A wide advertisement which will be shown on all devices. (700 x 100)

ދެވަނަ ބުރުގެ ފްލެޓް ލިބޭ މީހުންގެ މެދުގައި ގުރުލުން މާދަމާ ހަވީރު

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތައް

ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދެވަނަ ބުރުގައި ލީބޭ މީހުންގެ މެދުގައި ގުރުއަތުނެގުން މާދަމާ، 14 ޖޫން 2020 ވާ އާދިއްތަ ދުވަހު ބާއްވާގޮތަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާދަމާ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ. އަދި ގުރުއަތު ނެގުމުގެ މިބައްދަލުވުމުގައި ފްލެޓް ލިބޭ ފަރާތްތަކުން ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދިފައި ވެއެވެ. ފްލެޓް ލިބޭ ފަރާތަށް ބައިވެރިނުވެވޭ ނަމަ ބަދަލުގައި މީހަކު ބައިވެރިކުރެއްވުަމށް ފްލެޓް ލިބޭ މީހާގެ ސިޓީއަކާއި އެކު ގްރުއަތުގައި ބަދަލުގައި ބައިވެރިވާ މީހާގެ އައިޑީކާޑު ބައްދަލުވުމަށް ވަޑައިގަންނަަވާއިރު ގެންނަން ޖެހެއެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް، 13 ޖޫން 2020

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ވަނީ މިއަދު ވަނީ އާއްމުކޮށްފައެވެ. ދާއިމީ ލިސްޓަަށް ބާލާއިރު އޭ ކެޓަގަރިން (ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު) ފްލެޓް ލިބެނީ 35 މީހަކަށެވެ. އެއީ:

47 ޕޮއިންޓް ލިބިގެން އެކަކު،

46 ޕޮއިންޓް ލިބިގެން އެކަކު،

45 ޕޮއިންޓް ލިބިގެން 2 މީީހުން

42 ޕޮއިންޓް ލިބިގެން 9 މީީހުން

41 ޕޮއިންޓް ލިބިގެން އެކަކު، އަދި

40 ޕޮއިންޓް ލިބިގެން 21 މީހުނެވެ.

ސާޅީސް ޕޮއިންޓް ލިބިގެން ފްލެޓް ލިބޭ 21 މީހުން ހޮވާފައި ވަނީ ގުރުއަތުންނެވެ. އެއީ ދާއިމީ ލިސްޓްގައި 40 ޕޮއިންޓް ލިބުނު 32 މީހުން ތިބުމުންނެވެ. 47-141 އަށް ޕޮއިންޓް ލިބިފައިވަނީ 14 މީހުންނަށް ވުމުން، އޭ ކެޓަގަރީން އިއުލާން ކުރެވުނު 35 ފްލެޓްގެ ތެރެއިން ބާކީ ހުރީ 21 ފްލެޓް ކަމަށް ވުމުންނެވެ.

އޭ ކެޓަގަރީ: ދެވަނަ ބުރުގެ ފްލެޓް – ޕޮއިންޓް 13 ޖޫން 2020

އޭ ކެޓަގަރީން ޝަރުތު ހަމަވާ ޖުމްލަ 26 މީހުން ދެވަނަ ބުރުގައި ފްލެޓަށް ކުރިމަތިލާފައި ވެއެވެ. ފްލެޓް ލިބިފައި ވަނީ އެއިގެ ތެރެއިން އެންމެެ މަތިން ޕޮއިންޓް ލިބުނު 35 ފަރާތަށެވެ. އެކަމަކު ފުރަތަމަ ބުރުގައި ފްލެޓަ 120 ފްލެޓަށް ހުޅުވާލުމުން ކުރިމަތިލައި ޝަރުތު ހަމަވި 137 މީހުންގެ ތެރެއިން ފްލެޓާއި ހަވާލުވީ 104 މީހެކެވެ. ފްލެޓާއި ހަވާލުވީ ހުޅުވާލު އަދަށްވުރެން ވެސް މަދުންނެވެ.

ބީ ކެޓަގަރީ (ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު) ޚާއްސަ ކުރެވިގެން ދެވަނ ބުރުގައި އިއުލާން ކުރި 5 ފްލެޓް ލިބޭ ފަރާތްތައް ވެސް ވަނީ ކަނޑައަޅާފައެވެ.

އެ 5 މީހުންނަކީ:

  1. އަހުމަދު ޝިފާޢު، ކިނާރާ/ޅ.ނައިފަރު 45 ޕޮއިންޓް
  2. އަހުމަދު ޝާހީން، ވީނސްވިލާ/ގދ.ފަރެސްމަތޮޑާ 37 ޕޮއިންޓް
  3. މުހައްމަދު އަބްދުއް ސަމަދު، ޔެލޯސީ/ގދ.ގައްދޫ 37 ޕޮއިންޓް
  4. މުހައްމަދު ޝާރިޙު، ސަތަރުގެ/ސ.މަރަދޫފޭދޫ 37 ޕޮއިންޓް
  5. އާއިޝަތު ނުޒުހާ އަމްޖަދު، އައްސޭރި/ގދ.ފަރެސްމާތޮޑާ 35 ޕޮއިންޓް

މި ކެޓަގަރީން ގުރުއަތާކާއި ހަމަޔަށް ނުގޮސް ފްލެޓް ލިބޭ މީހުން ވަނީ ޔަގީން ކުރެވިފައެވެ. އެއީ އެންމެ ަމތިން ޕޮިންތް ލިބުނު 5 މީހުނާއި އެއްވަރު އިތުރު މީހަކު ނެތުމުންނެވެ.

ބީ ކެޓަގަރީ: ދެވަނަ ބުރުގެ ފްލެޓް – ޕޮއިންޓް 13 ޖޫން 2020

ފުރަތަމަ ބުރުގައި ބީ ކެޓަގަރީން ހުޅުވާލެވުނު 20 ފްލެޓަށް ކުރިމަތިލައި ޝަރުތު ހަމަވީ 15 މީހުންނެވެ. އެއިގެތެރެއިން ވެސް 7 މީހުން ފްލެޓް ވަނީ ހަވާލުނުވެ ދޫކޮށްލާފައެވެ. އެގޮތުން ފުރަތަމަ ބުރުން ފްލެޓާއި ހަވާލުވެފައިވާނީ ބީކެޓަގަރީގެ 8 މީހެކެވެ.

މާދަމާ ގުރުއަތު ނަގަނީ އޭ ކެޓަގަރީ އަދި ބީ ކެޓަގަރީގެ މީހުން މެދުގައި ގުރުއަތު ނަގަނީ އެމީހުންނަށް ލިބެނީ ކޮން ފްލެޓެކަން ބެލުމުގެ ގޮތުންނެވެ. ދެކެޓަގަރީގެ 40 މީހުނަނަށް ވެސް ފްލެޓެއް ލިބޭނެ ކަން މިވަނީ ޔަގީން ކުރެވިފައެވެ.

މި ފްލެޓްތައް އިމާރާތްތކޮށްފައި ވަނީ ދަޑިމަގާއި ދިގުވާނޑު ސަރަހައްދުގައެވެ. ފުރަތަމަ ބުރުގައި ފްލެޓް ލިބުނު މީހުން މިހާރު އެފްލެޓްތަކުގައި ދިރިިއުޅެން ވެސް ފައްޓފައި ވެއެވެ.

އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ ޙާލަތަށް ބެލިގެން ޕޮއިންޓް ދެވިގެން ދިރުއުޅުމުށް ދިރިއުޅުމަށް ކުޑައަގެއްގައި ދޫކުރެވޭ މިފްލެޓްތައް އެހެން މީސް މީހުންނަށް ކުއްޔަށްދީ ނޫނީ ދިރިއުޅުމަށް ދޫކުރެވޭ ގޮތައް އޮވެއްޖެނަމަ ކުރީގައި ދިން ޕޮއިންޓް އުސޫލުގެ ބޭނުން ކެނޑިގެން އެދިޔައީއެވެ.

ފުވައްމުލައް ސިޓީގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތަކުގެ އެތެރެ ބައްލަވާލައްވަނީ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !