A wide advertisement which will be shown on all devices. (700 x 100)

ހޯމް ކަރަންޓީނަށް އިތުރު މީހުން މިއަދު ފުވައްމުލައް ސިޓީއަށް އަންނާނެ

ހޮމް ކަރަންޓީނަސް ދާން ފުރަން ގޮސް ތިބި ބަޔަކު. ފޮޓޯ: އެފްސީސީ

ހޯމް ކަރަންޓީނަށް މިއަދު އިތުރު މީހުން ފުވައްމުލައް ސިޓީއަށް އައުމަށް ހަމަޖެހިފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިއަދު އަންނަނީ 34 މީހުންނެވެ.

ހޯމް ކަރަންޓިނަށް މިއަދު އަންނަ މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުގައި ތިބެފައި ރަށަށް އައުމަށް މާލެ އައިސް ޓްރާންސިޓް ކަރަންޓީން ފެސިލިޓީގައި ތިބި މީހުންވެސް ހިމެނޭ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވެއެވެ. އެއިގެ އިތުރުން ދެން އަންނަނީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސިޓީ ފުރަބަންދަށް ގެންދިއުމުން ތާށިފވެފައި ރަށަށް ނާދެވި ތިބި މީހުން ކަމަށް ވެއެވެ.

އިއްޔެ ވެސް ވަނީ ގިނައަދަދެއްގެ ބަޔަކު ހޯމް ކަރަންޓީނަށް ފުވައްމުލައް ސިޓީއަށް އައިސްފައެވެ. އެގޮތުން ޖުމްލަ 89 ފަރާތެއް އިއްޔެ ރަށަށް އައިސްފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މިއަދާއި ހަމަޔަށް ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނަށް 193 މީހުން އައިސްފައިވާ ކަމަށް ވެއެވެ.

ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށިއިރު 24 ދުވަހު ގޭގައި ތިބެން ޖެހޭގޮތަށް އޮތް އުސޫލު މިހާރު ވަނީ 14 ދުވަހަށް ބަދަލުކޮށްފައެވެ. އެގޮތުން ކުރިން އެމީހުން ކުރަމުންދިޔައީ އެންޓިބޮޑީ ޓެސްޓް ކަމުގައި ވިޔަސް މިހާރު 14 ދުވަސް ހަމަކޮށްފައި އެމީހުން ކުރަން ހަމަޖައްސާފައި ވަނީ ޕީސީއާރު ޓެސްޓެވެ. އަދި މިހާރުގު އުސޫލުގައިވާ ގޮތުން ހޯމް ކަރަންޓީނު ކުރެވޭ ގެއެއްގައި ތިބޭ އެހެން މީހުންނަށް ގެއިން ބޭރަށް ނުކުމެ އުޅެވޭނެއެވެ.

ކުރިން އޮތް 24 ދުވަހުން 14 ދުވަހުގެ ކަރަންޓީނަށް ބަދަލުކުރުމުން މާލޭގައި ދިރިއުޅޭ ގިނަ ބަޔަކުވެސް ހޯމަ ކަރަންޓީނަށް ރަށަށް އަންނަމުންދާ ކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިފައި ވެއެވެ.

ހޯމް ކަރަންޓީނަށް އައިސް ތިބި ބައެއް މީހުން އެޗްޕީއޭގެ އުސޫލަށް ތަބާ ނުވެ ރަށުތެރޭގައި އުޅޭ ކަމުގެ ޝަކުވާ ކޮންމެވެސް ވަރަކަށް އެބަ އޮތެވެ. އެފަދަ މީހުންގެ މައުލާުމާތު އެރަށެއްގެ ފުލުހުންނަށް ރިޕޯޓުކުމަށް އެންއީއޯސީގެ ތަރުޖަމާނު މަބުރޫކު ރޭގައި ވިދާޅުވެފައި ވެއެވެ. އެއީ ގާނޫނީ ކުށެއް ކަމަށާއި އެފަދަ ފަރާތްތަކުގެ މައްސަލަ ފުލުހުން ބަލާނެކަށް ވިދާޅުވިއެވެ.

އެޗްޕީއޭގެ އުސޫލްގައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ހޯމްކަރަންޓީނުގައި ތިބުމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ އެދިފައި ވެއެވެ.

ހޯމް ކަރަންޓީނުގެ ތަންތަން ހަމަޖައްސެމުގެ މަސައްކަތުގައި ހަރަކާތްތެރި ވަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުނާއި ކޮވިޑް-19 ޓާސްކްފޯސްގެ މެމެބަރުްނަނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !