A wide advertisement which will be shown on all devices. (700 x 100)

ބަހާރުމަގުން މާލެގަމު ސަރަހައްދުން އދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ސިޓީ ކައުންސިލުން އަންގަިއފި

ބަހާރު މަގުގައި ސޮޓޯމް ވޯޓާ ހޮޅި ވަލުލުން 1 ޖެނުއަރީ 2023

ފުވައްމުލައް ސިޓީ އެތެރޭގެ މަގުތައް ރަނގަލު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ތެރެއިން ބަހަރު މަގުގެ މާލެގަމު ސަރަހައްދުގައި ސްޓޯމް ވޯޓާ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުން އަންނަތީ މިއަދުން (1 ޖެނުއަރީ 2023އިން) ފެށިގެން އެސަރަހަދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އަންގައިފިއެވެ.

ބަހާރު މަގުގައި ސޮޓޯމް ވޯޓާ ހޮޅި ވަލުލުން 1 ޖެނުއަރީ 2023

ބަހާރު މަގުގައި ސްޓޯމް ވޯޓާ ހޮޅި ވަޅުލުމުގެ މަސަކްތް ކުރިޔަށްދަނީ ހުކުރު މިސްކިތުން ފެށިގެން ކަރަން އަލިކިލެގެ މަގާއި ދެމެދުގެ ސަރަހައްދުގައެވެ. ނަމަވެސް މަސައްކަތް ނިމެނެ ވަކި ދުވަހެއް، ވަގުތެއް ހާމަކޮށްފައެއް ނުވެއެވެ.

މަގުގެ މަސައްކަތުގެ ސަބަބުން އާއްމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަކަށް ސިޓީ ކައުންސިލުން މާފަށް އެދޭކަމަށް އެ ކައުންސިލުން މއިަދު ނެރުނު ދެންނެވުމުގި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !