ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުގެ އުސޫލާއި ހިލާފުވެގެން ދެ މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ކަރަންޓީނު އުސޫލާ ޚިލާފަށް އެ ދެމީހުން ވަނީ ކަރަންޓީނު ކުރެވިފައިވާ ގެއިން ބޭރަށް ނިކުމެ އުޅެފައެވެ.
ބަންދު ކުރި ދެމީހުންގެ ތެރެއިން އެކަކުގެ ފުލުހުންގެ ބަންދުގެ 14 ދުވަހު ބެހެއްޓުމަށް މިހާރުވަނީ 14 ކޯޓުން ހުކުމް ކޮށްފައެވެ.
ފުވައްމުަލއް ސިޓީގައި 95 ގެއެއްގައި ހޯމްކަރަންޓީނަށް މީހުން އެބަތިއްބެވެ.
އެޗްޕީއޭގެ ކަނދައޅާފައިވާ ހޯމް ކަރަންޓީނު ވުމުގެ މުއްދަތަކީ މިހާރު 14 ދުވަހެވެ. އެ ސާދަ ދުވަހު ހުންނަން ޖެހޭނީ އެމީހަކު ކަރަންޓީނު ކުރެވިފައިވާ އެއްބަސްވުމާއި އެއްގޮތަސް އެގެއެއގައެވެ. އެގެއިްނ ބޭރަސ ްނިކުމެ އުޅުމަކީ މަނާ ކަމަކެވެ. އަދި އެގެއަކަށް އެހެން މީހުން ދިއުމާކީ ވެސް މަނާކަމަކެވެ. ނަމަވެސް ހޯސް ކަރަންޓީނު ކުރެވިފައިވާ ފަރާތުގެ އިތުރުން އެގެއެއްގައި ވަކިން އުޅޭ މީހުން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމަކީ ހުއްދަ ކަމެކެވެ.
ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ވެފައިވާ މީހުން އެމީހަކު ކަރަންޓީނުގެ މުއްދަތުގައި އެތަނަކުން ނުނިކުތުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ތަކުރާކުކޮށް އެދިފައި ވެއެވެ. ހޯމް ކަރަންޓީނުކުރެވޭ އެންމެން ވެސް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭގެ އުސޫލާއި އަދި އެމީހުން އެއްބަސްވެފައިވާ ގޮތަށް އަމަލްކޮށް، 14 ދުވަސް ހަމަވަންދެން ގެއިން ބޭރަށް ނުނިކުމެ ތިބެން ޖެހެއެވެ.

ހޯމް ކަރަންޓީނުގެ ނޯޓިސް ކޮންމެ ގެއަކުވެސް ހަރުކުރެވިފައި ހުންނަން ޖެހޭ.
ނަމަވެސް ބައެއް ފަރާތްތަކުން ހޯމް ކަރަންޓީނުގެ އުސޫލާއި ޚިލާފަށް އުޅޭ ކަމުގެ ވާހަކަތައް ރަށުތެރެގައި ދެކެވެއެވެ. ރަށުތެރޭގައި އެފަދަ ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެފަދަ ފަރާތްތަކުން ބޭރަސްނުކުމެ އުޅޭ ނަމަ ފޮޓޯނަގައި ހެއްކާއެކު ފުލުހުންނަށް ނުވަތަ ސިޓީ ކައުންސިލަށް އެންގުން މާ މުހިންމެވެ.
ފުވައްމުލައް ސިޓީގައި ހޯމްކަރަންޓީނަށް މީހުން ތިބޭ ގެތައް:
ދަޑިމަގު: (15)
ފްލެޓް: 04-01-01،
ފްލެޓް: 04-ޖީ-02،
ފްލެޓް: 04-ޖީ-04،
ފްލެޓް: 04-ޖީ-12،
ފްލެޓް: 02-01-13،
ފްލެޓް: 03-01-07،
ސައިކަސް،
މަންފާ،
ވަށަނިއެގެ
ފަތަހަ،
ބަތަގެދަރު،
ނަޝޭމަން،
އަހިވަލިގެ،
މުރާދަ،
ސޫރަޖު.
ދިގުވާނޑު: (15)
ސޯސަން،
ފްލެޓް 01-01-21،
ފްލެޓް: 03-01-23،
ފްލެޓް: 04-01-22،
ފްލެޓް: 04-ޖީ-18،
ފްލެޓް: 02-ޖީ-17،
މާޒީ،
ޑެެލްފި،
ވައްޓަރު،
ވޭރެގަމިގެ
އައިރީ،
ސިންދު،
ނީސްވިލާ،
މަމްޝާޒު،
ކައިރުގެ،
ހޯދަޑު: (15)
ދޫލަ،
ރޯޒާ،
ޖޭމްމާގެ،
އަލްޓާ،
ނަސްފަރު،
ހާސިލް،
ބެލްޖިއަމްގެ،
ޖަބުރޯލުމާގެ،
ހާޓް،
ރަބާތު،
ސައިމާގެ،
ޒޯން،
ކެބެޖް،
ޒޫމް،
އިނަފް،
މާދަޑު: (8)
ފެވަރިޓްް ގެސްޓް ހައުސް،
ރިހިވިއު،
ނުރަހި،
ރޯޒްމީޑް
މަހީނާ،
ހުމަށި،
ނެލުމް،
ސައިނާ.
މިސްކިތްމަގު: (13)
ނިރުވެލި،
ވިޒިޓް،
ނިމާ،
ޝަޔަން،
އެރޯމާ،
އާގަރާގެ،
ކުދިމާގެ،
ވިކްޓާ،
ފެންލައިޓް،
ލިލީގެ،
އިލާ،
އީގަލް،
ހޭޒް.
ފުނާޑު: (13)
ވީލޮވް،
އުފާ،
ޝައިނާ،
ފްރެޝް،
މޯރީ،
ރުވޭޝް،
ނިކަ،
ފުނަމާ،
ރަންވަރަ،
އޮސްކާ،
ދަޑުމެދުގެ،
ބްލޫސްޓޯން،
ސަފާ.
މާލެގަން: (5)
އެލީޓް،
ބީޗް ވިއު،
އުރަހަ،
ރިޔާލަ،
ސައުސަން
ދޫނޑިގަން: (11)
ބްލޫމޫން
ސޯފިއާ،
ހެޕީރެސްޓް،
އަންދަލީބުގެ،
އެލާސް،
ނިއުވެލި،
ދުބުރިމާގެ،
ލަޝް،
އާސްމާނުގެ،
އަލަދަޑިގެ،
އޯކިޑް ހައުސް
ޚިޔާލުތައް