A wide advertisement which will be shown on all devices. (700 x 100)

‘ހަލޫލް 5ކޭ – ފަންރަން’ ފެށެން 3 ދުވަސް! ތައްޔާރުވޭ!

ހަލޫލް 5ކޭ ފަންރަން ފެށެން 3 ދުވަސް!

‘ހަލޫލް 5ކޭ’ ފަން ރަން، ފެށެން 3 ދުވަހަށް ވެއްޖެއެވެ. މިދުވުުމުގައި ބައިވެރިވާ ފަރާތްތަކުން މިހާރު އަންނަނީ އެންމެ ފަހުގެ ޕްރެކްޓިސްތައް ކުރަމުންނެވެ. އަދި ދުވުން ފެށުމުގެ ރަސްމިއްޔާތަށް ފުވައްމުލަކު ސްޓޭޑިއަމް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އަންނަ އަޟުޙާ އީދު، (މި ޖުލައި މަހު 31) ވާ ހުރުކު ދުވަހު ހަވީރު 4:30 ގައި ފަށާ މިދުވުމަށް ގިނަބަޔަކު ވަނީ ރަޖިސްޓްރީވެފައެވެ. މި ދުވުމުގެ ދިގުމިނަކަށް ކަނޑައަޅާފައި ވަނީ 5 ކިލޯމީޓަރެވެ. ދުވުން ފެއްޓުމަށް އަދި ނިންމުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ސްޓޭޑިއަމުންނެވެ.

ހަލޫލް 5ކޭ ފަންރަން ފެށެން 3 ދުވަސް!

އެއްވެސް ފީއަކާއި ނުލައި އާއްމުކޮށް ހުޅުވާލައިގެން ބައިވެރިވެވޭ މި ދުވުން އިންތިޒާމު ކުރާ ފުވައްމުލަކު ރަނާސް ކްލަބުގެ ފަރާތުން ހާމަކުރައްވާ ގޮތުގައި، މިދުވުމުގެ ރަސްމީ ޓީޝާޓް ބޭނުންވާ ފަރާތްތަކަށ، ޓީޝާޓްް ގަންނަން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

މިދުވުން ބާއްވާ ދުވަސްވަރު، ފުވައްމުލަކަށް ބޭރު ރަށްރަށުން ފެރީ ދަތުރުތައް ވެސް ރޭވިފައި ވެއެވެ. އެގޮތުން ރަށަށް އަންނަ މެހުމާނުން ވެސް ރަށުގެ ގިނަބަޔަކާއެކު އެއްތަނަކުން ބައްދަލުވެލުމަށް  މިއިވެންޓްގައި ބައިވެރިވުން ރަނގަޅެވެ.

ހަލޫލް 5ކޭ ފަންރަން ފެށެން 3 ދުވަސް!

މި ދުވުމުގެ މެއިން ސްޕޮންސަރަކީ ރޯސް ލައިން އެވެ. އަދި މެޑިކަލް ޕާޓްނަރަކީ ހީލިން ޕޮއިންޓް އެވެ. މީޑިއާ ޕާޓްނަރަކީ މިކަލް ނޫހާއި އަފުން މީޑިއާއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމުކު ޕޮލިސް، އިސްފަޙާން، އައިޑިިއަލް ސްކޫލް، ފިސްޑާގެ އިތުރުން ފުޓްބޯލް އެކަޑެމީ އޮފް ފުވައްމުލައް (ފާފް) އަކީ ވެސް މިދުވުމުގެ ޕާޓްނަރުންނެވެ.

ހަލޫލް 5 ކޭ ފަންރަން ގެ ޕާޓްނަރުން

ހަލޫލް އަކީ ފުވައްމުލަކު ބަހުން ހަލުއިވުމެވެ. ބަރުހެލި ނުވަތަ ބުރަހެލި ނުވުމެވެ. މިއީ ކަސްރަތު ކުރުމަށް ބާރު އެޅުމުގެ ގޮތުން ފުވައްމުލަކުގައި ބާއްވާ ދިގު ދުވުމެކެވެ. މިދުވުމަށް ފުވައްމުލަކުގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އަންނަނީ ލިބެމުންނެވެ.

މި ދުވުމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް 7903532 އަށްގުޅުއްވުމަށް ފުވައްމުލަކު ރަނާސް ކްލަބުން އެދެއެވެ. ހަލޫލް 5ކޭ ގެ ކަންކަމުގައި ބޭނުންކުރާ އޮފީސް މިހާރު ވަނީ ހުޅުވާފައެވެ. އޮފީސް ހުންނާނީ ފުވައްމުލަކު ޣާޒީ މަގުގައި އިސްފަހާން ޓިކެޓިން އޮފީސް ކައިރީގައެވެ.

ހަލޫލް 5ކޭ ފަންރަން އޮފީސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !