A wide advertisement which will be shown on all devices. (700 x 100)

ދޫނޑިގަމުގައި ފްލެޓް އަޅާ ބިމާއި ގުޅޭ ގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރަނީ

ހައުސިން ޔުނިޓް އަޅާ ބިމާއި ގުޅޭ ގޮތުން މަޝްވަރާކުރުން 2022

ދޫނޑިގަމު އަވަށުގައި އަލަށް ފްލެޓް އެޅުމަށް ހަމޖެހިފައިވާ ބިމާއި ގުޅޭ ގޮތުން ދޫނޑިގަމު އަވަށު ރައްޔިތުންނާއި މަޝްވަރާ ކުރުމުގެ ބައްދަލުވުމަކަށް ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ރޭ ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބައްދަލުވުމުގެ ނޯޓިސްގައި ވާގޮތުން އެބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ، 1 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައިއެވެ. ބައްދލުވުން ބޭއްވުމަށް ހަމޖެހިފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

ނިމުނު ހަފުތާތެރޭގައި ފުވައްމުލަކުގެ 3 އަވަށެއްގައި ފްލެޓް އަޅާނެ ސަރަހައްދުތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން ކަނޑައަޅައި އިއުލާންކޮށްފައި ވެއެވެ. އެއީ މާދަޑު އަވަށުން ފީނދިފަންނުމަގާއި ކާރުނޭޝަން މަގާއި ގުޅުނު ކަންމަތީގައިވާ ބިމާއި، ފުނާޑު އަވަށުން ނިރިލް ހިނގުމާއި، ހުސްނުހީނާމަގު ގުޅުނު ކަންމަތީ (ކުރިން ދެގަންދެމެދު މަގު އޮތް ސަރަޙައްދު) ގައިވާ ބިމާއި، ފުނާޑު އަވަށުން މެރީނާ ގޯޅި އާއި އިންވެގެން ދެކުނުން (ކުޑަފަރީގެ ބިއްދޮށުން) ފާހަގަކޮށްފައި އޮތް ބިމާއި ދޫނޑިގަމު އަވަށުން މަސްޖިދުއް ސަލާމްގެ އިރު އުތުރުން، އާސިމީމަންޒިލް ގޯއްޗާއި ހަމަޔަށް އޮތް ބިމެވެ.

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

މިބިންތަކުގައި ހައުސިން ޔުނިޓް އިމާރާތް ކުރަން ބިން ހުސްކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފާހަގަކޮށްފައިވާ ބިންތަކުގައި ހުރި ރުއްގަހުގައި ސިޓީ ކައުންސިލުން ވަނީ ނަމްބަރު ޖަހައި ފާހަގަ ކޮށްފައެވެ. އަދި އެބިންތަކުގައިވާ ރުއްގަހުގެ ވެރިފަރާތް އެނގޭ ލިޔުން ހުށަހަޅަން ދީފައިވާ މުއްދަތަކީ 2022 އޮކްޓޯބަރު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިންނެވެ.

ދޫނޑިގަމު އަވަށުގައި އޮތް ބިމުގައިވާ ރުއްގަސް ފާހަގަކޮށްފައި ފާހަގަކޮށްފައި ވަނީ 01 ން 270 އަށް ނަންބަރު ޖަހައިގެންނެވެ.

ފުނާޑު އަވަށުގައި އޮތް ބިމުގައިވާ 1 ގައި ރުއްގަސް ފާހަގަކޮށްފައި ފާހަގަކޮށްފައި ވަނީ 01 ން 270 އަށް ނަންބަރު ޖަހައިގެންނެވެ.

ފުނާޑު އަވަށުގައި އޮތް ބިން 2 ގައިވާ ރުއްގަސް ފާހަގަކޮށްފައި ފާހަގަކޮށްފައި ވަނީ 01 ން 63 އަށް ނަންބަރު ޖަހައިގެންނެވެ.

މާދަޑު އަވަށުގައި ވާ ބިމުގައިވާ ރުއްގަސް ފާހަގަކޮށްފައި ވަނީ 01 ން 242 އަށް ނަންބަރު ޖަހައިގެނެންވެ.

ފްލެޓްތަކަށް 3 ބުރުން މީހުން ކުރިމަތިލާފައިވާ ގޮތް. 2021

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !