A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ފަށައިފި

އަލަށް ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ބޭއްވި ސްޕެޝަލިސްޓް ޑޮކްޓަރެއްގެ އޮންލައިން ކޮންސަލްޓޭޝަން. ފޮތޯ؛ ފުވައްމުލަކު ހޮސްޕިޓަލް

އޮންލައިންކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކޮންސަލްޓޭޝަން ދިނުން ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ފަށައިފިއެވެ. މިއީ ފުވައްމުމުލަކު ހޮސްޕިޓަލުގައި މިގޮތަށް ޚިދުމަތް ދޭ ފުރަތަމަ ފަހަރެވެ. ވުމާއެކު މިއަދުގެ އޮންލައިން ކޮންސަލްޓޭޝަން ވެގެންގޮސްފައި ވަނީ އެހޮސްޕިޓަލުގެ ތާރީޚީ އައު ސަފުހާއެއްގެ ފެށުން ކަމަށެވެ.

މިއަދުގެ އޮންލައިން ކޮންސަލްޓޭޝަން ބޮޑަށް ޚާއްސަވެގެން ދިޔަ އަނެއް ސަބަބަކީ ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ފެށި މި ޚިދުމަތުގައި މިއަދު ކޮންސަލްޓޭޝަން ދެއްވާފައި ވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކަމުގައި ވާތީއެވެ. އެގޮތުން އެހޮސްޕިޓަލުގެ ކެންސަރ ޑިޕާޓްމަންޓްގެ ޚާއްޞަ ޑޮކްޓަރަކާއި އޮންލައިންކޮށް ބައްދަލުކުރެވި ފުވައްމުލައް ސިޓީގެ ބޭފުޅަކު ވަނީ ކޮންސަލްޓޭޝަން ހޯއްދަވާފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވާ ގޮތުގައި އޮންލައިންކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ކޮންސަލްޓޭޝަން ޚިދުމަތް ލިބެން ފެށުމުން، ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ޖީބަށް ލުއިވެ، ވަގުތު ސަލާމަތްވެގެން ދާނެއެވެ. އަދި މުޅި ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރި، ދަތުރުފަތުރަށް ބުރޫ އަރާފައިވާ ދުވަސްވަރެއްގައި ގިނަ ބަޔަކަށް މި ޚިދުމަތުން ލުއިފަސޭހަ ވެގެންދިއުމަކީ ހޮސްޕިޓަލުގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

މި ޚިދުމަތް އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު ފެށުނުކަމީ ފުވައްމުލަކު ހޮސްޕިޓަލުގެ ޓީމަށް ލިބޭ ފަޚުރެއް ކަމަށާއި، މި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރެވެމުން ދާނެކަމަށް  ވިދާޅުވެފައި ވެއެވެ.

މިއަދު ފުވައްމުލަކު ހޮސްޕިޓަލުން ބޭއްވި އޮންލައިން ކޮންސަލްޓޭޝަން.

މި ޚިދުމަތް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ފުވައމްުލަކު ހޮސްޕިޓަލަށް ހަދިޔާކޮށްފައި ވަނީ ފުވައްމުލަކު ނޫޑަލްހީ ގައިސަރު ނަސީމް ކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މިކަމުގައި ހުޅުމާލޭ ހޮސްޕިޓަލުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާކަން ވެސް ފުވައްމުލަކު ހޮސްޕިޓަލުން ފާހަނގަ ކުރައްވާފައި ވެއެވެ.

ފުވައްމުލަކުގެ ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ޚާއްޞަބަލިތަކުގެ ޑޮކްޓަރުން މެދުވެރިކޮށެވެ. އެގޮތުން ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ހުޅުވާލެވިފައިވާ ދާއިރާތަކަކީ:

ހިތުގެބަލި،

ހަމުގެ ބަލިތައް،

އަންހެނުންގެ ޚާއްޞަ ބަލިތައް،

ކުޑަކުދިންގެ ޚާއްޞަ ބަލިތައް،

ޖެނެރަލް ސާޖަރީ،

ކަށީގެ މައްސަލަތައް އަދި

ނަފުސާނީ މައްސަލަތައް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ޙާމަކުރައްވައެވެ.

ކަނޑައެޅިފައިވާ ދާއިރާތަކުން ހުޅުމާލެ ހޮސްޕިޓަލުގެ ވަކި ޚައްސަ ޑޮކްޓަރަކަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް ވެސް ރަށުގައި ހުންނަވައިގެން ދެއްެވުމގެ ފުރުސަތު ވެސް ހޯދައި ދެވޭނެކަމަށް ވެއެވެ.

އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތަށް ނަން ނޯޓް ކުރުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފޯނު ނަމްބަރު، 6860685 އަށް ގުޅުއްވައިގެން ނުވަތަ ވައިބާ ނަމްބަރު 7930075 އަށް މެސެޖު ކުރައްވައިގެން ވެސް އެޕޮއިންޓްމެންޓް ހެދޭނެ އިންތިޒާމު ވަނީ ރޭވިފައެވެ. އެޕޮއިންޓްމެންޓް ހަމަޖެހުމުން، ދުވަހާއި ވަގުތު ފުވައްމުލަކު ހޮސްޕިޓަލުން އެމީހަކަށް އަންގާނެއެވެ.

ގައިސަރު ނަސީމު ހަދިޔަކުރެއްވި ޓެލެ މެޑިސިންގެ އާލާތްތައް ފުވައްމުލަކު ހޮސްޕިޓަލުގައި ހަރުކުރެވިފައި

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !