A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ޕޮލިސް އަށް އައު ސިޓީ ކޮމާންޑަރެއް

ފުވައމްުލައް ސިޓީ ޕޮލިހުގެ އައު ކޮމާންޑަރު ސިޓީ ކައުންސިލާއި އެކކު ބޭއްވި ބައްދަލުވުން. ފޮޓޯ.ފސކ

ފުވައްމުލައް ސިޓީ ޕޮލިސްއަށް އައު ސިޓީ ކޮމާންޑަރަކު ހަމަޖައްސައި އޭނާ މަސައްކަތާއި ހަވާލުވެއްޖެއެވެ. އަލަށް އައި ސިޓީ ކޮމާންޑަރަކީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މައުރޫފު އެވެ.

މަގާމާއި ހަވާލުވުމަށްފަހު މިހަފުތާގެ ކުރީކޮޅު ސިޓީ ކޮމާންޑަރު ވަނީ ފުވައްމުލައް ސިޓީ ކައުންސިލުގެ މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ސިޓީ ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ޕޮލިސްއާއި ފުވައްމުލަކު ސިޓީ ކައުންސިލާއި ގުޅިގެން ކުރިަޔށްގެންދެވޭ އެކިއެކި ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ދެފަރާތުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާއި، ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

މި ބައްދަލުވުމުގައި ރަށުގެ އިޖްތިމާއީ މައްސަލަތަކާއި އެހެނިހެން މައްސަލަތަކަށް ހައްލުކުރުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވެސް ވާހަކަ ދެކެވިފަައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި ބައްދަލުވުމުގައި އިންތިޚާބުވި މުއްދަތު އިތުރުކުރެވިފައިވާ ފުވައްމުލައް ސިޓީ ކައުންސިލުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !