ފުވައްމުލައް ސިޓީގައި ދެމުންގެންދާ ފެނުގެ ޚިދުމަތް މިރޭ މެންދަމު މުޅިރަށުން މެދުކަނޑާލެވެނެ ކަމަށް ފެނަކަ-ފުވައްމުލައް އިން ހާމަކޮށްފިއެވެ.
ފެނުގެ ޚިދުމަތް މެދުކަނޑާލެވެނީ މެއިންޓަނަންސް މަސައްކަތެއް ކުރުުމަށްޓަކައެވެ. އެގޮތުން މިރޭ މެންދަމު 12:00 އިން 2:00 އާއި ދެމެދުގެ ގަޑިތަކުގައި މުޅިރަށުން ފެނުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމަށް އެކުންފުނިން ނެރުނު ނޯޓިސްގައި ވެއެވެ. މިިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށްޓަކައި މާފަށް އެދޭކަމަށް ވެސް ހާމަކުރެއެވެ.
ފާއިތުވި 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ފެންހޮޅި މަރާމާތުކުރުމުގެ ގޮތުން ޚިދުމަތް މެދުކަނޑާލާފައި ވެއެވެ.

ފުވައްމުލަކު ފެން ޕްލާންޓްގެ ފެން ހޮޅިއެއްގެ ވޭލް
މިއީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހު ފުވައްމުލައް ސިޓީގައި އިފުތިތާޙުކުރެވުނު މަޝްރޫއެކެވެ. މިމަޝްރޫއު ނުނިމެނީސް ފެން ދޫކުރުން އިފުތިތާޙުކުރީ 2018 ގެ ރިޔާސި ކެމްޕޭނަށެވެ. ނަމަވެސް އާއްމުނަށް ފެން ލިބޭ ވަރުވީ 2019 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.
ފެނަކަ އިން ދެމުންގެންދާ ފެނުގެ ޚިދުމަތް ހޯދުމަށް ގުޅާ ފެން މީޓަރުތަކުން ނަގަމުންދާ މަހު ފީ ކަނޑާލާނެކަމަށް ވެސް ފެނކައިގެ އެމްޑީ މީޑިއާއަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެކަމަށް އަދި އަމަލީސިފައެއް އައިސްފައެއް ނުވެވެ.

ފެން ދޫކުރުން ވަކި ގަޑިތަކެއްގައި … 2019، ޖުލައި
ޚިޔާލުތައް