A wide advertisement which will be shown on all devices. (700 x 100)

ނިރުވާނާ ބޯޓު ކަރަންޓީނު ނުކުރެވޭނެ ކަަމަށް ކޯޓުން ހުކުމް ކޮށްފި

ކަރަންޓީނުގައި އުޖާލާ ބޯޓް- މިއަދު ދޫކޮށްލައިފި

ފުވައްމުލައް ސިޓީއާއި މާލެއާއި ދެމެދު ދަތުރުކުރާ ނިރުވާނާ ބޯޓު ކަރަންޓީނު ނުކުރެވޭނެ ކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. މިޖޫން މަހު 17 ގައި ނިރުވާނާ ބޯޓު ފުވައްމުލައް ސިޓީއަށް އައުމުން ސިޓީ ކައުންސިލުން ވަނީ އެބޯޓު ކަރަންޓީނު ކޮށްފައެވެ.

ނިރުވާނާ ބޯޓުގައި ކަރަންޓީނު ނޯޓިސް ހިއްޕުމުން ބޯޓުގެ ފަރާތުން ބުނެފައިވަނީ އެގޮތަށް ނުކުރެވޭނެ ކަމަށެވެ. އެއީ އެޗްޕީއޭގެ އުސޫލާއި ޚިލާފަށް ކުރި ކަމެއް ކަމަށެވެ. އެގޮތަށް ބޯޓުގެ ފަރާތުން ބުނަނީ އެބޯޓު އެންމެ ފަހުން ކަރަންޓީނު ކުރީ، ކޮވިޑް-19 އާ ގުޅިގެން ރަށްރަށުގައި އެޅި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް އުވައިލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ފަހުން ކުރި ކަމެއްކަމަށް ވާތީ ކަމަށެވެ.

އެމައްސަލާގައި ބޯޓުިގެ ވެރިފަރާތުން ކޯޓުގައި ދައުވާ ކުރީ އެޗްޕީއޭގެ އުސޫލާއި ޚިލާފަށް ބޯޓު ކަރަންޓީނު ކުރުމަކީ ކައުންސިލަށް ލިބިގެންވާ ބާރެއް ނޫން ކަަމަށެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން ނިރުވާނާ ބޯޓު ކަރަންޓީނު ކުރި 3 ވަނަ ފަހަރެވެ.

ސިޓީ ކައުންސިލުން ނިރުވާނާ ބޯޓު ދެވަނަ ފަހަރަށް ‘މޮނިޓަރިން’ އަށް ގެނައުމަށް ނެރުނު ނޯޓިސް’

ފުވައްމުލަކަށް ދަތުރުކުރާ ބޯޓު ކަރަންޓީނު ކުރުމުން ،ކުރިން 17-18 ދުވަހުން ކުރާ ދަތުރުތައް މިހާރު ނިންމައިލެވެނީ މަހަކަށް ވުގެ ގިނަ ދުވަހުން ކަމަށް ބޯޓުގެ ވެރިފަރާތުން މީީޑއާއަށް ބުނެފައިވެއެވެ. ވުމާއެކު ބޮޓު ކަރަންޓީނު ކުރުމަކީ މާލީ ގޮތުން ވެސް ބޮޑު ގެއްލުމެއް ލިބޭ ކަމަށާއި، ރަށުގެ ބަނދަރުގައި ކަރަންޓީނުގެ ބަންދުވަފައި ތިބެން ޖެހުމުންވެސް ފަޅުވެރިންނަށް ނަފްސާނީ ގޮތުން ގެއްލުންވާ ކަމަށެވެ.

ބޯޓުގެ ވެރިފަރާތުން ކުރި ދައުވާގައި ބުނެފައިވަނީ، އެއީ ރަށަށް ކާބޯތަކެއްޗާއި މުދާ ހިފައިގެން ދަތުރުކުރާ ބޯޓަކަށް ވާތީ، އެގޮތަށް ދަތުރު ދިގު ދެމިގެންދިއުމަކީ ބޯޓުގެ ވެރިފަރާތުގެ އިތުރުން ރަށުގެ ރައްޔިތުންނަށް ވެސް ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށެވެ. ވުމާއެކު ފުލުހުން މެދުވެެރިކޮށް އެ ނޯޓިސް ނެގުމަަށް އަމުރުކޮށް ދެއްވުމަށެވެ.

މައްސަލައާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލުން ކޯޓުގައި ބުނެފައިވަނީ، ނިރުވާނާ ބޯޓު ކަރަންޓީނު ކުރީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކަމަށެވެ. ރަށްރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބާތިލް ކުރި ކަމަށް އެޗްޕީއޭ އިން އެންގި ނަމަވެސް، އެހެން އެންގުމެއްގައި، މާލެ ދަތުރުކުރާ އުޅަނދުތައް ކަރަންޓީނު ކުރުމުގެ ބާރު އެޗްޕީއޭ އިން ސިޓީ ކައުންސިލަށް ދީފައިވާ ކަމަށެވެ.

މި މައްސަލާގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 3 އަޑުއެހުމެއް ބޭއްވުމަށް ފަހު މައްސަލަ ނިންމީ ބޯޓުގެ ވެރިފަރާތުން ދައުވާގައި އެދިފައިވާ ގޮތަށް ފުލުހުން މެދުވެރިކޮށް ކަރަންޓިނުގެ ނޯޓިސް ނެގުމަށް ސިޓީ ކައުންސިލުގެ މައްޗަށް ހުކުމް ކުރަމުންނެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ހުކުމާއި ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވާ ގޮތުގައި މާލެއިން ހުއްދަ ހޯދައިގެން ރަށަށް ދާ އުޅަނދުތައް ކަރަންޓީނު ނުކުރާނެ ކަމަށް ކައުންސިލުން ބުނެފައިވާއިރު، “ނިރުވާނާ” ބޯޓު ރަށަށް ދިޔައީ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަތައް ނަގައިގެން ކަން އެނގެން އޮންނަ ކަމަށެވެ. މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެއްވެސް ރަށަކަށް އަރާ ފޭބުމުން މަނާ ކުރުމުގެ ހުއްދަ، ގާނޫނީ ގޮތުން ބާރު ލިބިފައިވާ ފަރާތްތަކުން ނުދެނީސް ކައުންސިލްތަކަށް އެކަން މަނާ ނުކުރެވޭނެ ކަމަށް ފުވައްމުލަކު ކޯޓުން ބުނެފައި ވެއެވެ.

މާލެއިން ފުވައްމުލަކަށް މުދާއުފުލުމަށް ދަތުރުކުރާ ބައެއް ބޯޓުތައް ފުވައްމުލައް ސިޓީ ކައުންސިލުން ކަރަންޓީނު ނުކޮސް ފުވައްމުލަކުގެ ބޯޓުތައ ކަރަންޓީނުކަރާ ކަމުގެ ޝަކުވާވެސް ބޯޓު ކެޕްޓަނުން ކުރެއެވެ. އެގޮތުން އެސްޓީއޯ މުދާ ހިފައިގެން މާލެއަިން އައި ބޯޓުން މީހުން ފުވައްމުލަށް އަރާފައިބާ ހެދިއިރު، އެބޯޓު ކަރަންޓީނު ނުކުރާކަމަށް ބޯޓުގެ ފޮޓޯއާއެކު ފުވައްމުލަކު ބޯޓު ކެޕްޓަނަކު ފޭސްބުކުގައި ލިޔެފައި ވެއެވެ.

މުދާއުފުލާ ބޯޓުތައް ސިޓީ ކައުންސިލުން ކަރަންޓީނު ކުރާތީ ބޯޓުތަކުގެ މީހުން އެކުވެގެން މީގެ ކުރިން ވަނީ އެކަމާއި ދެކޮޅަށް ބަޔާނެއް ވެސް ނެރެފައެވެ. އަދި ދަތުރުތައ ހުއްޓާލަން ޖެހިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

އެފްވިއެމް ކާގޯ ވެސެލް އެސޯސިއޭޝަނުގެ ނޫސް ބަޔާނުގެ ބައެއް. 29 މެއި 2020

މުދާ އުފުލާ ބޯޓުތަކުގެ ދަތުރުތައް ހުއްޓާލަން ޖެހިދާނެ – އެފްވީއެމް ކާގޯ ވެސެލް އެސޯސިއޭޝަން

އެފްވީއެމް ކާގޯވެސެލް އެސޯސިއޭޗަނުގެ ނޫނސް ބަޔާން 1/2 2/2

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !