A wide advertisement which will be shown on all devices. (700 x 100)

ބާކީ ހުރި 47 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

ފުވައްމުލައް ސިޓީގައި އިމާރާތް ކުރެވިފައިވާ ފްލެޓް. ފޮޓޯ: މުހައްމަދު އަޙުމަދު

ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް ދެބުރުގެ މަތިން ދޫކުރުމަށްފަހު ބާކީ ހުރި ފްލެޓްތަކަށް ކުރިމަތިލުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިފަހަރު އިއުލާންކުރީ ދެވަނަބުރުގައި ދޫކުރަން އުޅެނިކޮށް ދިމާވި މައްސަލައަކާއި ހެދި ދޫނުކުރެވުނު ފްލެޓްތަކެވެ. އެގޮތުން ހިމެނެނީ ކެޓަގަރީ އޭ (ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު) ބައިން ބާކީ ހުރި 40 ފްލެޓާއި ބީ ކެޓަގަރީ (ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ) އިން ބާކީ ހުރީ 7 ފްލެޓެވެ.

މިފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި އޮގަސްޓް 30 އިން އަންނަ ސެޕްޓެމްބަރު މަހު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 އާއި ހަމައަށެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އާއި ހަމައަށް ފުވައްމުލައް ސިޓީ ކައުނސިލްގެ ލޭންޑް ސެކްޝަން، ނުވަތަ ކުރީގެ ރަށު ކައުނސިލްތަކުގެ އިދާރާތައް ހިންގި އިމާރާތުންނެވެ.

ފުރަތމަ ބުރުގައި ފްލެޓަށް އެދިފައިވަނީ ނިސްބަތުން މަދު ބައެކެވެ. ނަމަވެސް ދެވަނަ ބުރަށް ހުޅުވާލުމުން ގިނަބަޔަކު ކުރިމަތިލިއެވެ.

ދެވަނ ބުރުގައި ފްލެޓް ލިބުނީ 47-40 އާއި ދެމެދުގެ އަދަދަސް ޕޮއިންޓ ްލިބިނު މީހުންނަށެވެ. 40 ޕއޮިންޓް ލިބުނު ގިނަ ބަޔަކު އެއްވަރުވުމުން އެބައިން ފްލެތް ދިނީ ގުރުއަތުން ހޮވުނު 21 މީހަކާއެކު ޖުމްލަ 35 މީހަކަށެވެ.

 

އޭ ކެޓަގަރީ: ދެވަނަ ބުރުގެ ފްލެޓް – ޕޮއިންޓް 13 ޖޫން 2020

ފުރަތަމަ ބުރުގައި 120 ފްލެޓަށް ހުޅުވާލުމުން ކުރިމަތިލައި ޝަރުތު ހަމަވި 137 މީހުންނަށް ފްލެޓް ލިބުނު ކަމުގައި ވިޔަސް އެއިގެތެރެއިން ތެރެއިން ފްލެޓާއި ހަވާލުވީ 104 މީހެކެވެ. ފްލެޓާއި ހަވާލުވީ ހުޅުވާލު އަދަށްވުރެން ވެސް މަދުންނެވެ.

ބީ ކެޓަގަރީ ދެވަނަ ބުރުގައި އިއުލާން ކުރި 5 ފްލެޓް ލިބުނީ އެންމެ މަތިން ޕޮއިންޓް ލިބުނު 5 ފަރާތަށެވެ. އެއީ 45 ޕޮއިންޓާއި 35 ޕޮއިންޓައި ދެމެދުންނެވެ.  ފަރާތްތައް ވެސް ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ބުރުގައި ބީ ކެޓަގަރީން ހުޅުވާލި 20 ފްލެޓަށް ކުރިމަތިލައި ޝަރުތު ހަމަވީ 15 މީހުންނެވެ. އެއިގެތެރެއިން ވެސް 7 މީހުން ފްލެޓާއި ހަވާލުނުވެ ދޫކޮށްލީއެވެ. ވުމާއެކު ފުރަތަމަ ބުރުން ފްލެޓާއި ހަވާލުވެފައި ވާނީ ބީކެޓަގަރީގެ 8 މީހެކެވެ. ބީ ކެޓަގަރީގައި މުޅިއެކު ހިމެނެނީ 15 ފެލެޓެވެ.

 

ބީ ކެޓަގަރީ: ދެވަނަ ބުރުގެ ފްލެޓް – ޕޮއިންޓް 13 ޖޫން 2020

މި ފްލެޓްތައް އިމާރާތްތކޮށްފައި ވަނީ ދަޑިމަގާއި ދިގުވާނޑު ސަރަހައްދުގައެވެ. ކުރީގެ ދެބުރުގައި ފްލެޓް ލިބުނު މީހުން މިހާރު އެފްލެޓްތަކުގައި ދިރިިއުޅެން ވެސް ވަނ ީފަށާފައެވެ.

އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ ޙާލަތަށް ބެލިގެން ޕޮއިންޓް ދެވިގެން ދިރުއުޅުމުށް ދިރިއުޅުމަށް ކުޑަ އަގެއްގައި ދޫކުރެވޭ މިފްލެޓްތައް އެހެން މީސް މީހުންނަށް ކުއްޔަށްދީ ނޫނީ  އެހެން މީހުން ދިރިއުޅުމަށް ދޫކުރެވޭ ގޮތައް އޮވެއްޖެނަމަ ކުރީގައި ދިން ޕޮއިންޓް އުސޫލުގެ ބޭނުން ކެނޑިގެން އެދިޔައީއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !