A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހިމެނޭ ދެކުނުގެ 5 އަތޮޅަށް މޫސުމީ ހުދު ސަމާލަށް ފަހު ރީނދޫ ސަމާލު ނެރެފި

މޫސުމީ ރީނދޫ ސަމާލު ނެ

ފުވައްމުލައް ސިޓީ ހިމެނޭ ދެކުނުގެ 5 އަތޮޅަށް މޫސުމާބެހޭ އިދާރައިން މިއަދު މެންދުރު ފަހާއި މިރެއަށް މޫސުމީ ރީނދޫ ސަމާލު ނެރެފިއެވެ. މިއަދު، (22 ސެޕްޓެމްބަރު 2021 ވަނަ ދުވަހުގެ) މެންދުރުފަހު 2:30 އިން ރޭގަނޑު 6:45 އަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

އެނެމް ފުރަތަމަ މިއަދު މެންދުރުފަހު ނެރުނީ ހުދު ސަމާލެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން ވަނީ ރީނދޫ ސަމާލަށް ބަދަލުކޮށްފައެވެ.

މޫސުމާ ބެހޭ އިދާރާއި ހާމަކުރާ ގޮތުގައި މިސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ފާއިތުވި 20 އަހަރު ރާއްޖެއަށް ވާރޭވެހިފައިވާ ގޮތް. ޗާޓް: ޑރ.ފަވާޒު

ވައި: ވައި ޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ކަނޑު: މިސަރަހައްދުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވުމާއެކު ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވެއެވެ. ކަނޑުގެ ރާޅުތައް 3-6 ފޫޓަށް އުސްވާނެއެވެ.

ސަމާލު: ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވެއެވެ. ވުމާއެކު ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެދިފައި ވެއެވެ.

މިއަދު މޫސުން ގޯސްކޮށް ދެއްކި ނަމަވެސް ކުރިޔަށް އޮތް 24 ގަޑިއިރު މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެއެވެ.

 މުސުން ކުރިޔަށް ލަފާކުރާ ގޮތް – އައްޑޫ ގަން.

މޫސުމީ ރީނދޫ ސަމާލާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ރައްޔިތުން ސަމާލުވެ ތިބުމަށް އެދިފައެވެ. އަދި މިވަގުތު ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ ރަށުގައި ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕްތައް ތައްޔާރީ ހާލަތަށް ގެނެވިފައިވާ ކަމަށް ޑިރެކްޓަރު އަހުމަދު މުހައްމަދު (މީނާޒު) ވީޑިއޯ މެސެޖަކުން ވަނީ ހާމަކުރައްވާފައެވެ. މި ވިއްސާރައާި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ 7315001 އަށް ގުޅައިގެން ކުރިޔަށް ގެންދިއުމަށް އެދިފައި ވެއެވެ. މިވަގުތުވެސް ފުވައްމުލައް ސިޓީ އަށް ވާރޭ ވެހެމުން ދާކަމަށް މިނާޒު ހާމަކުރެއްވިއެވެ.

ފުވައްމުލަކު ބަނދަރު ސަރަހައްދަށް މިއަދު ހަވީރު ވާރޭވެހެނީ: ފޮޓޯ ވީޑިއޯ ކެޕްޗަރިން- ޒަމާން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !