A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެންޓިލޭޓަރު ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދީފި

ވެންޓިލޭޓަ ޓްރެއިނިން- ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ވެންޓިލޭޓަރު ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުން މިއަދު ކުރިޔަށް ގެންގޮސްފިއެވެ. މިތަމްރީނު ސެޝަން ކުރިޔަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ބަހައްޓާފައި ވަނީ ބެލެވިސްޓާ ބްރޭންޑްގެ ވެންޓިލޭޓަރެކެވެ. މިފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ ވެސް އޮންލައިނކޮށް ފާއިތުވި ޖުލައި މަހު ގެ 25 ވަނަ ދުވަހުގެ ރެއެވެ. ނިމުނު ޖުލައި މަހުގެ ތެރޭގައި ރާއްޖޭގެ 5 ސަރަހައްދުގެ ކޮވިޑް ފެސިލިޓީތައް ވެސް ވަނީ ހުޅުވާފައެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ މުވައްޒަފުން ވެންޓިލޭޓާ ތަމްރީނު ސެޝަނުގައި 14 އޮގަސްޓް 2020

ފުވައްމުލައް ސިޓީގެ ކޮވިޑް ފެސިލިޓީއަކަށް ތަރައްގީކޮށްފައި ވަނީ ކުރިން ބޭނުން ކުރި ބާ ހޮސްޕޓަލު އިމާރާތެވެ. މިކޮވިޑް ފެސިލިޓީގައި ހުންނަނީ އައިސީޔޫ (އިންޓެންސިވް ކެއާ ޔުނިޓް) ބޭނުންކުރާނެ 3 އެނދުގެ ޖާގައެވެ.

މުޅި ދިވެހިރާއްޖެ 5 ޒޯނަކަށް ބަހާލައިގެން، އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ފަރުވާދެވޭނެ ފެސިލިޓީތައް ގާއިމްކޮށްފައި ވާއިރު އެޒޯނުގެ ތެރެއިން ފުވައްމުލައް ސިޓީ ހިމެނެނީ އައްޑޫ ސިޓީގެ ދަށުން 5 ވަނަ ޒޯނުގައެވެ. މިޒޯނުގެ ދެ ފެސިލިޓީ ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ ކުރީގެ ހޮސްޕިޓަލާއި ފުވައްމުލަކު ބާ ހޮސްޕިޓަލުގައި ހިމެނެނީ ޖުމްލަ 20 އައިސީޔޫ އެނދާއި 30 އައިސޮލޭޝަން އެނދު ކަމަށް މައުލޫމާތުލިބެއެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީ

މިޒޯނުގެ 20 އައިސީޔޫ އެނދުގެ ތެރެއިން ފުވައްމުލައް ސިޓީގައި ބެހެއްޓިފައިވަނީ 3 އެނދެއެވެ. ރާއްޖޭގެ 3 ވަނަ އަށް އެންމެ ބޮޑު އާބާދީގައި އެންމެ 3 އެނދު ބެހެއްޓުމުން ފުވައްމުލަކުގެ އާއްމުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި އައްޑޫ ސިޓީގައި ގާއިމުކުރެވުނު ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތުތެރެއިން ފުވައްމުލައް ސިޓީ ކޮވިޑް-19 ގެ ސާމްޕަލްތައް ޓެސްޓު ނުކުރެވި މާލެ ފޮނުވަން ޖެހޭ ކަމަށް ބުނެ ކުރިން ވެސް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ މުވައްޒަފުން ވެންޓިލޭޓާ ތަމްރީނު ސެޝަނުގައި 14 އޮގަސްޓް 2020

ރީޖަނަލް ކޮވިޑް ފެސިލިޓީއިން ފުވައްމުލައް ސިޓީގެ ސާމަޕަލްތައް ޓެސްޓުނުކުރެވޭ ސަބަބެއް މިހާތަނަށް އެގިފައެއް ނުވެއެވެ. ފުވައްމުލަކުން ނަގާ ސާމްޕަލްތައް ޓެސްޓްކުރަން ފޮޮނުވަނީ މާލެއަށެވެ. މިހާތަނަށް ފުވައްމުލައް ސިޓީއިން އެކަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހާގެ ކިބައިން ކޮވިޑްގެ އެއްވެސް ނިޝާނެއް ނުފެންނަކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ހުރީ ގޭގައި ކަރަންޓީނުކުރެވިފައި ކަމަށް ވެއެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައިދު ވިދާޅުވީ މިފެސިލިޓީތަކުގެ ސަބަބުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ކޮވިޑް-19ގެ ރައްކާތެރިކަން ބޮޑުވެގެންދާނެ ކަމަށެވެ. އަދި ކޮވިޑް ފެތުރުމުގެ ހާލަތަށް އަންނަ ބަދަލުތަކާއެކު މިފެސިލިޓީތައް އިތުރަށް ތަރައްގީކޮށް ފަރުވާގެ ނިޒާމު އިތުރަށް ހަރުދާނާ ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތތަކުން ލިބިފައިވާކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !