A wide advertisement which will be shown on all devices. (700 x 100)

މޫސުމީ ހުދު ސަމާލު ރައްޖޭގެ ބޮޑުބަޔަކަށް ނެރެފި

މޫސުމީ ހުދު ސަމާލު މިރޭ8:00 އާއި ހަމަޔަށް1

މިއަދު ހެނދުނުއްސުރެން ފުވައްމުލައް ސިޓީ ހިމެނޭހެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ. މިއަދު ހުދު ސަމާލު ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އައްޑު އަތޮޅުގެ ނިޔަލަށެވެ.

އެގޮތުން މިއަދު 1 ނޮވެމްބަރު 2021 ދުވަހުގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް އަދި މިރޭ 20:00 އާއި ހަމޔަށް މުސުމުމާ ބެހޭ އިދާރާއިން ވަނީ ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ.

މޫސުން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެއެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ދެކުނުގެ މޫސުމާއި ދިޔަވަރު -ސ.ގަން

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި އަދި ވިލާގަނޑުގައި އިތުރަސް ގަދވާނެއެވެ. ރާޅުގެ އުސްމިން 3 – 6 ފޫޓު އަށް އާރާނެކަމަށް ލަފާކޮށްފައި ވެއެވެ.

ވުމާއެކު ހުރިހާ ފަރާތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ބޮޑަށް ސަމާލުވުމަށް ބާރު އެޅުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރުމާއި ގުޅޭ ގަވާއިދަށް ވަނީ ބަދަލުތަކެއް ގެނެސް ހަރުކަށިކޮށްފައެވެ. އެގޮތުން  މޫސުމީ ރީދޫ ސަމާލު ނެރެފައިވާ ހާލަތްތަކުގައި 9 މީޓާރަށްވުރެ ކުރު އުޅަނދު ދުައްވުން މަނާ ކުރުމާއި އެހެން އުލަނދުތަކުްނ ވެސ ްދުއްވާއިރު ލަިފް ޖެކެޓް އެޅުމަށާއި އެކމާއި ގުޅޭ އިރުޝާދު ފެސެންޖަރުންނަށް ދިނުމަށް މަޖުބޫރުކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !