ވަން-ފުވައްމުލައް: ސާފުކުރުމުގެ ހަރަކާތުގައި މެހުމާނުން ވެސް ބައިވެރިވި

ވަން-ފުވައްމުލައް. ފުވައްމުލައް އަތިރިމަތި ސާފުކުރުމުގެ ހަރަކާތް. 20 ޖޫން 2020
Share on facebook
Share on twitter
Share on google

ވަން-ފުވައްމުލައް އެންޖީއޯއިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގެ އަތިރިމަތި ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެން ގޮސްފިއެވެ. ސާފުކުރުމުގެ މިހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މި ޖޫން މަހު 20 ވީ ހޮނިހިރު ދުވަހު މެދުރުފަހު 2:00 އިން ފެށިގެން ހަވީރު 5:00 އަށެއެވެ. ސާފުކުރުމުގެ ހަރަކާތް ފެށިފައިވަނީ ފުވައްމުލަކު ތުނޑީ ސަތަހައްދުންނެވެ.

ސާފުކުރުމުގެ މިހަރަކާތުގައި، 25 އަށްވުރެ ގިނަ ފުވައްމުލަކު މިހުނާއި ބައެއް ފަތުރުވރިިން ބައިވެރިވެފައި ވެއެވެ. އެގޮތުން ފުވައްމުލަކުގައި ހައްޔަރުވެފައިވާ ޗައިނާގެ ފަތުރުވެރިއެއް ކަމަށްވާ އެމާ ވަންގް އާއި އޭނާގެ ބައިވެރިޔާ ޓޮމް ވެސް  މިހަރަކާތުގައި ބައިވެރިވެފައި ވެއެވެ. އެމާ އެނާގެ ފެސްބުގް ޕޭޖުގައި ހާމަކުރި ގޮތުގައި މިއީ އޭނާ އަލަށް ބައިވެރިވާ ބީޗް ސާފުކުރުމުގެ ހަރަތެކެެވެ. ސާފުކުރުން ފެށިއިރު 25 ހަކަށް ބައިވެރިންނާއި އެކު ކަމަށާއި އިތުރު މީހުން ސާފުކުރުމުގައި ބައިވެރިވެފައި ވާކަމަށެވެ.

ވަން-ފުވައްމުލައް. ފުވައްމުލައް އަތިރިމަތި ސަފުކުރުމުގެ ހަރަކާތް. 20 ޖޫން 2020

އެމާ ހާމަކުރި ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން އޭނާ ރާއްޖޭގައި ތާށިވެފައިވާ ތާ 4 މަސް ދުވަހަށްވުރެ ގިނަ ދުވސް ވެއްޖެއެވެ. އެކަމަކުވެސް އޭނާ ފުވައްމުލަކުގެ ކޮމިއުނިޓީ އާއިއެކު އުޅެމުން އަންނަނީ އުފަލާއި ހިތްހަމަޖެހިމާއި އެކުގައި ކަށެވެ. އޭނާ އެދިފައި ވަނީ އެއްފަހަރާ ބޭނުންކުރާ ޕްލާސްޓިކް ބޭނުން ނުކުރުމަށާއި، ކުނި ނޭޅުމަށާއި، ރާއްޖެ ކުނިން ސަލާމަތް ކުރުމަށާއި، އިންސާނުން އުފައްދާ ކުނިން ދުނިޔެ ރައްކާތެރި ކުރުމަށެވެ.

ވަން-ފުވައްމުލައް އިން ހާމަކޮފައިވާ ގޮތުގައި ފުވައްމުލަކަށް ޒިޔާރަތްކުރާ މެހުމާނުންނަށް ރަށުގެ ތިމާވެށީގެ ރީތިކަމާއި ނާޒުކުރުން ވަޒަންކުރެވެއެވެ. “އަހަރެމެން އަހަރަމެންގެ ބައި ފުރިހަމަކޮށް، ޒިންމާދާރުމާއެކު އުފައްދާ ކުނި އުކާލުމާއި ކަނޑައެޅިފައިވާ ގޮތްތައް ބޭނުންކުރޭ. ރިސައިކްލް- ރިޔޫޒް- ރެޑިއުޒް” ގެ ގޮތްތައް ބޭނުން ކުރުމަށް ވެއެވެ.

ވަން-ފުވައްމުލައް. ފުވައްމުލައް އަތިރިމަތި ސާފުކުރުމުގެ ހަރަކާތް. 20 ޖޫން 2020

ވަން-ފުވައްމުލައް އެސޯސިއޭޝަނަކީ ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދީގެން އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތް ކުރާ ފުވައްމުލަކުގެ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާއިން ފާއިތުވި އަހަރުވެސް ފުވައްމުލަކުގެ އެކި ތަންތަން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މިޖަމްއައިޔާ އުފައްދާފައި ވަނީ 2017 ވަނަ އަހަރު އޮގަސްޓް މަހުގައެވެ.

ވަން-ފުވައްމުލައް. ފުވައްމުލައް އަތިރިމަތި ސާފުކުރުމުގެ ހަރަކާތް. 20 ޖޫން 2020

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments