A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފި

ނިމުނު 24 ގައިޑިއުރ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފުވައްމުލައް ސިޓީއަށް.

ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވުމުގެ ސަބަބުން ޟުސުމާބޭހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. މިއެލާޓް ނެރެފައިވަނީ މިއަދު (11 ސެޕްޓެމްބަރު 2022) މެންދުރު 12:30 އިން ފެށިގެން މިއަދު ހަވީރު 4:30 އަށެވެ. މި އެލާތް ނެރެފައިވަނީ ދެކުނުން ލ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ދެމެދުއެވެ.

މި ރީނދޫ ސަމާލު (ޔެލޯ އެލާޓް) އާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވެސް ވަނީ މިކަން ރައްޔިތުން ސަމާލުކަމަށް ގެނެސްފައެވެ. މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި އެލާޓްގެ ވަގުތުގައި ބޯކޮށް ވާރޭ ވެހި 45 މޭލު ބާރުމިނުގައި ވައި ޖެހޭނެއެވެ.

އިއްޔެގެ، 10 އޮކްޓޯބަރު ހެނދުނު 8:00 އިން މިއަދު 11 އޮކްޓޯބަރުގެ 8:00 އަށް މުޅި ރާއްޖެއިން ވެސް އެންމެ ގިނއަިން ވާރޭ ވެހިފައިވަނީ ފުވައްމުލައް ސިޓީއަށް ކަމަށް މެޓް އޮފީހުން ހާމަކުރި ތަފާސްހިސާބުން ދައްކައެވެ. އެގޮތުން ފުވައްމުލައް ސިޓީ އަށް 55.5 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގދ.ތިނަދޫ (49.8މމ) އާއި ހުޅުލެ (37.2މމ) އަދި ސ. ގަމަށެވެ. ސ. ގަމަށ ްވެހިަފައިވަނީ 34.1 މިލިމީޓަރުގެ ވާރޭއެވެ.

މޫސުމީ ޔެލޯ އެލާޓް 11 އޮކްޓޯބަރު 2022

އެގޮތުން ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައް ސިޓީ ސަރަހައްދުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އެންމެހައި ރައްޔިތުން މިކަމަށް ސަމާލުވެ ތިއްބެވުމަށް އިލްތިމާސް ކުރާކަމަށް ވެއެވެ.

ސިޓީ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުން ފަދަ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ފުވައްމުލައް ފަޔަރ ސްޓޭޝަން ނަންބަރު 6869118 ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަން 6865013 އަށް ރިޕޯޓް ކުރެއްވުމަށް އެދިފައިވެއެވެ. އަދި ކުއްލި ހާލަތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އެމަޖެންސީ ހޮޓްލައިން ނަންބަރު 7315001 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ވެސް އެދިފައި ވެއެވެ.

ފާއިތުވި 20 އަހަރު ރާއްޖެއަށް ވާރޭވެހިފައިވާ ގޮތް. ޗާޓް: ޑރ.ފަވާޒު

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ދުވަސްވަރަކީ ރާއްޖއަސް އެނެމް ގިނައިން ވާރޭވެހޭ ދުވަސްވަރެއެވެ. އާދެ ފާއިތުވި 20 އަހަރުގެ ތަފާސް ހިސާބުތަކުން ވެސް އެނެގެ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އޮކްޓޯބަރު މަހުގައެވެ،
ރެއާއި މިއަދު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލައް ސިޓީގެ ގިނަ މަގުތަކެއްގައި ވަނީ ފެންގަޑު ބޮޑުވެފައެވެ. ވަކިން ޚާއްސަކޮށް އަލަށް ތާރުއަޅާއި ހަދާފައިވާ އެތެރޭގެ މަގުތަކުގައި ފެން ދައުރުވާލެ ގޮތެއް ނެތުމުން ފެންގަޑު ފަސޭހައި ބޮޑުވަމުންދާ ކަމަށް ރަށުގެ މެދުހިސާބުގައި ދިރިއޫޅޭ މީހަކު މައުލޫމާތު ދދީފައި ވެއެވެ.

ފުވައްމުލަކު މަގުތަކުގައި ފެންބޯޑުވެފައި – ފޮޓޯ؛: ހަސަން އަބްދުﷲ

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !