ފުވައްމުލަކު ސިޓީއިން ކޮރޯނާ ރޯގާއަށް ޓެސްޓްކުރުމަށް މިދިޔަ ޖުލައި މަހު 267 ސާމްޕަލެއް ނަގާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފިއެވެ. މިދިޔަ މަހު ނެގުނު 267 ސާމްޕަލްގެ އިތުރުން މިހާތަނަށް ފުވައްމުލަކު ސިޓީއިން ނެގުނު އެއްވެސް ސާމްޕަލެއް ރާއްޖޭގައިވެސް ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ރޯގާއަށް ޕޮޒްޓިވްވެފައެއް ނުވެއެވެ. މިދިޔަ ޖުލައި މަހަކީ ކޮރޯނާ ރޯގާއަށް ޓެސްޓްކުރުމަށް އެންމެ ގިނަ ސާމްޕަލް ފުވައްމުލަކު ސިޓީއިން ނެގުނު މަހެއެވެ.
ޖުލައި މަސް ފިޔަވައި އެންމެ ގިނަ ސާމްޕަލް މިސިޓީއިން ނަގާފައިވަނީ މެއީ މަހުއެވެ. މެއީ މަހު 106 ސާމްޕަލް ނަގާފައިވާއިރު ޖޫން މަހު ނަގާފައިވަނީ 89 ސާމްޕަލެވެ. ކޮރޯނާ ރޯގާއަށް ފުވައްމުލަކު ސިޓީއިން ސާމްޕަލް ނަގަންފެށިފަހުން، މާރޗް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް 472 މީހުން ކޮރޯނާ ރޯގާއަށް ޓެސްޓް ކޮށްފައިވެއެވެ.
ރާއްޖޭގައި ކޮރޯނާ ރޯގާ ފެތުރެމުންދާ ނިސްބަތް އިތުރުވަމުންދާއިރު މާލެ ފިޔަވައި އެހެން ރަށްރަށުންވެސް ކޮރޯނާ ރޯގާއަށް މީހުން ޕޮޒްޓިވް ވަމުންދާން ފަށައިފިއެވެ. ނަމަވެސް ފުވައްމުލަކު ސިޓީއިން މިހާތަނަށް އެއްވެސް މީހަކު ޕްޒޮޓިވްވެފައެއްނުވެއެވެ.
+1
+1
ޚިޔާލުތައް