A wide advertisement which will be shown on all devices. (700 x 100)

ދުނިޔޭގެ ކިޑްނީގެ ދުވަސް ފުވައްމުލަކު ހޮސްޕިޓަލުން ފާހަގަ ކުރަނީ

ދުނިޔޭގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަ ކުރުން 2023- ފުވައްމުލަކު ހޮސްޕިޓަލް

މި އަހަރުގެ ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ހަރަކާތްތަކެއް ހިންގަން ތައްޔާރުވެއްޖެއެވެ.

ކިޑްނީ ދުވަސް ފާހަގަކުރުމުގެ ހަރާކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މާރިޗު މަހު 9 ވަނަ ދުވަހު ހަވީރު 4؛30ގައި މާނޭރެ ސަރަހައްދުގައެވެ. މާނޭރެ ސަރހައދުގައި ކިޑްނީގެ ބައްޔާ ގުޅޭ މައުލޫމާތު ދިނުމާއި، ބަލި ޖެހުމަށް މެދުވޭރިވާ ސަބަބުތައް ބުނެދިނުމާއި، ކިޑްނީގެ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތައކުގެ މައުލޫމާތު ދިނުމާއި ދިރިއުޅުމުގެ އާދަތައް ބައްތަން ކުރަންވީ ގޮތް ކިޔާއިދޭނެއެވެ.

ދުނިޔޭގެ ކިޑްނީ ބަލީގެ ދުވަސް ފާހަގަ ކުރުން 2023- ފުވައްމުލަކު ހޮސްޕިޓަލް

މީގެ އިތުރން އެތަނުގައި ލޭގެ ޕްރެޝަރު ބަލައިދުނުމާއި ހެލްތު ޗެކަޕް ހަދައި ދިނުން ވެސް މުޅިން ހިލާ ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ކިޑްނީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތުގައި ބައިވެރިވެ ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ގޮވާލާފައެވެ.
ކިޑްނީގެ ބަލިތަކަކީ ގައިންގަޔަށް ނާރާ ބަލިތަކަކަށްވުމުން، ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެނަމަ ބަލިން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް ފަރުވާ ހޯދިގެންދާނެއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !