A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން ކޮވިޑަށް ވީ “ފޯލްސް ޕޮޒިޓިވް” އެއްކަމަށް ބެލެވޭ! ޓެސްޓް ރިޕީޓްކޮށް ނުދިން – ފިރިމީހާ

ފުވައްމުލައް ސިޓީ އިން ކޮވިޑް-19 ފުރަތަމަ ޕޮޒިޓިވް ކޭސް ޓެސްޓް ރިޕީޓްކޮށް ނުދިން

ފުވައްމުލަކު ސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ނިމިމުން އެކަމުގައި އެމީހާގެ އާއިލާއިން ގިނަ ޝައްކުތަކެއް އުފައްދައެވެ. އާއިލާއިން ގަބޫލުކުރާ ގޮތުގައި އޭނާއާއި އެކު އެއްގެއްގައި 18 ދުވަސް ވަންދެން އުޅުނު އެންމެން ވެސް ބައްޔަށް ނެގަޓިވް ވެފައި އޭނާ އެކަނި ޕޮޒިޓިވް ވިކަން އެންގުމުން އެކަން ގަބޫލުކުރަން ދަތިވާ ކަމަށެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި އެއާއިލާގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އެގޭގައި ކަރަންޓީނުގައި ހުރި އެކަކު، ޕޮޒިޓިވްވި މީހާއާއި އެއް އެނދެއްގައި 18 ދުވަސް ވަންދެން ނިދާފައިވާ ކަމަށާއި އެމީހާ ވެސް ބައްޔަށް ނެގަޓިވް ކަމަށެވެ. މީގެ އިތުރުން ޕޮލިމަރޭސްް ޗެއިން ރިއެކްޝަންކީ (ޕީސީއާރު) ޓެސްޓް ތަކަކީ ވެސް %100 ޔަގީންކަން ލިބޭ ޓެސްޓަކަށް ނުވާތީ އާއި ޓެސްޓް ހެދުމުގައި ރާއްޖެއިން މީގެކުރިން ވެސް ތަކުރާރުކޮށް ގޯސް ހެދިފައިވާކަން ޚުދު އެޗްޕީއޭއިން ވެސް އެއްބަސް ވެފައިވާ ކަމަށެވެ. ނުވަތަ “ފޯލްސް ޕޮޒިޓިވް” އަކީ ޓެސްޓިން މަރުހަލާގައި ދިމާވާ ކަމެއްކަން ގަބޫލުކުރާތީ އާއިލާއިން ދެވަނަ ޓެސްޓެއް ހެދުމަށް ތަކުރާރުކޮށް އެދެމުން އަންނަ ކަމަށެވެ.

ކޮރޯނާ ވައިރަސް އަށް ޓެސްޓެ ކުރެވެ ގޮތް – މިކަލް ނިއުސް

ޕޮޒިޓިވްވި ކޭސްގެ ފިރިމީހާ މިކަލް ނޫހަށް މައުލޫމަތު ދެމުން ހާމަކުރީ އަމިއްލަ ޚަރަދުގައި ޓެސްޓް ހެދޭނެ ގޮތެއް ވެތޯ ވެސް ތަފާތު ގޮތްގޮތުން މަސައްކަތް ކުރުމަން އައި ނަމަވެސް މިކަމުގައި އަލިމަގެއް ނުލިބުނު ކަމަށެވެ. އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމުގެ ލިޔެކިޔުމެއް މިހާތަނަށް، 4 ދުވަސް ވީއިރު ވެސް ލިބިފައި ނުވާ ކަމަށެވެ.

އޭނާ ގެ އަންހެނުން ފާއިތުވި އޭޕްރީލް މަހު 6 ގައި އިންޑިއާގައި ހުރެފައި ރާއްޖެ އައިސް އޮޅުވެލިބީޗް ރިސޯޓްގައި ކަރަންޓީނުގައި ހުރެފައި، 24 އެޕްރީލްގައި މާލެ ގޮސް ހުރީ ހޯމް ކަރަންޓީނުގައި ގޭގައި ކަމަށެވެ. ރަށަށް އައީ ޖުލައި މަހު 18 ގައި ކަމަށެވެ. އަދި އޮގަސްޓް 4 ގައި ކަރަންޓީން މުއްދަތު ފުރިހަމަކުރީ އެއް ގެއެއްގައި އާއިލާގެ 4 މީހުން އެކުގައި ކަމަށެވެ. އޭނާގެ އަންހެނުން ޕޮޒިޓިވްވި ކަމަށް ބުނާއިރު އޭނާގެ ކިބައިިން އަދި މިވީހާތަނަށް، ޓެސްޓްގެ ކުރިން ވެސް އަދި ފަހުންވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، އޭނާއަކީ ނޭވާލާ ނިޒާމުގެ ބައްޔާއި ޑައިިބެޓިކްސްއަށް ބޭސް ކުރަމުން އަންނަ މީހެއް ކަމަށެވެ. ކޮވިޑްބަލި ހުރިނަމަ އޭނާ ވާނީ ހައިރިސްކް ކެޓަގަރީއަށް ދާންޖެހޭ މީހެއް ކަމަށާއި އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމަތެއްގެ ނިޝާނެއް ވެސް ނުފެންނަ ކަމަށެވެ.

އޮޅުވެލިފުށި ކަރަންޓީނު ނިންމުމަށް ފަހު އެނާ ހެދި ޓެސްޓްގެ ނަތީޖާ ވެސް ނެގެތިވް ވެފައި ވަނީ!، މީހާއަށް އިތުރު ބަދަލެއް ނާދޭ، އަލާމާތެއް ނެތް!

އޭނާ ޔަގީން ކުރާގޮތުގައި އޭނާގެ އަންހެނުންގެ ޓެސްޓް ނަތީޖާ އެގޮތަށް ދައްކަނީ ކޮންމެވެސް އެހެން ސަބަބެއް އޮވެގެން ކަމަށެވެ. އޮޅިގެން ނުވަތަ ޓެސްޓްގެ މައްސަލައަކުންނެވެ. ވުމާއެކު އެކަން އިތުރަށް ޔަގީން ކުރޭވެނެ ގޮތެއް ހޯދަން އުޅެއުޅެ ނުވެފައިވާ ކަމަށެވެ. ރާއްޖޭގައި ކަމާއި ގުޅޭ ގޮތުން ގުޅައިގެން ވާހަކަދެކެވެން އޮތް ހުރިހާ ފަރާތަކާއިވެސް ވާހަކަ ދެކެވިއްޖެ ކަމަށާއި، އެޗްޕީއޭއީން ފޯނުން އަންގައި ޕޮޒިޓިވް ވިކަމަށް ބުނާ ބުނުމުގެ އިތުރުން ޓެސްޓުހެ ނަތީޖާ ލިޔެކިޔުމުން ނުލިބި 4 ދުވަސް ވެގެން ދިޔަ ދިޔުން އޭނާއަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

މީހަކު ކަރަންޓީނު ކުރެވޭނީ އެކަމުގެ ލިޔެކިޔުން ލިބިގެން ކަމަށާއި އެކަމަކު އޭނާގެ އަންހެނުން އިތުރަށް ކަރަންޓީނު ކުރަން ވެސް އެންގީ ހަމައެކަނި އަނގަބަހުން ކަމަށެވެ. އެކަމުގެ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނުވާކަމަށެވެ.

މިކަމުގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރައްވާފައި ވަނީ ދެވަނަ ޓެސްޓެއް ހެދޭތޯ އެޗްޕީއޭ އާއި މަޝްވަރާ ކުރެވިފައި ވާކަމަށެވެ. “ދެ ވަނަ ޓެސްޓެއް ހެދޭތޯ ވާހަކަ ދެއްކިން ރޭގައި” ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ހާމަކުރެއްވިއެވެ. އެޗްޕީއޭ އިން މީގެކުރިން ތަފާތު އެތައް ފަހަރަކު ކޮވިޑް-19 ޕޮޒިޓިވް ކޭސްތަކުގެ ޓެސްޓް ރިޕީޓްކޮށްފައި ވިޔަސް ފުވައްމުލަކުގެ ފުރަތަމަ، މި ކޭސްގެ ޓެސްޓް ރިޕީޓް ކުރާކަށް ފުރުސަތެއް ނުދެއެވެ. ފުވައްމުލަކު ހޮސްޕިޓަލުން މިކަލް ނޫހަށް މައުލޫމާތު ދެއްވީ “ދެވަނަ ޓެސްޓެއް ނަހަދާ ގޮތަށް HPA ގެ ނިންމުން އޮތީ” ކަމަށެވެ.

ކޭސްގެ ފިރިމީހާ ހާމަކުރާ ގޮތުން ފުވައްމުލަކު ހޮސްޕީޓަލުން ބުނަނީ އެޗްޕީއޭ އުސޫލުގައި ވާގޮތުން ދެވަނަ ޓެސްޓެއް ނަހަދާނެ ކަމަށާއި ޕޮޒިޓިވްވި ކޭސް އިތުރު 14 ދުވަހަށް ކަރަންޓީނު ކުރުމަށްފަހު ބަލީގެ އަލާމާތެއް ނުފެންނަ ނަމަ ދޫކޮށްލާނީ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. އިތުރަށް ޔަގީން ނުކުރެވޭ މި ޕޮޒިޓިވް ކޭސްގެ ސަބަބުން މުޅި ފުވައްމުލައް އޮތީ “ޕެނިކެއްގައި’ ކަމަށް އެ އާއިލާއިން ބުނެއެވެެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވެފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުން ހުރިހާ އިރުޝާދެއް ވެސް ދެނީ އެޗްޕީއޭ އިން ދޭ ގޮތަކަށް ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުން ވަކިގޮތަކަށް އިރުޝާދު ދިނުމެއް ނޯންނަ ކަމަށެވެ. މިވަގުތު ފަރުދުން ކެތްތެރިކަން އިސްކުރުން މުހިންމުކަމަށާއި ކަރަންޓީނުގައި ތިބުމަށް އިރުޝާދު ދެވޭ މީހުން އެކަން އެގޮތަށް ކުރުން މުހިންމު ކަމަށެވެ.

މެނޭޖަރު އިތުރަށް ވިދާޅުވީ “ޕޭޝަންޓް އާއިއެކު އެއް ގެއެއްގައި ތިބެ ނެގެޓިވްވި މީހުން ކޮވިޑް-19 ޖެހިފައި ރަނގަޅުވެފައި ހުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް” އެވެ. އާއިލާއިން ބުނެފައި ވަނީ “ޕޭޝަންޓް އަށް ކޮވިޑް ޖެހިފައި ނުވާ ކަމަށް ވުމާއި އެއީ ޓެސްޓިން މައްސަލައެއް ކަމަށް ވުމުމުގެ ފުރުސަތު ވެސް އެބައޮތް ކަމެއް” ކަމަށެވެ.

ދާދި ފަހުން، މި އޮގަސްޓް މަހު 6 ގައި އދ. އޮމަދޫން ޕޮޒިޓިވްވި ކަމަށް ފުރަތަމަ ޓެސްޓުން ނަތީޖާ ދިން މީހެއްގެ ދެވަނަ ސާމްޕަލް ނަގައި ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ނެގަޓިވް ވެފައިވާކަމަށެވެ. މީގެ އިތުރުން ވެސް މީހެއްގެ ނަތީޖާ ގަބޫލުނުކުރެވޭ ސަބަބުތަކެއް ހުރެގެން އެދުމުން ޓެސްޓް ރިޕީޓްކޮށްފައިވާ ކަމަށާއި، އެގޮތަށް ރީޕިޓް ކުރި ޓެސްޓްތަކުން އަލުން ނެގަޓިވް ކަމަށް ނިންމާފައި ކިތަންމެ ފަހަރަކުވެސް އެބަހުރި ކަމަށް ވެސް ފިރިމިހާ ބުންޏެވެ.

ދެވަނަ ސާމްޕަލް ނެގަޓިވްވެފައި ވާކަމަށް މީޑިއާގައި ވެސް ކިތަންމެ ފަހަރަކު ރިޕޯޓްކޮށްފައިވޭ.

މި ކޭސް ޕޮޒިޓިވްވި ކަމަށް އެންގީ އޮގަސްޓް މަހު 5ގައެވެ. އަދި އެެއިގެ ފަހުން ޑައިރެކްޓް ކޮންޓެކްޓް 5 މީހުންގެ ސާމްޕަލް ނަގައި ޓެސްޓްގެ ނަތީޖާ އިއްޔެ ލިބުނީ އެންމެން ވެސް ނެގަޓިވް ކޮށެވެ. ފާއިތުވި 4 ދުވަހުގައި ޕޮޒިޓިވްވި މީހާގެ ޙާލުބެލުމުގެ ގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން އޭނާއާއި އެއްވެސް ގޮތަކުން ބައްދަލުކޮށް ނުވަތަ ފޯނުކޮށްގެން ޙާލު ބަލާފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ބައްޔަށް ޕޮޒިޓިވް ކަމަށް ކަނޑައަޅައި ކަރަންޓީނުގައި ބަހައްޓާފައި ހުރިމީހާގެ ހާލުބަލަން ޖެހެއެވެ. “ހާލުބެލުން” ނަމުގައި ޕޯޓަލް އެއް ހެދިޔަސް އެއީ އަދި ހާލު ބެލުނީކީ ނޫން ކަމަށް ފިރިމިހާ ދެކެއެވެ.

މިކޭސް ޕޮޒިޓިވްވި ކަމަށް މީޑިއާގައި ރިޕޯޓްކުރުމާއެކު ފުވައްމުލަކުގެ 14000 މީހުންގެ އާބާދީ ތެރޭގައި ވަނީ ނުތަނަވަސްކަން ބޮޑުވެފައެވެ. ބައެއް މީހުން ޕޭޝަންޓް އާއި މެދު ތަފާތު ވާހަކަތައް ހަދަހަދައިގެން ދައްކަމުން ދިއުމާއި ސޯޝަލް މީޑީއާގައި އެދެމަފިރިންގެ ފޮޓޯތައް ޖަހައި ތަފާތު ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ. މާލޭގައި އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް ރިޕޯޓް ކުރުމާއެކު އުފެދިގެންދިޔަ ފަދަ ނޭދެވޭ ކަންތައްތައް ފުވައްމުލަކުގެ ކޭސް އާއެކު ވެސް އޮތީ ތަކުރާރުވާން ފަށާފައެވެ. މިކަންތަކާއި ގުޅިގެން އޭނާގެ އަންހެނުންނާއި އޭނާއަށް ވެސް ނަފުސާނީގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް އޭނާ ހާމަކުރިއެވެ. އޭނާގެ ވާހަކަ ތަކުން މިކަލް ނޫހުގެ ރިޕޯޓަރަށް ވެސް އޭނާއަށް އަސަރުކޮށް ފައިވާ މިންވަރު ހާމަވިއެވެ.

ޕޮޒިޓިވްވި ކޭސްގެ ފިރިމީހާ މައުލޫމާތު ދިން ގޮތުގައި މިހާރު އެދެމީހުން މިވަނީ ސޯޝަލް މީޑިއާގައި ކަތިލެވިފައެވެ. އެކި މީހުން ހަޑި ހުތުރު ގޮތްގޮތަށް ފޯނުން ގުޅުއިގެންނާއި ފޭސްބުކުން މެސެޖު ވެސް ކުރަމުން އަންނަ ކަމަށެވެ. ބަލީގެ ސަބަބުން ކުރާ އަސަރަށްވުރެ އޭނާގެ އާއިލާއަށް މިހާރު މުޖުތަމިއުން ކުރިމަތި ކުރުވާފައިވާ އަސަރު މާބޮޑު ކަމަށެވެ. ސޯޝަލް މީޑީއާގައި އެމީހުންނާއި ބެހޭގޮތުން ދައުރުވާ ފޮޓޯތަކާއި ވާހަކަތައް ގަބޫލު ނުކުރުމަށް އޭނާ އާއްމުންގެ ކިބައިން އެދެއެވެ. އެމީހުންގެ ކަރަންޓީނުގެ މުއްދަތުގައި ވެސް އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ހާމަކުރެއެވެ.

ކޮވިޑް-19ގެ ޙާލަތުގައި ކަންތައްތައް ކުރެވޭ ގޮތުން މުޅި މުޖުތަމިއުގައި ބައިބައިވުންތައް އިތުރުވެެގެން ހިގައްޖެ ކަމަށާއި ކޮންމެ މީހަކަށް ވެސް މިފަދަކަންކަމުން ހިތްދަތިކަން ލިބިގެންދާ މިންވަރު އިހުސާސު ކުރެވެނީ އެފަދަ ހާލަތަކަށް އެމީހާ ވެއްޓުުމުން ކަމަށް ފިރިމީހާ ބުންޏެވެ. އޭނާގެ އާއިލާ ވަނީ މިކަމުގައި ގޮތްހުސް އެހީތެރި ކަމެއް ހޯދާނެ ފަރާތެއްނެތިފައި ކަމަށް އަސަރާއެކު ފިރިމިހާ ބުންޏެވެ. އަދި އެމީހުންނަށް އިތުރަށް އަނިޔާ ނުދިނުމަށް ކަމާބެހޭ ފަރާތްތަކާއި އާއްމުގެ ކިބައިން އެދުނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !