ފުވައްމުލައް ސިޓީން ވޯޓާ ސްޕޯޓްސް އެންޑް ރިކްރިއެޝަން ޚިދުމަތް ދިނުމަށް އިއްޔެ ފަށައިފިއެވެ. އިއްޔެ ހަވީރު ފުވައްމުލަކު ތުނޑީގައި ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ފަށްޓަވާދެއްވީ ސިޓީގެ މޭޔާ ފަލާޙު ޝަރީފުއެވެ.
މި ރަސްމިއްޔާތަށް ތުނޑީ ސަރަހައްދުަގއި ހުރި ހަޓާއި ދިމާލުގައި ދިދަޖަހައި ޒީނަތްތެރިކުރެވިފައި ވެއެވެ. މިކަލް ނޫހަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ފުވައްމުލަކު ވޯޓާ ސްޕޯޓްސް އެންޑް ރެކްރިއޭޝން ގެ އިސްފަރާތަކީ މަދީހު މިސްކިތްމަގު ޖީޒާ އެވެ. އޭނާއަކީ ކޮކޫން ރިޒޯޓުގެ ވޯޓާ ސްޕޯޓްސް އާއި ޑައިވިން ސެންޓަރު ހިންގާފައިވާ ފަރާތެކެވެ.

ފުވައްމުލަކު ވޯޓާ ސްޕޯޓްސްއިން ޖެޓްސްކީގެ ޚިދުމަތް ކޮންމެ ހަފުތާ ބަންދަކު ތުނޑީން ލިބޭނެ. ފޮޓޯ:ފުވައްމުލަކު ވޯޓާ ސްޕޯޓަސް
އިއްޔެ މިހުޅުވުނު ފުވައްމުލަކު ވޯޓާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ގެ ފަރާތުން ފުވައްމުލަކުގައި ޖެޓްސްކީ އާއި ފްލައިބޯޑު، ކަޔަކު، ފަންޓިއުބު އަދި ޕެޑަލް ބޯޓުގެ ޚިދުމަށް ދިނުމަށް އެއްޗެހި ރަށަށް ގެނެސްފައި ވެއެވެ. މީގެ އިތުރުން ސްނޯކެލިން އާއި މަސްދަތުރުގެ އިތުރުން ޕޮޓޯގްރަފީގެ ސެޝަންތައް ވެސް ކުރިުޔަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވެއެވެ.

ފުވައްމުލަކު ވޯޓާ ސްޕޯޓްސްގެ ޚިދުމަތް ކޮންމެ ހަފުޓާ ބަންދަކު ތުނޑީން ލިބޭނެ. ފޮޓޯ:ފުވައްމުލަކު ވޯޓާ ސްޕޯޓަސް
މިޚިދުމަތްތަކުގެ މައުލޫމާތާއެކު ފުވައްމުލަކު ވޯޓާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފޭސްބުކް ޕޭޖުން ލިބެން އެބަހުއްޓެވެ. ކޮންމެ ހަފުތާ ބަންދަކު ފުވައްމުލަކު ތުނޑީ ސަރަހައްދުން މިޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވެއެވެ. ޚިދުމަތް ހޯއްދެވުމަށް ފެސްބުކް ޕޭޖް މެދުވެރިކޮށް ބުކިން ހެދޭނެކަމަށް ހާމަކޮށްފައި ވެއެވެ.
ފުވައްމުލަކު ވޯޓާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ގޮތުން އެމީހުންގެ ޚިތުމަތުގެ އަގުތައް:

ފުވައްމުލަކު ވޯޓާ ސްޕޯޓްސްގެ ޚިދުމަތުގެ އަގުތައް

ފުވައްމުލުކު ވޯޓާ ސްޕޯޓްސްގެ ޓީމު 19 ޖޫން 2020. ފޮޓޯ: ފުވައްމުލަކު ވޯޓާ ސްޕޯޓްސް
ޚިޔާލުތައް