމަށްވާ ޑރ. އަނާރާ ނައީމު އެވެ. ޑރ.އަނާރާއަކީ ރައްޔިތުންގެ މަޖުލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރެއްވި ހަމައެކަނި މެމްބަރެވެ. އަނާރާ ރައްޔިތުންގެ މަޖުލީހުގެ ހދ. މަކުނުދޫ ދާއިރާ އެވެ.

އަނާރާ ދެއްވި ދަރުހަށް ފަހު އެކަމަނާ ލިޔުއްވާފައިވާ ފޮތެއް ކަމުގައިވާ ‘ފިކުރު ބޮޑުވުމާއި އެކަމުގެ ހައްލު’ގެ ކޮޕީއެއް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަށް ހަދިޔާކޮށްފައި ވެއެވެ.

ޑަބްލިޔު ޑިސީއިން ބޭއްވި އިހުޔާ ޕްރޮގްރާމް 2023 – ޑރ. އަނާރާ ނައީމުގެ ފޮތް ހަދިޔާ ކުރެއްވުން

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !