A wide advertisement which will be shown on all devices. (700 x 100)

ވިޑިއޯ ކޮންފަރެންސް ސިސްޓަމެއް ފުވައްމުލައް ހޮސްޕިޓަލަށް ޤައިސަރު ހަދިޔާކޮށްފި

ފުވައްމުލަކު ހޮސްޕިޓަލުގައި ބޭސްފަރުވާގެ ޚިދުމަތް ދިނުމަށާއި ބަލިމީހާއަށް އެހެން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ހޯދައިދީ، އަދި ކޮންމެހެން ދަތުރެއްކޮށްފައިސްޕެޝަލިސްޓް ޑޮކްޓަރެއްގެ ގާތަށް ދާންޖެހޭ ޖެހުން މަދު ކުރެވޭނެގޮތް ހޯދުމަށް، އެކަމަށް ބޭނުންވާ މުހިއްމު ވަޞީލަތެއް  ޤައިސަރު ނަސީމް ފުވައްމުލަކުހޮސްޕިޓަލަށް ހަދިޔާ ކުރައްވައިފި ކަމަށް ފުވައްމުލައް ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

ޤައިސަރު ނަސީމް ހަދިޔާ ކުރެއްވި ވީޑިއޯ ކޮންފަރެންސް ސިސްޓަމް މިހާރުވަނީ ހޮސްޕިޓަލުގެ އޯޕީޑީއެއްގައި ބަހައްޓާ ބޭނުން ކުރުމަށް ތައްޔާރު ކުރެވިފައެވެ. އަދި މި ޚިދުމަތް ރަސްމީކޮށް ފަށައިގަތުމަށް ހުޅުމާލޭ ހޮސްޕިޓަލާއެކު ދަނީ މަޝްވަރާ ކުރެވި ރޭވުންތައް ރޭވެމުންނެވެފުވައްމުލައް ހޮސްޕިޓަލުންހާމަކުރައްވައެވެ.

އަދި މި ސިސްޓަމްގެ ބޭނުންކޮށްގެން އެހެން ބޮޑެތި ހޮސްޕިޓަލްތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ޑޮކްޓަރުން ގުޅިގެންބަލިތަކަށް ފަރުވާ ދިނުމުގައި މަސައްކަތްކުރެވޭނެ ގޮތްތައް ކުރިމަގުގައި ރޭވެމުން ދާނެކަމަށާއި. އަދި، ކެންސަރު ބަލިފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯއްދަވާބޭފުޅުންނަށް ރަށުގައި ތިއްބަވައިގެން އެ ބޭފުޅުން ފަރުވާ ހޯއްދަވާ ޑޮކްޓަރުންނާއި ބައްދަލުވުމަށް މަގުފަހިވާ ވަޞީލަތަކަށް ހެދުމަށް ފުވައްމުލައް ހޮސްޕިޓަލުންމަސައްކަތް ކުރަމުން ގެންދާކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !