A wide advertisement which will be shown on all devices. (700 x 100)

އިއްޔެގެ ވިއްސާރައިގައި ފުވައްމުލަކުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ފުވައްމުލައް ސިޓީ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކަނީ. ފޮޓޯ: އަލީ ދީދީ

މިހާރު މުޅިރާއްޖެއަށް ކުރަމުން އަންނަ ގަދަ ވިއްސާރައިގައި އިއްޔެ، 19 ޖުލައި 2020 އާދިއްތަ ދުވަހު ފުވައްމުލައް ސިޓީގެ ގިނަ ގެތަކަކަށް ބޮޑެތި ގެއްލުން ތަކެއްވެފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވަރޭވެހިފައި ވަނީ ފުވައްމުލައް ސިޓީއަށެވެ. އެއީ ޖުމްލަ 132 މިލިލީޓާރުގެ ވާރޭ ކަމަށް ހާމަކޮށްފައި ވެއެވެ.

ގަދަ ވިއްސާރައާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިއްޔެއިން ފެށިގެން މިއަދު ހެނދުނާއި ހަމަޔަށް 38 ގެއަކަށް ފެންވަދެގެން ސިޓީ ކައުންސިލަށް ރިޕޯޓްކޮށްފައިވެއެވެ. ގޭގެއަށް ފެންވަނުން ހުއްޓުވުމައްޓަކައި ވެލި ބަސްތާ ޖެހުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަމުން ގޮސްފައި ވެއެވެ.

ރޭ ފުވައްމުލަކު ދިގުވާނޑު އަވަށުގެ ގެއަކަށް ފެންވަދެގެން އުޅޭ މަންޒަރެއް

ރަށުތެރޭގައި ފެންބޮޑުވެ ބައެއް ގޭގެއަށް ވެސް ފެން ވަނުމުގެ ސަބަބުން މުދާތަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މިކަލް ނޫހަށްވެސް މައުލޫމާތު ލިބިފައި އެވެ.

ރަށުގެތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް ކުރުމަށްޓަކައި ރެއިން ފެށިގެން ރަށުގައި، ހަދާފައިވާ ހަދާފައިވާ ކާނުތައް ވަނީ ހުޅުވާފައެވެ. އަދި ކާނުތަކުން ފެން ހިނދެމުންދާ ގޮތް ފުވައްމުލައް ސިޓީ ކައުންސިލުގެ މުވައްޒަފުން އަންނަނީ މޮނީޓާ ކުރަމުންނެވެ. ކާނުތަކުގެ އިތުރުން ފެން ހިންދުމައްޓަކައި ސިޓީ ކައުންސިލުން 5 ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް މައުލޫމާތުލިބެއެވެ.

ފުވައްމުލައް ސިޓީ މަގުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކަނީ. ފޮޓޯ: ފސކ

ފުވައްމުލައް ސިޓީގައި ބޮޑުވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ލުއިކުރުމުގެ ގޮތުން އިތުރު، ބޮޑުު 4 ޕަމްޕު ހޯދައި ބެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަކަމަށް ހާމަކޮށްފައި ވެއެވެ.

ފުވައްމުލަކަކީ ރަށް ވަށައިގެން އުސްވެފައި މެދަށް އަޑިކޮށް އޮންނަ ރަށަކަށް ވުމުން ރަށަށް ވެހޭހާ ފެނެއް ޖަމާވަނީ ރަށުގެ މެދު ހިސާބުތަކަށެވެ. ނަތީޖާއެއްގެ ގޮތުން މެދު ހިސާބުތަކުގެ ގެތަކުގައި ފެންބޮޑުވެ އުނދަގޫވުމަކީ ވަރަށް އާއްމުކަމެކެވެ. ރަށުގައި ގިން މީހުން ދިރިއުޅޭނީ ރަށުގެ މެދު ހިސާބުތަކުގައެވެ.

ކޮންމެ އަހަރަކުވެސް ޖެނުއަރީ ހިސާބުގައި އާއި ޖުލައި މަހަށް ފަހުގައި ފުވައްމުލައް ސިޓީގައި ފެންބޮޑުވެފައިވާ ކަމަށް ކުރީގެ ރެކޯޑުތަކުން އެނގެއެވެ. އެގޮތުން 2019 ވަނަ އަހަރު ޖެނުއަރީ މަހާއި އޮކްޓޯބަރު، އަދި ސެޕްޓެމްބަރު މަހު، 2017 ވަނަ އަހަރު ސެޕްޓެމްބަރު މަހު، 2015 ވަނަ އަހަރު އޮގަސްޓް މަހު، 2016 ވަނަ އަހަރު ފެބްރުއަރީ މަހު، ފުވައްމުލަކުގެ މޫސުން ގޯސްވެ ފެންބޮޑުވެގެން، ޕަމްޕު ޖަހައިގެން ހިއްކާފައި ވެއެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ސިޓީ ކައުންސިލުގެ އެދިފައި ވެއެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ރިޕޯޓް ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ ހޮޓްލައިން 7315001 އަށް ގުޅުއްވުން އެދިފައި ވެއެވެ.

ފުވައްމުލައް ސިޓ ި ރަށުތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ޕަމްޕް ބޭނުންކޮށްގެން ރަށުން ބޭރުކުރަނީ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !