A wide advertisement which will be shown on all devices. (700 x 100)

ހުޅުމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލުން

ގައިސަރު ނަސީމު ހަދިޔަކުރެއްވި ޓެލެ މެޑިސިންގެ އާލާތްތައް ފުވައްމުލަކު ހޮސްޕިޓަލުގައި ހަރުކުރެވިފައި

ހުޅުމާލޭ ހޮސްޕިޓަލުގެ ޚާއްޞަބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ފުވައްމުލކު ހޮސްޕިޓަލުން ދިނުމުގެ އިންތިޒާމުއް ހަމަޖައްސައި ދެފަރާތުން ތައްޔާރުވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ޙާމަކުރައްވައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ފުވައްމުކު ހޮސްޕިޓަލުން ދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިން ކޮންސަލްޓަޝަންގެ ގޮތުގައެވެ. އެގޮތުން ޚާއްޞަބަލިތަކުގެ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަނަށް ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް މިޙާރު ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

ހިތުގެބަލި،

ހަމުގެ ބަލިތައް،

އަންހެނުންގެ ޚާއްޞަ ބަލިތައް،

ކުޑަކުދިންގެ ޚާއްޞަ ބަލިތައް،

ޖެނެރަލް ސާޖަރީ،

ކަށީގެ މައްސަލަތައް އަދި

ނަފުސާނީ މައްސަލަތައް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ޙާމަކުރައްވައެވެ.

ކަނދައެލިފައިވާ ދާއިރާތަކުން ހުޅުޟާލެ ހޮސްޕިޓަލުގެ ވަކި ޚައްސަ ޑޮކްޓަރަކަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް ވެސް ރަށުގައި ހުންނަވައިގެން ދެއްެވުމގެ ފުރުސަތު ވެސް ހޯދައި ދެވޭނެކަމަށް ވެއެވެ.

އޮންލައިން ކޮންސަލޓޭޝަންގެ މި ޚިދުމަތަށް ދުރާލާ ނަން ނޯޓް ކުރެއްވުމަށާއި ނަން ނޯޓް ކުރުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފޯނު ނަމްބަރު، 6860685 އަށް ގުޅުއްވައިގެން ނުވަތަވައިބާ ނަމްބަރު 7930075 މެސެޖު ކުރައްވައިގެން ވެސް އެޕޮއިންޓްމެންޓް ހަމަޖެހޭގޮތަށް ވަނީ ރޭވިފައެވެ. އެޕޮއިންޓްމެންޓް ހަމަޖެހުމުން، ދުވަހާއި ވަގުތު ފުވައްމުލަކު ހޮސްޕިޓަލުން އެމީހަކަށް އަންގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގައިސަރު ނަސީމު ހަދިޔަކުރެއްވި ޓެލެ މެޑިސިންގެ އާލާތްތައް ފުވައްމުލަކު ހޮސްޕިޓަލުގައި ހަރުކުރެވިފައި

ފުވައްމުލަކު ހޮސްޕިޓަލުގައި އޮންލައިން ކޮންސަލްޓޭޝަން ހެދުމަށް ބޭނުންވާ ވަޞީލަތް ގާއިމު ކޮށްދެއްވާފައި ވަނީ ފުވައްމުލަކުގެ އަމިއްލަ ފަރާތެއް ކަމަށްވާ ފުނާޑު، ނޫޑަލްހީ ޤައިސަރު ނަސީމްއެވެ. އޮންލައިން ކޮންސަލްޓޭޝަން ވަސީލަތުގެ ބޭނުންކޮށްގެން ފުވައްމުލަކު ހޮސްޕިޓަލުގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައެވެ. މިވަސީލަތްތައް ފުވައްމުލަކު ހޮސްޕިތަލުަގއި ގާއިމުކުރެވިފައިވަނީ މިޖުލައިމަހު 9 ގައެވެ.

ޚާއްސަ ޑޮކްޓަރުްނަގެ އޮންލައިން ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ހޮސްޕިޓަލުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !