ފުވައްމުލަކު ފެނާއި ނަރުދަމާ ނިޒާމުގައި ކަންކަމާއި ގުޅޭ ގޮތުން ދާދި ފަހުން ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނަކީ ހަގީގަތާއި ދުރު ބަހަނާ ތަކެއް ކަމަށް ރައށީް ޔާމީނު ސަރުކާރުގެ އެންވަޔމެން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަ އަބްދުﷲ މުހައްމަދު ދީދީ (ހުނުބޮލި އަބުޅޯ) ހާމަކޮށްފިއެވެ.
ފަހުން، 2016 ވަނަ އަހަރު ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާދެއްވި އަބްދުﷲ މުހައްމަދު ދީދީ އޭނާގެ ފޭސްބުކް ގައި މިކަން ހާމަކުރައްވާފައިވަނީ މިއަދު އެވެ.
އަބުދުﷲ ލިޔުއްވާފައިވާ ގޮތުގައި ސަރުކާރުން ފުވައްމުލަކުގައި އޭރު ގާއިމު ކުރަމުން ދިޔަ ފެނާއި ނަރުދަމާގެ ނިޒާމު ހިންގުމަށް ލައިސަންސް ހޯދުމަށް 12 ސެޕްޓެމްބަރު 2018 ގައި ފެނަކަ ކޮޕަރޭޝަން ލިމިޓެޑުން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާއަށް ހުށެހެލިކަމަށެވެ. އަދި އެ އެދުމުގެ މަތިން ފެނަކައަށް ވަގުތީ ލައިސަންސް ދޫކުރުމުން، ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމާއި އެކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އޭރު ދިވެހި ސަރުކާރުން ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްގެ މަސައްކަތް ނުނިމޭ ކަމަށާއި ދިޔައީ މަސއްކަތް ކުރަމުން ކަމަށެވެ.
ފެނާއި ނަރުދަމާ ޕްރޮޖެކްޓްގެ ޑިފެކްޓްސް ލައިބިލިޓީގެ ދަށުން ޕްރޮޖެކްޓްގެ މަސައްކަތާއި މެޓީރިއަލްގެ މައްސަލައެއްވާނަމަ، އޮޕަރޭޓަގެ ހައިސިއްޔަތުން ފެނަކައިން ފާހަގަ ކުރާކަންތައް މަސައްކަތް ކުރިފަރާތް (ސިއެރާ) އިން ރަގަޅު ކުރަން ޖެހޭކަމަށެވެ. ނަމަވެސް ޕްރޮޖެކްޓްގެ ޑިފެކްޓްސް ލަޔަބިލިޓީ މުއްދަތު ހަމަވެގެން ދިޔައީ ފެނަކައިން ސިސްޓަމާއި ހަވާލުވި ފަހުން ކަމަށެވެ. އަދި އެ މުއްދަތުގައި ފެނަކައިްނ ނެރުނު ނޫސް ބަޔާނުގައި ފާހަގަ ކުރި މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރަން މަސައްކަތް ކުރިތޯ އޭނާ ސުވާލު އުފައއްދައެވެ. އެ ނޫސްބަޔާނުގައި ވާގޮތުން ސިސްޓަމާއި ހަވާލުވެގެން ޑިފެކްޓްސް މުއްދަތުގައި ކުރަންޖެހޭ މަސައްކަތް ފެނަކައިން ކޮށްފައި ވަނީ އެ މުއްދަތު ހަމަވާނެ ކަމަށްބެލެވޭ ސެޕްޓެމްބަރު 2019 ގައެވެ.
އަބްދުﷲގެ ބަޔާނުގައި ބުނާ ގޮތުން ފެނަކައިން އެކަން އެގޮތަށް (ނަރުދަމާ ސިސްޓަމްގެ ނުނިމި ހުރި މަސައްކަތްތައް) ކުރީ، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރި ސިއެރާ އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ތޯ ދެވަނަ ސުވާލެއް ވެސް އޭނާ އުފެއްދިއެވެ. ނަމަވެސް ފެނަކައިގެ ބަޔާނުގައި ނުނިމިހުރި މަސައްކަތް ފެނަކައިން ކުރިކަމަކަށް ނެތެވެ. ޕްރޮޖެކްޓްގެ ނުނިމިހުރި މަސައްކަތްތައް، ޑިފެކްޓްސް ލައިބިލިޓީސް މުއްދަތުގެތެރޭގައި މަސައްކަތް ކުރި ސިއެރާ ކަންފުނިން ކުރަން ޖެހުމުން ސިސްޓަމް ހިންގައި މައްސަލަތައް ފާހަގަކުރަން ފުރުސަތު ނުލިބުނު ވާހަކައެވެ.
އިތުރަށް ވެސް އޭނާ ސުވާލު އުފެއްދީ، ނޫނީ މިކަން ދިމާވީ ކުންފުނީ (ފެނަކަ)ގެ ހިންގުން ދޯދިޔާ ކަމުންނާއި މިފަދަ ނިޒާމެއް ހިންގާ ބަލަހައްޓާނެ ފަންނީ ގާބިލުކަން ނެތުމުގެ ސަބަބުން ތޯއެވެ.
“ފުވައްމުލަކުގައި ތިބި އެންމެނަށް ފެނިފައިވާ ހަގީގަތަކީ ޑިފެކްޓްސް ލަޔަބިލިޓީ މުއްދަތު ސެޕްޓެމްބަރ 2019 އަހަރަށް ހަމަވި އިރުވެސް ފެނަކައިން އެނިޒާމު ހިންގުމަށް ކުރަންޖެހޭ މަސައްކަތެެއް ނުކުރާކަން. ސްޓޭޝަންތަކުގައި ޑިއުޓީ ކުރަމުންދިޔައީ ފެނަކައިގެ މުވައްޒަފުންގެ ބަދަލުގައި ސިއެރާގެ މުވައްޒަފުން ކަން” އަބްދުﷲ ހާމަކޮށްފައި ވެއެވެ.
ޑިސެމްބަރު 2018 އިން ފެށިގެން ފެނަކައިން ކުރި މަސައްކަތަކީ، އެންމެ ފުރަތަމަ ހަވާލުއިރުވެސް މައްސަލަ ހުރިކަމަށް ބުނާ ނަރުދަމާގެ ނިޒާމަށް ގޭގޭގެ ނަޖިސް ހޮޅިތައް ގުޅުމަށް މަޖުބޫރުކުރުން ކަމަށެވެ. އަދި ވަކި މުއްދަތެއްގެ ފަހުން ގުޅާދޭނީ އިތުރު ފީއެއް ނަގައިގެންކަން ފުވައްމުލަކު ހުރިހާ ގޭގެއަަށް އެންގިކަމަށް ވެސް އަބްދުﷲ ފާހަގަ ކުރެއެވެ. މައްސަލަ ހުރިކަން އެނގޭ ނަރުދަމާ ނިޒާމަކަށް ގެގޭގެ ފާޚާނާ ހޮޅި އާއި ހިންދާ ހޮޅިތައް ގުޅަން “މަޖުބޫރު” ކުރުވި ކައްވެގެން ބާވައެވެ؟
ފެނަަކައިގެ ނޫސްބަޔާނާއި ގުޅިގެން މީގެ ކުރިން ހަސަން މުހައްމަދު ދިދީ (ހުނުބޮލ)ި ވެސް ވަނީ ސުވާލުތަކެއް އުފައދަފައެވެ. ބުނެފައި ވަނީ ފުވައްމުލަކު ނަރުދަމާ ނިޒާމު ޕްރޮޖެޓްގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމަށް ބެލެވޭކަމަށެވެ. ފެނަކައިގެ ނޫސްބަޔާނުގައިވާ މައުލޫމަތަށް ބަލާއިރު ފައިސާ ދޫކޮށްފައި ވަނީ މާލިއްޔަތު ގާނޫނުގެ 10.70 މާއްދާ އާއި ޚިލާފަށް ކަމަށެވެ. އަދި މިމައްސަލަ ބަލައިދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށާއި ދައުލަތުގެ އިދާރާތަކަަށް ދަންނަނާ ކަމަށް ހަސަން މުހައްމަދު (ހުނުބޮލި) އޭނާގެ ފޭސްބުކްގައި ހާމަކޮށްފައި ވެއެވެ.
ފުވައްމުލަކު ނަރުދަމާނިޒާމުގެ އުނގޫ ބޮދުވެ އެމައްސަލާގައި އަންނަނީ އެކަފަރާތްކުން ކުރިގެ ސަރުކާރާއި މިހާރުގެ ސަރުކާރު އަފި ފެނަކަ ކޮޕަރޭޝަން ވެސް ކުށްވެރި ކުރަމުންނެވެ. ނަމަވެސް އަސްލު މައްސަލަ އަދި އާއްމ ުރައްޔިތުންނަށް މިމައްސަލަތައް ދިމާވީ ސަބަބު ސާފުވެފައިވާ ކަމަށް ނުބެލެވޭކަމަށް ފެނަކަ-ފުވައްމުލަކުގެ އިސްފަރާތަކުން މިކަލް ނޫހަށް ބުނެފައިވެއެވެ. އަދި ވަރަށް އަވަހަށް ރައްޔިތުންނަށް އިތުރަށް މިކަން ސާފުކޮށްދޭނެ ކަމަށް ހާމަކުރިއެވެ.
ޚިޔާލުތައް
Three gai mivaa linkuga thi leekuvaa inspection chamber ge specification download kollavva….
Mi varah muhimmu ballavaa lavvan
http://www.harwal.net/catalogue/Upvc-Inspection-Chamber-Nov-2014-21-01-2017.pdf
Mihaaru ehen vejjiyya thi nizaam baraabarah masakkai kuran jehey ne thaa…
Dhen najis araigen nuvaane