A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި

ފުވައްމުލަކު އެތެރޭގެ މަގު ހެދުން. ފޮޓޯ؛ މުހައްމަދު ޝަހީދު 21 ޖުލައި 2020

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަސައްކަތްތައް މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ. މިއަދު މަސައްކަތް ކޮށްފައި ވަނީ ފިނިވާމަގާއި އޯކިޑުމަގުގައެވެ.

މި މަޝްރޫއޫގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ފާއިތުވި 2019 ވަނަ އަހަރު ޖުލައި މަހު 4 ވަނަ ދުވަުހުއެވެ. މި މަޝްރޫއޫގެ ދަށުން ފުވައްމުލަކުގެ އެތެރޭގެ 31 މަގެއް ހެދުމަށް ހަމަޖެހިފައި ވެއެވެ. 15932 މީޓަރު  ނުވަތަ 15.932 ކިލޯމީޓަރު ކަމަށް އެމްޓީސީސީއިން ހާމަކޮށްފައި ވެއެވެ. އެތެރޭ މަގުތައް ހެދުމުގެ މިމަޝްރޫޢުގެ ދަށުން 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމަށް ހަމަޖެހިފައި ވެއެވެ.

ފުވައްމުލަކު އެތެރޭގެ މަގު ހެދުން. 21 ޖުލައި 2020

މީގެ އިތުރުން ދުވާރު ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމު މަސައްކަތް ކުރުން ހިމެނޭކަމަށް ކޮންތްރެކްތަރ އެމްޓީސީސީއިން ހާމަކުރެއެވެ.

މިމަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ މެޝިނަރީއާއި ސާމާނު ދެވަނަ ފަހަރާ ރަށަށް ގެނެސްފައި ވެއެވެ. ކުރިން މެޝިނަރީސް ގެނެސް ރަށުގެ ރިންގްރޯޑުން 2.7 ކިލޯމީޓާރު ގެ މސައްކަތް ނިންމުމައްފަހު ތަކެތި ވަނީ އައްޑޫ ސިޓީ ހުޅުމީދޫގެ އެތެރޭގެ މަގުތައް ހެދުމަށް ގެންގޮސްފައި ވެއެވެ. އަލުން އެތަކެތި މިގެނައީ އައްޑު ހުޅުމީދޫ އެތެރޭގެ މަގުތަކުގެ މަސައްކަތް ނިންމުމަށްފަހު އެވެ.

ފުވައްމުލަކު އެތެރޭގެ މަގު ހެދުން. 21 ޖުލައި 2020

ނަމަވެސް ފާއިތުވި 2019 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި ފުވައްމުލަކު ދެކުނުދާއިރާގެ އެމްޕީ މުމްތާޒު ވިދާޅުވެފައި ވަނީ  ފުވައްމުލަކު ރިންގުރޯޑުގެ އިތުރުން ރަށުތެރެއިން 20 ކިލޯމީޓަރުގެ މަގު ހަދާނެ ކަމަށެވެ.

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢު ގެ އަގަކީ 279.4 މިލިއަން ރުފިޔާއެއެވެ.

ފުވައްމުލައް ސިޓީ އެތެރޭގެ މުހިންމު ބައެއް މަގުތައް

ފުވައްމުލަކު ރިންގުރޯޑުގެ ތާރުގެ މަސައްކަތުގެ ދެވަނަ ފިޔަވަހި 15 އަހަރު ފަހުން ފެށިއްޖެ

ރިންގުރޯޑުގެ މަޝްރޫއު ރަސްމީކޮށް އިފުތިތާހު ކުރުން އަންނަ ބުދަ ދުވަހު

ރިންގުރޯޑުގެ އިތުރުން ރަށުތެރެއިން 20 ކިލޯމީޓަރުގެ މަގު ހަދަނީ

ފުވައްމުލައް ސިޓީގެ މަގުހެދުމާއި ގުޅޭ ގޮތުން ބާއްވާ މަޝްވަރާ އިތުރު ބައްދަލުވުމެއް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !