ފުވައްމުލަކު ހޮސްޕިޓަލުގައި އެކްސްރޭގެ ޚިދުމަތް މިރެއިން ފެށިގެން އަލުން ލިބެމުންދާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖާ އަހުމަދު ސައީދު ހާމަކުރައްވައިފިއެވެ. ޚިދުމަތް ދޭން އަލުން މިފެށުނީ، ހޮސްޕިޓަލަށް އަލަށް ގެނެވުނު ކޮމްޕިއުޓެޑް ރޭޑިއޯގްރަފީ (ސީ.އާރު) ސިސްޓަމް އިންސްޓޯލްކޮށް ޓެސްޓް ކުރުމަށްފަހު ގައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން އެކްސްރޭގެ ޚިދުމަތް މެދުކެނޑިގެން ދިއުމާއި ގުޅިގެން މިވީ ދުވަސްތަކުގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ. ގިނ ބަޔަކަށް އެނގިފައި އޮތީ އެކްސްރޭ މެޝިނުގެ ފިލްމު ހުސްވެގެން އެކްސްރޭގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ މެނޭޖަރު މިރޭ މިވަނީ އެކްސްރޭގެ ޚިދުމަތް މެދުކެޑުމަށް ދިމާވި ސަބަބު އާއްމުކޮށް ހާމަކުރައްވާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ޜޭޑިއޯގްރާފީ ރޫމް
ފުވައްމުލަކު ހޮސްޕިޓަލުގައި އެކްސްރޭ ނަގައި ދިނުމު ޚިދުމަތް މެދުކެނޑިފައި ވަނީ، އެކްސްރޭ ނެގުމަށްފަހު ސްކޭންކޮށް ޕްރިންޓް ކުރުމުގައި ބޭނުންކުރާ ކޮމްޕިއުޓެޑް ރޭޑިއޯގްރަފީ (ސީ.އާރު) ސިސްޓަމްގައި މައްސަލަޖެހި އެއްކޮށް ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ކަމަށް މެނޭޖަރު ވިދާޅުވެއެވެ. އެކްސްރޭ ސިސްޓަމްގައި މައްސަލަ ޖެހެމުން އަންނަތާ 3 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވެވާ ކަމަށާއި ނަމަވެސް ޚިދުމަތް މެދުކެނޑުނަ ނުދީ ގިނަ ދުވަސްތަކަކަށް ހިފެހެއްޓުނީ ފުވައްމުލަކު ހޮސްޕިޓަލްގެ މެއިންޓެނެންސް ޓެކްނީޝަނުންގެ މަސައްކަތުން ކަމަށް ވިދާޅުވެއެވެ. އެގޮތުން “މިވީ ދުވަސްތަކުގައި ހޮސްޕިޓަލްގެ މެއިންޓެނެންސް ޓެކްނީޝަނުން ވަރަށް ފަރުވާތެރިކަމާއެކު (އެކަންތައް) ބަލަހައްޓަމުން ގޮސްފައިވާތީ އެއްކޮށް ޚިދުމަތް މެދުކެނޑުނަ ނުދީ ހިފެހެއްޓުނީ” ކަމަށް އަހުމަދު ސައީދު ވިދާޅުވެފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސޜެގެ ޚިދުމަތް ކުރިޔަށް ގެންދިއުމަށް އާ ސީ.އާރު މެޝިނެއް ވަނީ ގެނެސްފައި
ހޮސްޕިޓަލުގެ އެކްސްރޭގެ ޚިދުމަތަށް ދިމާވި މި މައްސަލަ ހައްލުކުރުމުގެ ގޮތުން މި ސަރުކާރުން މުޅިން އައު ޑިޖިޓަލް އެކްސްރޭ ސިސްޓަމެއް ގެނެސް ޚިދުމަތް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގެ ތެރޭގައި، ޑިޖިޓަލް ސިސްޓަމް ރާއްޖެއިން ބޭރުން ނުގެނެވިގެން އުޅެނިކޮށް، ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު އެމަސައްކަތަށް ހުއްޓުމެއް އައީ ކަމަށް ވިދާޅުުވިއެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ސީ.އާރު ސިސްޓަމް އެއްކޮށް ހުއްޓުނީ ކޮވިޑ-19ގެ ފުރަބަންދުގެ ހާލަތުގައި ދިވެހިރާއްޖެ އޮތްވައި ކަމަށާއި، އެ ހާލަތުގައިވެސް އައު ސީ.އާރު ސިސްޓަމް ރާއްޖެ އެތެރެކޮށް މައްސަލަ ހައްލު ކުރުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަން މެނޭޖަރު ފާހަގަ ކުރެއްވިއެވެ. އެ ހުރިހާ ބޭފުޅުންނަށާއި ހޮސްޕިޓަލްގެ ޓީމައަށް މެނޭޖަރު ޝުކުރު އަދާކުރައްވައެވެ.
އެކްސްރޭގެ ޚިދުމަތް ޚިދުމަތް ރަނގަޅު ކުރުމަށް ރޭވިފައިވާ ޕްލޭން އަދިވެސް ކުރިޔަށް އެބައޮތް ކަމަށާއ،ި އެގޮތުން އެކްސްރޭގެ ޚިދުމަތް ޑިޖިޓަލް ކުރުން ދުރުނޫން ކުރިމަގެއްގައި އެބައޮތް ކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއެވެ.

ޑިޖިޓަލް ރޭޑިއޯގްރަފީ
ޚިޔާލުތައް