ވަޒީފާއާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް ފުވައްމުލަކު ތުނޑީ ސަރަހައްދަށް މިއަދު ހަވީރު ރިޒޯޓު މަސައްކަތްތެރިން އެއްވެއްޖެއެވެ. ޕެބްލްސް ރެސްޓޯރަންޓް ކުރިމަތީގައި ބޭއްވި މިއެއްވުމުގައި 40 ހާ ޒުވާން ފިރިހެނުން ބައިވެރިވެފައި ވެއެވެ. މިއެއްވުމުން މުޅިންހެން ވެސް ފެނިގެންގޮސްފައި ވަނީ ރިޒޯޓުތަކުގައި މަސައްކަތް ކުރާ ފުވައްމުލަކުގެ މީހުންނެވެ.
މިއެއްވުމުގައި ބައިވެރިންގެ ޝުއޫރުތައް ފާޅުކޮށްފައި ވަނީ ބޯޑުތަކުގައި ލިޔެގެންނާއި އަޑުގަދަކުރާ ބޭނުންކޮށް ގެެންނެވެ. އިހުތިޖާޖުގެ ބައިވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ މިހާރު ރައްޔިތުންގެ މަޖުލީހަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސޭން މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ އިސްލާޙުތަކާއި މެދުއެވެ. “ވަޒީފާއާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހު ކަމަކު ނުދޭ!”، “%10 ސަވިސް ޗާޖު ނަގަން ގާނޫނު ގައި ޖަހައިދީ!” ބޯޑުތަކުގައި ލިޔެފައި ވެއެވެ.
އެއް ބޯޑެއްގައި ލިޔެފައި ވާނީ 14 ވަނަ މާއްދާ، ޕްރޮބޭޝަން މުއްދަތު 3 މަހުގައި ބާއްވައި ދިނުމަށެވެ. މަޖުލީހަށް ހުށަހެޅި އިސްލާޙުގައި އޮތީ ޕްރޮބޭޝަން މުއްދަތު 6 މަހަށް ބަދަލުކުރާ ގޮތަށެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން މީގެކުރިން ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މަޖުލީހުގެ އިބްތިދާއީ ބަހުސުގައި ގިނަ މެމްބަރުން ވެސް ވަނީ އެ އިސްލާހަށް ތާއިދު ނުކުރެވޭ ކަމަށް ހާމަކޮށްފައެވެ. ވުމާއެކު ބެލެވޭ ގޮތުގައި މަޖުލިހުގެ ކޮމެޓީ މަރުހަލާގައި 6 މަސްދުވަހުގެ ބަދަލުގައި މިހާރުވެސް އޮތް ގޮތަށް 3 މަހަށް ޕްރޮބޭޝަން މުއްދަތު ބޭއްވޭނެ ކަމަށް ބެލެވިފައި ވެއެވެ.
“21 ވަނަ މާއްދާގެ ށ. ގެ ފަހަތަށް ނ. ރ. އިތުރު ނުކުރޭ! އެއީ ބޭނުން ކޮންމެ ވަގުތަކު މަސައްކަތް ތެރިން ވަޒީފާއިން ވަކިކޮށްލުމަށް ދެވޭ އޯޕަން ލައިސަންސެއްް” ބޯޑެއްގައި ލިޔެފައި ވެއެވެ. 21 ވަނަ މާއްދާއަށް ހުށަހެޅިފައިވާ އިސްލާހުން މުވައްޒަފުން ނިކަމެތިވެގެން ދާނެކަމަށާއި ހައްގު ގެއްލުވާލުމުގައި މަގޭ އެމްޕީ ބައިވެރިވެގެން ނުވާނެކަމަށް ވެސް ލިޔެފައި ވެއެވެ.
މިއަދުގެ އިހުތިޖާޖުގައި އެމްޑީޕީގެ ރިޔާސީ ވައުދެއް ކަމުގައިވާ މިނިމަމް ވޭޖް އަވަސްކޮށް ދިނުމަށް އެދި ވެސް ގޮވާލާފައި ވެއެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމުގެ މަރުހަލާތައް ކުރިޔަށްގޮސް ޕޭ ކޮމިޝަނުން ވަނީ އެކި ދާއިރާތަކުން ކަނޑައެޅިދާނެ މިނިމަމް ވޭޖެއްގެ އަދަދުތަކެއް ވެސް ރައްޔިތުންގެ މަޖުލީހާއި އައްމުނާ ހިއްސާ ކޮށްފައެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައި އެކި ދާއިރާތަކަަށް ތަފާތުވާ ގޮތަށް 4،000ރ-8،500ރ. އަށް ކަނޑައަޅަން ވަނީ ހުށަހަޅައިފަ އެވެ. އެންމެ ބޮޑު މިނިމަމް ވޭޖެއް ހިމެނެނީ ރިޒޯޓް މުވައްޒަފުނގެ ބޭންޑްގައެވެ.
ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ގައުމުގެ އިގުތިސާދު ވަރަށް ބޮޑުތަން ދަށްވެފައި ވުމުން މިނިމަމްވޭޖް މިއަހަރުގެ ތެރޭގައި ކަނޑައެޅިގެން ދިއުމަކީ ނާދިރުކަމެއް ކަމުގައި ގަބޫލުކުރަން ޖެެހެއެވެ. އެއީ ސަރުކާރުގެ އާމްދަނީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިން އަދި ރިޒޯޓުތައް ވެސް އެއްކޮށް ބަންދުކުރެވިގެން މިދިޔަ ގިނަ ދުވަސްތަކާއި ހެދި ލިބިފައިވާ ގެއްލުންތައް ކުޑަކުރެވި ގައުމުގެ އިގުތިސާދު ހަމަޔަކަށް އެޅިގެ ނޫނީ މިނިމަމް ވޭޖެއް ކަނޑައެޅިޔަސް ދެވުމަކީ ދުރުކަމެކެވެ. ފިނޭންސް މިނިސްޓަރު ރައްޔިތުންގެ މަޖުލީހުގެ އިގުތިސާދީ ކޮމެޓީގައި ފުވައްމުލަކު އުތުރު ދާއިރާގެ މަމްބަރު ދޮންބެ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވެފައި ވަނީ މިހާރު އިގުތިސާދީ ޙާލަތު ހުރިގޮތުން 2022 ގެ ކުރިން މިނިމަމް ވޭޖެއް ކަނޑައެޅުން ރަނގަޅުނޫން ކަމަށެވެ.
“52 ވަނަ މާއްދާގެ (ސާވިސް ޗާޖު) ހ.4 އަށް ގެންނަ އިސްލާހަށް މިރަށު 3 މެމްބަރުން ވޯޓު ނުދީ” އިހުތިޖާޖުގެ އެއްބޯޑުގައި އޮތެވެ. ‘މިއީ ހައްގުތައް ގެއްލޭ ގޮތަށް ގާނުނު ބަދަލުކުރަން ޖެހެ ވަގުތެއް ނޫން” ކަމަށް އެހްނެ ބޯޑެއްގައި ވެއެވެ. “ސާވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް!” އެހެން ބޯޑެއްގައި ލިޔެފައިވެއެވެ. 25 ވަނަ މާއްދާގެ 1ގެ 4އަށް ހުށަހަޅާފައިވާ އިސްލާހުން ލީވް، ސަލާމް، ގަޑިޖެހުން ފަދަ ކަންކަމުން ސާވިސް ޗާޖު އުނިކުރެވޭގޮތަށް މާނަ ދޭހަވާ ކަމަށާއި އެމާއްދާއަށް މިރަށު 3 މެމްބަރުން ވޯޓު ނުދިމަށް ވެސް ބޯޑެއްގައި ވެއެވެ.
ރިޒޯޓުތަކުގައި ބިދޭސީންނައި ދިވެހި މުވައްޒަފުންގެ ނިސްބަތް މިހާރު އޮންނަ 45:55 ރޭޝިއޯގެ ބަދަލުގައި ދިވެހި މުވައްޒަފުންނަށް %60 އަށް ބަދަލުކުރުން ވަކާލާތު ކުރުމަށް ވެސް ގޮވާލާފައިވެއެވެ.
މަޖުލީހަށް ހުށަހެޅިފައިވާ މިބިލުގެ ބަހުސު ބައްޓަން ކުރުމުގެ ބޭނުމަގައި އެމްޕީ ހުސޭން އާއި އެމްޕި މުމްތާޒު އަދި އެމްޕީ ރަޝީދު ގުޅިގެން ވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އޮންލައިން ބައްދަލުވުމެއް މީގެ 2 ދުވަސް ކުރިން ބާއްވާފައި ވެއެވެ. އަދި އެބައްދަލުވުމުގައި އެކި ދާއިރާތަކުްނ އެކަށީގެންވާ މިންވަރަކަށް މީހުން ބައިވެރިވެ 2 ގަޑިއިރުގެ މަޝްވަރާ ކޮށްފައި ވެއެވެ. އަދި އެމަޝްވަރާއިން ލިބުނު މައުލޫމާތުގެ އަލީގައި ބަހުސުގައި ހުށަހަޅުއްވާނެ ކަންތައްތަކެއް ކަނޑައެޅިގެން ދަނެކަމަށް ވިދާލުވިއެވެ. އަދި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރަމަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
“ހުސޭން މުހައްމަދު އަފުންގެ ހައްގުތެކަހަ ކެރީންގެން ބަހަ ބެނައު، މުމްތަޒުއާއި ދޮންބެއަގެ އަސް ވާހަކަ” އެއްބޯޑެއްގައި ލިޔެފައި ވެއެވެ. މިގޮވަލުމާއި އެއްގޮތަށް މަސައްކަތް ކޮށްދެއްޥާނެކަމަުގެ ޔަގީންކަން މީގެ ދެ ދުވަސް ކުރިން ވެސް 3 މެމްބަރުން ވަނީ ދެއްވާފައެވެ.
ފުވައްމުލަކު 3 މެމްބަރުން ރައްޔިތުންނާއި ބައްދަލުކުރެއްވުން މިފަހަރު އޮންލައިންކޮށް
މަޖުލިހަސް ސަރުކާރުގެ ފަރާތުން މެމްބަރަކު ހުށަހަޅުއްވާ ބިލުގައި ހިމެނެ ހުރިހާ ކަމަކީ އެމެމްބަރެއްގެ ކިޔާޅާއި ފިކުރާއި ވިސްނުމެއް ނޫންކަން ގަބޫލުކުރަން ޖެހެއެވެ. އެއީ ސަރުކާރުން ބިލް ޑްރާފްޓް ކުރިއިރު ހުރި ވިސްނުމެވެ. ސަރުކާރުގެ ސްޕޮންސާޝިޕްގައި ބިލެއް ހުށަހަޅަން ލިބި އެފުރުސަތު ދޫކޮށްލާނީ މަޖުލީހުގެ ކޮން މެމްބަރެއް ބާއެވެ؟ އެމްޕީ ހުސޭން ހުށަހެޅުުއްވިޔަސް އެއީ އަދި އެމްޕީ ހުސޭންގެ މުޅި ވިސްނުންކަމުގައި ދެކުމަކީ އެންމެ ރަނަގަޅު ގޮތްކަމުގައި ނުވާނެއެވެ.
ޚިޔާލުތައް