A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލަށް ދިވެހި ޑޮކުޓަރުން ހޯދަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ދިވެހި ޑޮކުޓަރުން ހޯދުމަށް އިއުލާންކޮށްފިއެވެ. ފުވައްމުލަކު ހޮސްޕިޓަލުން ދިވެހި ޑޮކުޓަރުން ހޯދުމަށް އިއްޔެ އިއުލާންކޮށްފައިވަނީ ހަތް ދާއިރާއަކުން އަށް ދިވެހި ޑޮކުޓަރުންނަށެވެ. އެއީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އަންހެނުންގެ ހާއްސަ ދެ ޑޮކްޓަރުންނާއި ރޭޑިއޮލޮޖިސްޓަކާއި ކަށީގެ ހާއްސަ ޑޮކްޓަރަކާއި އޮޕަރޭޝަން ޑޮކްޓަރަކާއި އާންމުބަލިތަކުގެ ޑޮކްޓަރަކާއި ހޭނައްތާ ޑޮކްޓަރަކަށެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

އާ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރުގައި، އެ ހޮސްޕިޓަލަށް 50 އެނދުގެ ޖާގަ އިތުރުކޮށް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

މި އަހަރު މާޗުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކުނު ދެ ސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންގެ ބަލިތަކަށް އެ ހޮސްޕިޓަލް ހާއްސަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !